Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓައިގާ ޒިންދާހޭ

ޓައިގާ ޒިންދާހޭ: އަހަރުގެ އެންމެ ކާމިޔާބު ފިލްމު؟

މި ފިލްމަށް ވަނީ ދެދުވަހުން 69.40 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2017 | ހޯމަ 05:56
ޓައިގާ ޒިންދާހޭގެ ޕޯސްޓަރ

ޓައިގާ ޒިންދާހޭގެ ޕޯސްޓަރ

"ޓައިގާ ޒިންދާހޭ" ސިނަމާތަކަށް އައިސްފައި ވަނީ މިދިޔަ ހުކުރު ދުވަހުގައެވެ.

މި ފިލްމަށް މިހާތަނަށް ވަނީ ދެ ދުވަހުން އެކަނި ވެސް 69.40 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. ފުރަތަމަ ދުވަހު ލިބިފައި ވަނީ 34.50 ކްރޯޑު (3.4 ބިލިއަން ރުޕީސް) އެވެ. އަދި ދެވަނަ ދުވަހު ލިބިފައިވަނީ 35.30 ކުރޯޑް ރުޕީސްއެވެ.

ދެ ދުވަހުގެ އާމްދަނީއާ އެކު 69.40 ކްރޯޑު ރުޕީސްއަށް ވަނީ އަރާފައެވެ. ފިލްމު އެޅުވުމުގެ ކުރިން ވެސް މި ފިލްމުގެ ގިނަ ޝޯތަކެއްގެ ވަނީ ހައުސް ފުލްވެފައެވެ. ކޮންމެ ދުވަހަކު ވެސް މި ފިލްމަށް މިހާބޮޑު އާމްދަނީއެއް ލިބޭ ނަމަ މި ފިލްމު ވެގެންދާނީ މިއަހަރުގައި ނިކުތް އެންމެ ކާމިޔާބު އެއް ފިލްމަށެވެ.

"ޓައިގާ ޒިންދާހޭ" އަކީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ޚާނެވެ. އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެ ފިލްމަށް 75 ކުރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ.

ސަލްމާން ހާން މި ފިލްމުގައި ފެންނަނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ގޮތުގައެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތްކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

08 ފެބުރުއަރީ 2017
އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ
30 ޖެނުއަރީ 2017

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު