Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާ

ކޮޅުނބުގައި ސަލާން ޖެހުން މަނާކުރަނީ

24 ޑިސެމްބަރު 2017 | އާދީއްތަ 12:56

މި ޤަވާޢިދަށް އަމަލުކުރަން ފަށާނީ ޖެނުއަރީ 1ގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 24 ޑިސެމްބަރު 2017 | އާދީއްތަ 12:56
ލަންކާގެ ރޭލު ސްޓޭޝަނެއް: ރޭލު ސްޓޭޝަންތަކުގައި ސަލާން ޖަހާ މީހުން ގިނަ

ލަންކާގެ ރޭލު ސްޓޭޝަނެއް: ރޭލު ސްޓޭޝަންތަކުގައި ސަލާން ޖަހާ މީހުން ގިނަ

ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ މަގުތަކާއި އާއްމު ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި ސަލާންޖެހުން މަނާކުރަން ލަންކާ ސަރުކާރުން ނިންމައިފިއެވެ.

ލަންކާގެ މެގަޕޮލިސް އަދި ވެސްޓަރން ޑިވެލޮޕްމަންޓް މިނިސްޓަރ ޗަމްޕިކަ ރަނަވަކަ ވިދާޅުވީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮޅުނބުގައި ސަލާން ޖެހުން މަނާވާނެ ކަމަށެވެ. ރަނަވަކަ ވިދާޅުވީ ކޮޅުނބުގެ މުނިސިޕަލް ކައުންސިލާއި ވެލްފެއަރ މިނިސްޓްރީ ގުޅިގެން ހެދި ދިރާސާއިން ދައްކާ ގޮތުގައި ކޮޅުނބުގެ ސަރަހައްދުގައި ސަލާން ޖަހާ 600 އެއްހާ މީހުން އުޅެމުންދާ ކަމަށެވެ. ރަނަވަކަ އިތުރަށް ވިދާޅުވީ މިނިންމުން ނިންމެވީ ސަލާން ޖަހާ މީހުންގެ ސަބަބުން އާއްމުންނަށާއި އާއްމު ދަތުރުފަތުރުގެ ނިޒާމަށް އެކަމުގެ ސަބަބުން އުނދަގޫ ވާތީ ކަމަށެވެ. އަދި ކޮޅުނބު ޒީނަތްތެރިކުރުމަށް ކުރާ މަސައްކަތަށް ވެސް އެކަމުގެ ސަބަބުން ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ރަނަވަކަ ވިދާޅުވީ ސަލާން ޖެހުން މަނާކުރި ނަމަވެސް، ސަލާން ޖަހާ މީހުންނަށް ސަރުކާރުން އަޅާލާނެ ކަމަށެވެ. އެގޮތުން ސަލާން ޖަހަން ނިކުމެ އުޅޭ ކުޑަކުދިންނަށް ތައުލީމީ ފުރުސަތު ހޯދައިދީ، ބަލި މީހުންނަށް ބޭސް ފަރުވާ ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ބަލިޙާލުގެ ސަބަބުންނާއި މަޖުބޫރީ ޙާލަތުގައި ސަލާން ޖަހަން ނިކުމެ އުޅޭ މީހުންނަށްޓަކައި ލަންކާގެ އަމްބަލަންތޯޓާގައި 80 މިލިއަން ރުޕީޒް ޚަރަދު ކޮށްގެން ރީހެބިލިޓޭޝަން މަރުކަޒެއް ޤާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަލާން ޖަހަން އުޅޭ މީހުންގެ ތެރޭގައި ގަދަވެ ސަލާމަތުން ތިބެ ސަލާން ޖަހާ މީހުން ތިބިކަން ފާހަގަކުރައްވާ ރަނަވަކަ ވިދާޅުވީ އެމީހުންނަށް ޖެހޭނީ ވަޒީފާގެ ފުރުސަތު ހޯދަން ކަމަށާއި، މަސައްކަތް ކުރެވޭ ޙާލުގައި ތިބެ ސަލާން ޖަހާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ފަޤީރު ހާލުގައި އުޅޭ މީހުންނަށް ވެލްފެއަރ މިނިސްޓްރީގެ ތެރެއިން އެހީ ހަމަޖެހޭނެކަން ފާހަގަ ކުރައްވަމުން ކޮޅުނބުގެ މަގުތަކުގައި ސަލާން ނުޖެހުމަށް މިނިސްޓަރ ރަނަވަކަ އެދިވަޑައިގަތެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

17 އޯގަސްޓު 2017

ވެނެޒުއޭލާގެ ދެކުނުގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި 37 މީހުން މަރުވެއްޖެ

17 އޯގަސްޓު 2017
ވެނެޒުއޭލާގެ ދެކުނުގެ ޖަލެއްގައި ހިންގި ހަމަނުޖެހުންތަކެއްގައި 37 މީހުން މަރުވެއްޖެ
28 ޖުލައި 2017

އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

28 ޖުލައި 2017
އަގްސާ މިސްކިތުގައި ހަމަނުޖެހުން ހިނގައި 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
22 ޖުލައި 2017

އެމެރިކާގެ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރަނީ

22 ޖުލައި 2017
އެމެރިކާގެ ރައްޔިތުން އުތުރު ކޮރެއާއަށް ދަތުރުކުރުން މަނާކުރަނީ
06 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި

06 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި
27 މެއި 2017

ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ

27 މެއި 2017
ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ
18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
30 އެޕްރީލު 2017

ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ

30 އެޕްރީލު 2017
ޖަރުމަނުގައި ވަކި ބަޔަކަށް މޫނުބުރުގާ މަނާކުރަނީ
10 އެޕްރީލު 2017

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
11 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

11 ފެބުރުއަރީ 2017
 ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް