Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ސަންޗޭޒްގެ ދެ ލަނޑާއެކު އާސެނަލް މޮޅުވެއްޖެ

29 ޑިސެމްބަރު 2017 | ހުކުރު 02:48

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވެފައި ވަނީ 3-2 އިން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 29 ޑިސެމްބަރު 2017 | ހުކުރު 02:48
ސަންޗޭޒް ޕެލަސްގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލަން މަސައްކަތްކުރަނީ، އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައި

ސަންޗޭޒް ޕެލަސްގެ ކުޅުންތެރިޔެއް ކައިރިން ނައްޓާލަން މަސައްކަތްކުރަނީ، އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައި

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ކާމިޔާބުކުރި ދެ ލަނޑާ އެކު އާސެނަލް މޮޅުވެއްޖެއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވެފައި ވަނީ 3-2 އިންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އާސެނަލް އިން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.

މެޗު ފެށިގެން އާސެނަލްއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި ކްރިސްޓަލް ޕެލަސްގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފައެވެ. އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 25 ވަނަ މިނެޓުގައި ޖަރުމަނުގެ ޑިފެންޑަރު މުސްތާފީ އެ ޓީމަށް ލީޑު ނަގައިދިނުމެވެ. މިއީ އާސެނަލްގެ ލަކަޒާޓް ދިން ބާރު ހަމަލާއެއް ޕެލަސްގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން މުސްތާފީ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑަށް ފަހު ވެސް އާސެނަލް އިން ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ހާފުގައި އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ އާސެނަލް އިން ފުރަތަމަ ހާފު ނިންމާލިއިރު ޕެލަސް އިން ވަނީ ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ޓީމުން ނަތީޖާ ހަމަހަމަކުރީ ވިލްފްރީޑް ޒަހާ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޑްރޮސް ޓައުންސެންޑް ޖަހައިދިން ލަނޑަކުންނެވެ. އެހެން ނަމަވެސް 62 ވަނަ މިނެޓުގައި ސަންޗޭޒް ލަނޑެއް ޖަހައިދީ އާސެނަލްއަށް އަލުން އަނބުރާ ލީޑު ނަގައިދިންއިރު އޭނާ ވަނީ 66 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި އާސެނަލްގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. މި ލަނޑަށް ފަހު ޕެލަސްއިން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރިއިރު އެ ޓީމަށް ނަތީޖާގެ ފަރަގު ކުޑަވެގެންދިޔައީ މެޗުގެ 89 ވަނަ މިނެޓުގައި ޑިފެންޑަރު ޖޭމްސް ޓޮމްކިންސް ޖަހައިދިން ލަނޑުންނެވެ.

މި މެޗާ އެކު އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ގިނަ މެޗު ޓީމަކަށް އިރުޝާދު ދިނުމުގު ރެކޯޑާ އަރާ ހަމަކޮށްފައެވެ. މިއީ އޭނާ އާސެނަލްއަށް އިރުޝާދު ދިން 810 ވަނަ މެޗަށްވާ އިރު މި ރެކޯޑު މީގެ ކުރިން އޮންނަނީ މެންޗެސްޓާ ޔުނައިޓެޑަށް 25 އަހަރު އިރުޝާދުދިން ސަރ އެލެކްސް ފާގަސަން އަތުގައެވެ.

ޕްރިމިއާ ލީގުގެ ތާވަލުގައި އާސެނަލް އޮތީ ކުޅުނު 20 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ހަ ވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި އާސެނަލްއާ ދެމެދު 21 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މި މެޗުން ބަލިވި ކްރިސްޓަލް ޕެލަސް އޮތީ ކުޅުނު 20 މެޗުން ލިބުނު 18 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް