Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

އިނގިރޭސި އެފްއޭ ކަޕް: ލިވަޕޫލްއާއި ޔުނައިޓެޑް ހަތަރު ވަނަ ބުރަށް

6 ޖެނުއަރީ 2018 | ހޮނިހިރު 13:51

ލިވަޕޫލްއިން ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 6 ޖެނުއަރީ 2018 | ހޮނިހިރު 13:51
ލިވަޕޫލް މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ވެންޑައިކް އުފާ ފާޅުކުރަނީ

ލިވަޕޫލް މެޗުން މޮޅުވި ލަނޑު ޖެހުމަށް ފަހު ވެންޑައިކް އުފާ ފާޅުކުރަނީ

އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުން ލިވަޕޫލްއާއި މެންޗެސްޓާ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

ލިވަޕޫލްއިން ހަތަރު ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްގެންނެވެ. މި މެޗުގައި ލިވަޕޫލްއާ އަލަށް ގުޅުނު ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކް ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ލިވަޕޫލްއިން ވަނީ މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި އެވަޓަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލްއަށް ޖަހައިދިނީ ޖޭމްސް މިލްނާއެވެ. މި ލަނޑަށް ފަހު ވެސް ލިވަޕޫލްއަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލްއިން ފުރަތަމަ ހާފު ނިންމާލިއިރު އެވަޓަންއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުގެ މެޗުގެ 67 ވަނަ މިނެޓުގައި އައިސްލޭންޑުގެ މިޑްފީލްޑަރު ގިލްފީ ސިގަޑްސަން ވަނީ ލަނޑެއް ޖަހައިދީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެހެން ނަމަވެސް މެޗު އެއްވަރުވާން ދަނިކޮށް ވެންޑައިކް ވަނީ އޭނާ ލިވަޕޫލްއަށް ޖަހައިދިން ފުރަތަމަ ލަނޑު އެ ޓީމަށް ޖަހައިދީ މި މެޗުން އެ ޓީމު މޮޅު ކޮށްދީފައެވެ.

މި މުބާރާތުގެ ހަތަރު ވަނަ ބުރުން ޔުނައިޓެޑް ޖާގަ ހޯދީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ޑަރބީ ކައުންޓީ ބަލިކޮށްގެންނެވެ. މި މެޗުގައި ޔުނައިޓެޑުން ނެރެފައިވަނީ ވަރުގަދަ ފުރަތަމަ އެގާރައެކެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. ކައުންޓާ އެޓޭކުގައި ޑަރބީއިން ޔުނައިޓެޑްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރި އިރު ޔުނައިޓެޑުން ވަނީ ޑަރބީގެ ގޯލާއި އަމާޒުކޮށް 10 ހަމަލާއެއް ފޮނުވާލާފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ޑަރބީގެ ގޯލު ބެލެހެއްޓި ސްކޮޓް ކާސަންއެވެ. ޕޮގްބާއާ ރަޝްފޯޑު ގިނަ ހަމަލާތަކެއް ފޮނުވާލިއިރު ރަޝްފޯޑު ފޮނުވާލި ހަމަލާއެއް ޑަރބީގެ ގޯލުގެ ދަނޑީގައި ވެސް ޖެހިފައިވެއެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. ދެވަނަ ހާފުގައި ވެސް ރަޝްފޯޑު ފޮނުވާލި ހަމަލާއެއް ޑަރބީގެ ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ޔުނައިޓެޑުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ލިބިގެން ދިޔުމެވެ. ހިތްގައިމު ލަނޑަކާއެކު އެ ޓީމަށް ލީޑު ނަގައިދިނީ ޖެސޭ ލިންގާޑްއެވެ. ޔުނައިޓެޑްއިން މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫއެވެ.

މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ 13 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި މިދިޔަ އަހަރު އުފުލާލި އާސެނަލްއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް