Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާނުގެ ހަމަނުޖެހުން

މުޒާހަރާތަކާއި ގުޅިގެން އީރާނުގެ ކުރީގެ ރައީސް އަހުމަދީނީޖާދު ހައްޔަރުކޮށްފި

އޭނާގެ މައްޗަށް ވަނީ ހަމަނުޖެހުން ހިންގުމަށާއި މުޒާހަރާ ކުރުމަށް ހިތްވަރު ދިނުމުގެ ތުހުމަތުކޮށްފަ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2018 | އާދީއްތަ 14:29
އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނީޖާދު

އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނީޖާދު

ހަމަޖެހުން ނަގާލުމަށް ހިތްވަރުދިން ކަމަށް ބުނެ އީރާނުގެ ކުރީގެ ރައީސް މަހުމޫދު އަހުމަދީނީޖާދު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސައުދީ ނޫހެއް ކަމަށްވާ އަލް އަރަބިއްޔާ އިން ބުނީ، އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަދި އީރާނުގެ ރައީސް ހަސަން ރޫހާނީ އާ އެގައުމުގެ ސަރުކާރާ ދެކޮޅަށް އާއްމުން ނުކުމެ ކުރި މުޒާހަރާތަކުގެ ތެރެއިން، ހަމަނުޖެހުން ހިންގުމަށާއި މުޒާހަރާ ކުރުމަށް ހިތްވަރު ލިބޭފަދަ ބަޔާންތަކެއް ނެރުނު ކަމަށް ބުނެ އަހުމަދީނީޖާދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ އީރާނުގެ ޝިރާޒް ސިޓީ އިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގައި ހުރި އިތުބާރު ހުރި މަސްދަރުތަކާއި ހަވާލާދީ އަލް ޤުދުސް އަލް އަރާބީ ނޫހުން ވަނީ، ރޫހީ ލީޑަރު އަލީ ޚާމަނާއީގެ ހުއްދައާއެކު އަހުމަދު އިނީޖާދު ގޭބަންދަށް ބަދަލު ކުރުމަށް އީރާނުގެ ކަމާއިބެހޭ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓް ކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބުޝެއިރު ސިޓީ އަށް ކުރި ދަތުރުފުޅެއްގައި އީރާނުގެ ސަރުކާރުގެ ހިންގުން ބޮއްސުންލާފައިވާ ކަމަށް އަހުމަދީނީޖާދު ވިދާޅުވި ކަމަށް އެނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

އަދި އީރާނަކީ އެމީހުންގެ އަމިއްލަ ބިމެއްގެ ގޮތުގައި މިހާރުގެ ރައީސް ހަސަން ރޫހާނީ އާ އޭނާގެ ސަރުކާރުން ދެކޭ ކަމަށާއި، އީރާނުގެ ރައްޔިތުންނަކީ ތަންދޮރު ނުދަންނަ ބައެއްގެ ގޮތުގައި އެފަރާތްތަކުން ދެކޭ ކަމަށް އަހުމަދީނީޖާދު ވިދާޅުވި ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން އާއްމުންނާއި ގުޅޭ މައްސަލަތަކާއި އާއްމުންގެ ޝަކުވާތަކާއި ދުރަށް ވަޑައިގަތުމަށް ސަރުކާރުގެ އިސް ބައެއް ވެރިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އާއްމު މުޖުތަމައުއެއްގެ ހަގީގަތް ސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިނުގަންވަނާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ޝަރުޢީ ނިޒާމުގެ ތެރެއިން ފަސްވަނަ އަށް އެންމެ އިސްވެރިޔާ އަމޯލީ ލަރްޖާނީ ވެސް ވަނީ، ސަރުކާރާއި ދެކޮޅު ބޮޑެތި މުޒާހަރާތަކަކަށް އަހުމަދީނީޖާދު ގޮވާލާފައިވާ ކަމުގެ ތުހުމަތު ކުރައްވާފައެވެ. އަހުމަދީނީޖާދުގެ މައްޗަށް ލަރްޖާނީ ކޮށްފައިވާ ތުހުމަތުތަކަކީ ގޭބަންދުގައި ހުންނެވި ޝިއައީންގެ އިސް ލީޑަރެއް ކަމަށް މެހްދީ ކަރޫބީ އަދި ކުރީގެ ބޮޑުވަޒީރު މީރް ހުސެއިން މޫސަވީގެ މައްޗަށް މީގެ ކުރިން ކުރައްވާފައިވާ ތުހުމަތުތަކެކެވެ.

ލަރްޖާނީ އަށް އިޝާރާތްކޮށް އަހުމަދީނީޖާދު ނެރުއްވާފައިވާ ވީޑިއޯ ބަޔާނެއްގައި ވަނީ، ހުޅަނގަށް ޖާސޫސް ކޮށްދޭނެ ދަރިއަކު އޭނާގެ ނެތް ކަމަށާއި، މުދަލުގެ ވަގު ވިޔަފާރި ކުރާ ބޭބެއަކު އޭނާގެ ނެތް ކަށާއި، އަދި ނަޢަމްސޫފިތައް ބެލެހެއްޓުމަށް ވަގަށް ނަގާފައިވާ ބިމެއް އޭނާގެ ނެތް ކަމަށް ބުނެ، ލަރްޖާނީ އަށް މަލާމާތް ކުރައްވާފައެވެ.

އީރާނުގައި ކުރިއަށްދާ މުޒާހަރާތަކަކީ، 2009 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އޭރުގެ ރައީސް މަހްމޫދު އަހުމަދީނީޖާދު އިންތިޚާބު ވެވަޑައިގަތުމާއިގުޅިގެން އުފެދުނު ގްރީން މޫވްމަންޓްގެ މުޒާހަރާތަކަށް ފަހު އީރާނުގެ ސަރުކާރަށް އެންމެ ގޮންޖެހުން ބޮޑު މުޒާހަރާއެވެ.

އާދީއްތަ ދުވަހު ބޭއްވި މުޒާހަރާތަކާއެކު، ޖެހިޖެހިގެން 11 ވަނަ ދުވަހަށް މުޒާހަރާތައް ދެމިގެން ގޮސްފައިވާއިރު، ހުކުރު ދުވަހު ބޭއްވި މުޒާހަރާތައް ހާއްސަކޮށްފައި ވަނީ މި މުޒާހަރާތަކުގައި މިހާތަނަށް މަރުވި މީހުންނަށެވެ. މުޒާހަރާތައް ހުއްޓުވުމަށް ނިކުތް އީރާނުގެ ސަލާމަތީ ބާރުތަކުގެ އަމަލުތަކުގެ ސަބަބުން މިހާތަނަށް 50 މީހަކު މަރުވެފައިވާ ކަމަށް އީރާނުގެ އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

އެހެން ނަމަވެސް ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުޒާހަރާތަކާއި ގުޅިގެން މިހާތަނަށް މަރުވެފައިވަނީ 22 މީހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 ފެބުރުއަރީ
ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ މީހަކު އެހެން ސިފައިންގެ ބައެއްގެ ގަޔަށް ބަޑިޖަހަން އުޅުނުކަމުގެ މައުލޫމާތު ލިބިއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ޕްރައިމަރީ: ގިނަ މެމްބަރުންތަކަކަށް ޓިކެޓް ކަށަވަރުވެއްޖެ

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މަރުވިކަމަށް ނިންމާ އިންޑިއާގައި އަންދާލި މީހެއް 8 މަސް ފަހުން އެނބުރި ގެއަށް

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ އައުޓް ކެމްޕެއިނާ ދެކޮޅަށް ގާނޫނު ހަދާ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް
20215 އަހަރު ކުރިން
ރިޕޯޓު

ކުޅި، ފާ، ޗަސްބިން - އަގުނުކުރެވޭ ފަދަ މާހައުލުތަކެއް

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން
20197 އަހަރު ކުރިން
ރާއްޖެ

މަޖިލީހަށް ގެންނަންވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވިސްނުމާއި ޤާބިލުކަން ހުރި މެމްބަރުން: ނިޝާން

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެސްޕީޖީގެ އިސް ބައެއް ފަރާތްތަކުން ގޮސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު