Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަރުގެ ސައި

ސަޔަށް ގެނައި އެއްޗެހި ނައްތާލުމުގެ ބަދަލު ފުލުހުން ދޭން ޖެހޭ، އެއީ ފޭރުން: އިންތި

6 ޖެނުއަރީ 2018 | ހޮނިހިރު 21:14

އާއްމުކޮށް ކޮންމެ ހުކުރު ދުވަހަކު ސައި އޮވޭ، ފުލުހުން އާއްމުކޮށް ސަޔަށް ބަހައްޓާފައި ހުންނަ ތަކެތި ގެންދޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ޖެނުއަރީ 2018 | ހޮނިހިރު 21:14
އެމްޑީޕީ ހަރުގޭގައި ސަޔަށް ބަހައްޓާފައި ހުރި ތަކެތި ފުލުހުން ގެންދަނީ

އެމްޑީޕީ ހަރުގޭގައި ސަޔަށް ބަހައްޓާފައި ހުރި ތަކެތި ފުލުހުން ގެންދަނީ

އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކޮންމެ ހުކުރު ދުވަހަކު ބާއްވަމުން އަންނަ ސަޔަށް ފުލުހުން ހުރަސް އަޅައި، އެތަކެތި ގެންދިޔުމުން، އޭގެ ބަދަލު ދޭން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަޔަށް ގެނައި ތަކެތި ފުލުހުން ބޭނުންކުރިނަމަ އެވާނީ ހަރާމްކަމެއްކަމަށެވެ. އަދި ފުލުހުން އެތަކެތި ނައްތާލިނަމަ، އެވެސް ވާނީ ކުށަކަށް ކަމަށް އިންތި ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ފުލުހުން ގެންދިޔަ ތަކެތީގެ ބަދަލު ފުލުހުން ދޭން ޖެހޭނެކަމަށެވެ.

Advertisement - newsAdvertisement

އާއްމުކޮށް ކޮންމެ ހުކުރު ދުވަހަކު އެމްޑީޕީ ހަރުގޭގައި އެޕާޓީގެ އާއްމު މެމްބަރުންނާއި ސަޕޯޓަރުންނާއި އަދި ޕާޓީގެ އިސް ބޭފުޅުން އެއްވެ ހަވީރު ސައި ކުރިއަށް ގެންދެއެވެ. ފުލުހުން މި ސަޔަށް އާއްމުކޮށް ހުރަސްއަޅައި، ސަޔަށް ގެންނަ ތަކެތި ބަހައްޓާފައި ހުންނަ މޭޒު ގެންދެއެވެ. އަދި ބައެއް ފަހަރު މިހެން ގެންދިޔުމުން އެމްޑީޕީގެ މެމްބަރުން އަނެއްކާވެސް ސަޔަށް އިތުރު އެއްޗެހި ނެރެ، ސައި ކުރިއަށް ގެންދެއެވެ.

ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ފުލުހުންނަށް މުދަލެއް ހިފެހެއްޓޭނީ ޖިނާޢީ ކުށަކާއި ގުޅިގެންކަމަށެވެ. އެހެން ނަމަވެސް ސަޔަށް ގެނައި ތަކެތި ގެންދާއިރު، ޖިނާޢީ ކުށެއްގެ ތުހުމަތު ނުކުރާކަމަށާއި، އެއްވެސް ތަހުޤީޤެއްވެސް ނުހިންގާ، އެއްވެސް މީހެއްގެ މީހަކުވެސް ހައްޔަރުނުކުރާކަމަށް އިންތި ވިދާޅުވިއެވެ.

"ޖިނާޢީ ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ މުދާވެސް ވެރިފަރާތަށް އަނބުރާ ދޭން ޖެހޭނެ މައްސަލައަށް ގޮތެއް ނިމުނީމަ ޝަރީޢަތުން. އެކަމަކު ޖިނާޢީ ތުހުމަތެއް ކޮށްގެން ނޫން އެ ހެދިކާތައް އެގެންދަނީ. އެހެންވީމަ އެއީ ފޭރުން،" އިންތި ވިދާޅުވިއެވެ.

ފުލުހުން ގެންދިޔަތަކެތީގެ ބަދަލު އެފަރާތުން ދޭން ޖެހޭނެކަމަށް ވިދާޅުވެ، އިންތި މިސާލު ދެއްކެވީ ދާދިފަހުން އިޖުރާޢަތްތަކާއި ޚިލާފަށް ފުލުހުން ހިފެހެއްޓި ބަނގުރާ ފުޅިތަކެއް ދޫކޮށްލުމަށް ކޯޓުން އަމުރުކުރި މައްސަލައިންނެވެ. އެހެންކަމުން މުދަލެއް ހިފެހެއްޓޭނީ އުޞޫލުތަކެއްގެ ތެރެއިންކަމަށާއި، ފުލުހުން ކޮންމެ ހުކުރު ދުވަހަކު އެމްޑީޕީ ހަރުގޭގައި ބަހައްޓާއި ހުންނަ ހެދިކާތައް ގެންދަނީ އުޞޫލަކުން ނޫންކަމަށް އިންތި ވިދާޅުވިއެވެ.

ހުކުރު ދުވަހު އެމްޑީޕީ ހަރުގޭގައި ބާއްވާ ސަޔަށް ގެންނަ ތަކެތި ނެގުމަށް ފަހު އެއަށް ހަދާ ގޮތަކާއި ބެހޭ ގޮތުން ރާއްޖެ.އެމްވީ އިން ސުވާލު ދެންނެވުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާއި ބެހޭ ގޮތުން މިވަގުތު ކޮމެންޓެއް ނެތް ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް