Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް ދީދީގެ މައްސަލަ

އިބްރާހިމް ދީދީގެ މައްޗަށް ދައުވާ ނުކުރަން ނިންމި ކަމަށް ދައުލަތުން އެއްބަސްވެއްޖެ

11 ޖެނުއަރީ 2018 | ބުރާސްފަތި 09:30

މިއީ ޕީޖީން އެގޮތަށް އެއްބަސްވި ފުރަތަމަ ފަހަރު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 11 ޖެނުއަރީ 2018 | ބުރާސްފަތި 09:30
އިބްރާހިމް ދީދީ: ޓެރަރިޒަމްގެ ދައުވާ އުފުލާފައިވޭ-

އިބްރާހިމް ދީދީ: ޓެރަރިޒަމްގެ ދައުވާ އުފުލާފައިވޭ-

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ނުކުރުމަށް ކުރިން ނިންމި ކަމަށާއި އެކަން އޭނާއަށް ވެސް އެންގި ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ފުރަތަމަ ފަހަރަށް ކޯޓުގައި އެއްބަސްވެއްޖެ އެވެ.

އޭރުގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒު މުހުސިންގެ އެންގެވުމަކަށް އިބްރާހިމް ދީދީގެ މައްޗަށް ދައުވާ ނުކުރަން ނިންމި ކަމަށް ޕީޖީ އޮފީހުން އެއްބަސްވެފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ. އިބްރާހިމް ދީދީއަށް ފޮނުއްވެވި ސިޓީއެއްގައި އޭރުގެ ޕީޖީ މުހުތާޒު ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އެ ސިޓީއަކީ ސައްހަ ސިޓީއެއްތޯ ގާޒީ މިއަދު ސުވާލު ކުރެއްވުމުން، ދައުލަތުގެ ވަކީލާ އައިިޝަތު ފަޒުނާ އަހުމަދު ވިދާޅުވެފައި ވަނީ އެއީ ސައްހަ ސިޓީއެއް ކަމަށެވެ. އަދި އެ ސިޓީގައި ބުނާ ގޮތަށް ދައުވާ ނުކުރަން އޭރުގެ ޕީޖީ ނިންމެވި ކަމަށް ވެސް ދައުލަތުގެ ވަކީލާ ފަޒުނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމަށް ފަހު، ޕީޖީ އޮފީހުން ދައުވާ އަނބުރާ ގެންދިޔައީ 2015 ވަނަ ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް ޖެހިގެން އައި ދުވަހު، 2015 ވަނަ އަހަރުގެ ޖުލައި މަހުގެ އެއް ވަނަ ދުވަހު ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އަންގާފައި ވަނީ އިބްރާހިމް ދީދީގެ މައްސަލަ އަނބުރާ ގެންދިޔައީ ދިރާސާ ކުރުމަށް ކަމަށެވެ.

ދައުވާ އަނބުރާ ގެންދިޔައީ ދިރާސާ ކުރުމަށް ފަހު، އަލުން ހުށަހެޅުމަށް ކަމެއް އެ ސިޓީގައި ބުނެފައެއް ނުވެއެވެ. އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށް އޭރުގެ ޕީޖީ މުހުތާޒު ކޯޓަށް ހާޒިރުކޮށްދިނުމަށް އިބްރާހިމްގެ ދީދީގެ ފަރާތުން އޭނާގެ ވަކީލު މިއަދު ވަނީ ކޯޓުގައި އެދިވަޑައިގެންފައެވެ. މީގެ ކުރިން ވެސް އޭނާގެ ވަކީލު ކޯޓުގައި އެގޮތަށް އެދުނެވެ. ނަމަވެސް ގާޒީ އެކަމުގައި ވަކި ގޮތެއް ނިންމަވާފައެއް ނުވެއެވެ.

ޝަރީއަތުގެ މަޖިލީހުގައި އިބްރާހިމް ދީދީގެ ވަކީލާ ސަފާ ޝަރީފު، ފާހަގަ ކުރެއްވި ގޮތުގައި ދައުވާ ނުކުރުމަށް ނިންމެވުމަށް ފަހު، އަލުން އެ ދައުވާ އެއް ނުކުރެވޭނެއެވެ. އަދި ދައުވާ ނުކުރުމަށް ޕީޖީ ނިންމެވުމަށް ފަހު ދެ ވަނަ ފަހަރަށް ދައުވާ ނުކުރެވޭނެ ކަމަށް ހައި ކޯޓުންނާއި ސުޕްރީމް ކޯޓުން ނިޔާ ކަނޑައަޅާފައިވާ ގަޟިއްޔާތަކުން އެނގެން އޮންނަ ކަމަށް ސަފާ ވިދާޅުވިއެވެ.

އިޖުރާއަތުގެ ގާނޫނުން ބާރުލިބިގެން ޕީޖީގެ އޮފީހުން ހަދާފައިވާ ގަވާއިދުތަކުން އެނގެން އޮންނަ ގޮތުގައި ދައުވާއެއް އަނބުރާ ގެންދެވޭނީ އެ ދައުވާ ހުށަހަޅާނެކަން ކޯޓަށް އެނގުމަށްފަހުގައި ކަމަށާއި އެ ނޫން ގޮތަކަށް ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށް އިބްރާހިމް ދީދީގެ ވަކީލު ވިދާޅުވިއެވެ.

އިބްރާހިމް ދީދީގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އުވިފައިވާ ގާނޫނެއްގެ ދަށުން ކަން ފާހަގަކޮށް، ވަކީލާ ވިދާޅުވީ ޕީޖީން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ސައްހަކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

އިބްރާހީމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ސިފައިންގެ އެންމެ އިސް ވެރިޔާ، އަދި އޭރުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި އޯޑަރަކާ ގުޅިގެން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނުގައި މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރެއްގެ މަގާމުގައި ހުރެ، އިބްރާހީމް ދީދީ ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

މިއަދަށް ޝަރީއަތް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ޖަހާއިރު ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް