Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ފަހު ވަގުތު ޖެހި ލަނޑުން ޗެލްސީއަތުން ބަލިނުވެ އާސެނަލް ސަލާމަތްވެއްޖެ

4 ޖެނުއަރީ 2018 | ބުރާސްފަތި 03:12

މެޗްގެ ސްކޯ: 2 - 2

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ޖެނުއަރީ 2018 | ބުރާސްފަތި 03:12
މެޗުގެ ސްކޯ ހުޅުވާލަދިން އާސެނަލްގެ ވިލްޝެއަރ

މެޗުގެ ސްކޯ ހުޅުވާލަދިން އާސެނަލްގެ ވިލްޝެއަރ

އިނގިރޭސި ޕްރިމިއަރ ލީގުގައި ބުދަ ދުވަހު އާސެނަލްއާއި ޗެލްސީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ބައްދަލުކުރި މެޗު 2 – 2 އިން އެއްވަރު ވެގެން ނިމިއްޖެއެވެ.

އާސެނަލްއިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފްގައި މެޗުގެ 63 ވަނަ މިނެޓްގައި ޖެކް ވިލްޝެއަރ ލަނޑެއް ޖަހައި އާސެނަލްއަށް ލީޑު ނަގައިދިނެވެ. މިއީ 2015ވަނަ އަހަރުގެ ފަހުން ވިލްޝެއަރ ޖެހި ފުރަތަމަ ލަނޑެވެ.

ވިލްޝެއަރގެ ލަނޑުގެ ކުރިން އާސެނަލްގެ އެލެކްސިސް ސަންޗޭޒް އަދި އެލެގްޒެންޑަރ ލަކަޒެޓް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ.

އާސެނަލްއިން މެޗުގެ ފުރަތަމަ ގޯލް ޖެހިތާ 4 މިނެޓް ނުވަނީސް ލިބުނު ޕެނަލްޓީއެއްގައި އެޑެން ހަޒާޑްވަނީ ގޯލް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުގެ 84 ވަނަ މިނެޓުގައި ޗެލްސީގެ މާކޯސް އަލެންސޯވަނީ ލަނޑެއް ޖަހައި ޗެލްސީއަށް ލީޑު ނަގައިދީފައެވެ. އެހެން ނަމަވެސް މެޗުން ޗެލްސީއަށް ލިބެން އޮތް ތިން ޕޮއިންޓް ގެއްލުވާލައި، އިތުރު ވަގުތުގެ ދެ ވަނަ މިނެޓްގައި އާސެނަލްގެ ހެކްޓަރ ބެލެރިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ.

މިމެޗުގައި ދެ ޓީމުން ޖުމްލަ 33 ހަމަލާ ގޯލަށް ދިން އިރު، އޭގެ ތެރެއިން 19 ޙަމަލާ ފޮނުވާލާފައިވަނީ ޗެލްސީއިންނެވެ.

މިމެޗުން ލިބުނު އެއް ޕޮއިންޓާއިއެކު އެންމެ ޕޮއިންޓެއްގެ ތަފާތުން ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ ތިން ވަނައިގައެވެ. އަދި މެޗު ޕޮއިންޓާއިއެކު ޖުމްލަ 39 ޕޮއިންޓް ލިބިގެން އާސެނަލް އޮތީ ތާވަލުގެ ހަ ވަނައިގައެވެ. މިމެޗުން އެއްވެސް ޓީމެއް މޮޅުވިނަމަ ޕޮއިންޓް ތާވަލުގެ އެއް ދަރަޖަ ކުރިއަށް ޖެހިލުމުގެ ފުރުސަތު އެޓީމަކަށް އޮތެވެ.

ތާވަލުގެ އެއްވަނައިގައި 62 ޕޮއިންޓާއި 51 ގޯލާއިއެކު އޮތީ މެންޗެސްޓަރ ސިޓީއެވެ. 29 ގޯލާއި 47 ޕޮއިންޓާއިއެކު ދެވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތް އިރު، ތިން ވަނައިގައި އޮތީ ޗެލްސީއެވެ. އަދި ހަތަރު ވަނައިގައި ލިވަޕޫލް އޮތް އިރު، އާސެނަލް އަށްވުރެ އެންމެ ޕޮއިންޓެއް އިތުރަށް ލިބިގެން ފަސް ވަނައިގައި އޮތީ ޓޮޓެންހަމްއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި

04 ޖެނުއަރީ 2017
އިސްކޯ ހޯދުމާ ގާތަށް ޓޮޓެންހަމް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް