Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޖޯޖް ވިއާ

ޖޯޖް ވިއާ – ފުޓްބޯޅަ ދަނޑުން ލައިބީރިއާގެ ރައީސް ކަމަށް!

ވިއާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރީ 61 އިން ސައްތަ ވޯޓުން

ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2017 | ހުކުރު 13:37
ޖޯޖް ވިއާ (ވ) ފުޓްބޯޅަ މެޗެއްގައި - ވިއާ އަކީ ފުޓްބޯޅަ ދަނޑުގައި ކޮށްޓުމަށް މޮޅު ކުޅުން ތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވުނު ތަރިއެއް

ޖޯޖް ވިއާ (ވ) ފުޓްބޯޅަ މެޗެއްގައި - ވިއާ އަކީ ފުޓްބޯޅަ ދަނޑުގައި ކޮށްޓުމަށް މޮޅު ކުޅުން ތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވުނު ތަރިއެއް

ޖޯޖް ވިއާ އަކީ ފުޓްބޯޅަ އަށް ލޯބި ކުރާ މީހުންނަށް އިތުރު ތައާރުފަކަށް ބޭނުންވާނެ ނަމެއް ނޫނެވެ. އޭނާއަކީ ފުޓްބޯޅައިގެ ޝަރަފްވެރި އެތައް މަގާމްތަކެއް ހާސިލް ކޮށްފައިވާ މޮޅު، ހުނަރުވެރި، ފުޓްބޯޅަ ކުޅުން ތެރިއެކެވެ. ވިއާ ހާސިލް ކުރި އެފްރިކަން ފުޓްބޯލަރ އޮފް ދަ އިޔަރ އަދި ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް - ބެލަން ޑިއޯ ފަދަ ޝަރަފްތައް މިކަމުގެ ހެއްކެއްގެ ގޮތުން ފުދެއެވެ.

ފުޓްބޯޅައިގެ މަދު ކުޅުން ތެރިޔަކަށް ނޫނީ ހާސިލް ނުކުރެވޭފަދަ ކާމިޔާބުތައް ހޯދި ވިއާ، އަދި އެއަށް ވުރެވެސް އުނދަގޫ އަދި މާ ބޮޑު ކަމެއް ހާސިލް ކޮށްފިއެވެ. ލައިބީރިއާގެ ރިޔާސީ އިންތިޚާބުގައި ނައިބު ރައީސްގެ މައްޗަށް ކުރި ހޯދާ 61 އިން ސައްތަ ވޯޓާއެކު ވިޔާ އެވަނީ އޭނާގެ އުފަން ލައިބީރިއާގެ ރައީސް ކަމުގެ މަގާމު ކަށަވަރު ކޮށްފައެވެ. ވިއާ ނިސްބަތްވަނީ ލައިބީރިއާގެ ކޮންގްރެސް ފޯ ޑިމޮކްރަޓިކް ޗޭންޖެ ޕާޓީއަށެވެ.

ވިއާ ފުޓްބޯޅައިގެ ތެރެއަށް ވަދެގެން އައީ ލައިބީރިއާގެ ވެރިރަށް މޮންރޯވިއާގައި ނިކަމެތިން ދިރިއުޅޭ ސަރަހައްދަކުންނެވެ. ފުޓްބޯޅަ ކުޅުމުގެ ތެރޭގައި އުޅެމުން ދަނިކޮށް ވިއާގެ ހުނަރުގައި ފުރަތަމަ އަޅައިގަތީ ފަރަންސޭސި ކްލަބް މޮނާކޯ އިންނެވެ. މޮނާކޯ އަށް ފަރަންސޭސި ފުޓްބޯޅަ ތަށި ހޯދުމުގައި އެ ކުލަބުން ވިއާގެ ފުރިހަމަ ބޭނުން ހިފާފައިވެއެވެ. މޮނާކޯގައި ވިއާ ދައްކަމުން ދިޔަ ހުނާރާ އެކު ފަރަންސޭސި އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ޕެރިސް ސެއިން ޖާރމެއިން އިން ވިއާ ބޭނުން ވެގެން އުޅެން ފެށިތަން ފެނުނެވެ.

ފަހުން ވިއާ ވަނީ، އިޓަލީގެ އޭސީ މިލާން އަށް ކުޅެ، ސީރި އާ ގެ ލަގަބް ދެ ފަހަރެއްގެ މަތިން އެ ކުލަބަށް ހޯދައިދީފައެވެ. ވިއާ ވަނީ ކެރިއަރގެ ފަހު ކޮޅުގައި ޗެލްސީ އަށާއި މެންޗެސްޓަރ ސިޓީ އަށް ވެސް ކުޅެދީފައެވެ.

ފުޓްބޯޅައިގައި ވިއާ އަށް ލިބިފައިވާ ހުނަރާ ހުށިޔާރުކަން ފެނިގެން ގޮސްފައި އެތައް މެޗެއް ތާރީޚްގެ ތެރެއަށް ގޮސްފައިވާ އިރު، އޭގެތެރެއިންވެސް ވަކިން ޚާއްސާ ހިނދުކޮޅެއްގެ ވާހަކަ ގިނަ ބަޔަކު މިއަދުވެސް ދައްކައެވެ. އެއީ އޭސީ މިލާން އާ ދެކޮޅަށް ކުޅުނު މެޗެއްގައި އިދިކޮޅު ހުރިހާ ކުޅުންތެރިން ކަރިން ކޮށްޓަމުން، ނައްޓަމުން ގޮސް އިދިކޮޅު ޓީމުގެ ގޯލު ފޫ އަޅުވާލާ އޭނާގެ ޓީމަށް ޖަހައިދިން ލަނޑެވެ. އޭރު ވިއާ އަތުވޭތޯ އޭނާގެ ފަހަތުން އިދިކޮޅު ޓީމުގެ މަދުވެގެން ހައެއްކަ ކުޅުންތެރިން ދުވަމުން އައެވެ.

ފުޓްބޯޅައިގެ ކެރިއަރ ނިންމާލުމަށް ފަހު، އަމިއްލަ ގައުމަށް އެނބުރި އައިސް ވިއާ ނުކުތީ ސިޔާސީ މައިދާނަށެވެ. އަހުލީ ހަނގުރާމަ އާއި ދާޚިލީ ދިގުލީ ހަމަނުޖެހުންގަނޑެއްގެ ތެރެއަށް ވެއްޓިފައި އޮތް ލައިބީރިއާގައި އެތައް ޒަމާނެއް ފަހުން 2005 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގައި ވިއާ ވާދަ ކުރިއެވެ. ނަމަވެސް ޔުނިޓީ ޕާޓީގެ ކެނޑިޑޭޓުގެ މައްޗަށް ވިއާ އަށް ކުރި ހޯދޭނެ ގޮތެއް އެ އިންތިޚާބުގައި ނުވިއެވެ. ވިއާ އަށް އިންތިޚާބުގައި ވީ ނާކާމިޔާބާ އެކު ލައިބީރިއާގެ ރައީސް ކަމަށް ވަޑައިގަތީ އެފްރިކާގެ ބައްރުގެ ގައުމެއްގެ ފުރަތަމަ އަންހެން ރައީސް ގެ ގޮތުގައި އެލެން ޖޯންސަން ސަރލީފް އެވެ.

އިންތިޚާބުގެ ނަތީޖާ ވިއާ އަށް ވީ ގަބޫލު ކުރަން ދަތި އެއްޗަކަށެވެ. ނަތީޖާ ގަބޫލު ނުކުރާނެ ކަމަށާއި، އޮޅުވާލުން ހިމެނޭ ކަމަށް ބުނެ ބަލި ގަބޫލު ކުރަން ވިއާ އެފަހަރު ދެކޮޅު ހެދިއެވެ.

ރިޔާސީ ރޭހުގައި ވިއާ ގިރާ ކުރި ފުރަތަމަ ހަރުފަތް ކަމަށް ވެގެން ދިޔައީ، 2014 ވަނަ އަހަރުގެ ސެނެޓްގެ އިންތިޚާބުގައި ސެނެޓްގެ ގޮނޑިއެއް ކާމިޔާބު ކުރުމުގައި ލައިބީރިއާގެ ރައީސްގެ ދަރިކަލުން ރޮބަޓް ސަރލީފް ބަލި ކުރުމެވެ.

ރިޔާސީ ރޭހުގައި ތާއީދު އިތުރު ކުރުމަށް ވިއާގެ މައިގަނޑު ވާހަކަ އެއްގެ ގޮތުގައި ދައްކަމުން ދިޔައީ، ޒުވާނުންނަށް އިގްތިސާދީ ފުރުސަތުތައް ހޯދައި ދިނުމެވެ. ލައިބީރިއާގެ އާބާދީގެ 70 އިން ސައްތަ އަކީ 35 އަހަރުން ދަށުގެ ޒުވާނުންނަށް ކަމަށްވެފައި، އަދި 80 އިން ސައްތަ މީހުންނަކީ ދުވާލަކު 1.25 ޑޮލަރުގެ މިންވަރަށްވެސް އާމްދަނީ ނުލިބޭ ބަޔަކު ކަމަށް ވުމާއެކު ވިއާ ގެ ވާހަކަތަކުގެ ހެޔޮ ނަތީޖާ ފެންނާކަށް މާ އުނދަގުލެއް ނުވިއެވެ.

2017 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވިއާ ކާމިޔާބު ހޯދީ ނައިބު ރައީސް ޖޯސެފް ބޯކައިގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ލައިބީރިއާގެ އެންމެ މަތީ މަގާމަށް ވިޔާ އިންތިޚާބު ވުމުގައި ކުޅިވަރުގެ ދާއިރާއިން ވިއާ އަށް ލިބުނު ކާމިޔާބު މުހިންމު ދައުރެއް އަދާ ކުރި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކޮންމެ އަކަސް ލައިބީރިއާގެ ފަގީރު ހިސާބަކުން ދުނިޔޭގެ އޮއިވަރުގެ ތެރެއަށް ނުކުތް ޖޯޖް ވިއާ އަކީ ލައިބީރިއާގެ އިންތިޚާބީ ރައީސް އެވެ. ވިއާގެ ސަޕޯޓާރުން މިހާރު އުންމީދު ކުރަމުން ދަނީ ފުޓްބޯޅަ ދަނޑުގައި އޭނާ ދެއްކި ހުނަރާ ހޯދި ކާމިޔާބު އަދި ދައްކަމުން ދިޔަ ހަކަތަ ވެރިކަމުގައި ވެސް ދައްކާ ގައުމަށް ކާމިޔާބު ހޯދައިދޭނެ ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

ރޮނާލްޑޯގެ އަދަބު ލުއިކޮށްދެވޭކަށް ނެތް: ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން

23 އޯގަސްޓު 2017
ނޭމާ އަށްވުރެ ލަލީގާއަށް މުހިންމީ ރޮނާލްޑޯ އާއި މެސީ: ޖެވިއާ ޓޭބަސް

ނޭމާ އަށްވުރެ ލަލީގާއަށް މުހިންމީ ރޮނާލްޑޯ އާއި މެސީ: ޖެވިއާ ޓޭބަސް

30 ޖުލައި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ބޮލީވިއާ އަތުން ބަލިވެ އާޖެންޓީނާއަށް ގޮންޖެހުންތަކެއް

ބޮލީވިއާ އަތުން ބަލިވެ އާޖެންޓީނާއަށް ގޮންޖެހުންތަކެއް

29 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު