Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޭމާ - ޕީއެސްޖީ

ޕީއެސްޖީއަށް ރެއާލް ބަލިކުރެވޭނެ: ނޭމާ

22 ޑިސެމްބަރު 2017 | ހުކުރު 13:34

މި ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމަށް ޕީއެސްޖީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 ޑިސެމްބަރު 2017 | ހުކުރު 13:34
ނޭމާ - އޭނާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށް

ނޭމާ - އޭނާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށް

ފްރާންސްގެ ޕީއެސްޖީއަށް ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިކުރެވޭނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ބުނެފިއެވެ.

ނޭމާ މިހެން ބުނެފައިވާއިރު މި ދެ ޓީމުގެ ކުރިމަތިލުމެއް މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ފެނިގެންދާނެއެވެ. ޕީއެސްޖީ ކުޅުނު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި އެ ޓީމު ދެވަނަ ބުރަށް ކޮލިފައިވިއިރު ރެއާލްއިން ދެވަނަ ބުރުގެ ޖާގައެއް ހޯދީ އެ ޓީމު ވާދަކުރި ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 400 މިލިއަން ޔޫރޯ ހޭދަކުރުމަށްފަހު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމަށް ޕީއެސްޖީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެން ނަމަވެސް ރެއާލްއާ ދެކޮޅަށް ކުޅޭ މެޗަކީ އެ ޓީމަށް އުނދަގޫވާނެ މެޗެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި މެޗާއި ރެއާލްއިން ކުރިމަތިލާނީ ޔޫރަޕާއި ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ނޭމާ ބުނީ ރެއާލްއާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫވާނެ މެޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެ ޓީމުގެ ކުޅުންތެރިން އެކުގައި ކުޅެމުން އަންނަތާ ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. މި މެޗު އިތުރަށް އުނދަގޫ ވެގެންދާނީ ރެއާލްއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އުއްމީދު ކުރަމުންދާތީ ކަމަށް ނޭމާ ބުނެފައިވެއެވެ.

ނޭމާ ބުނީ ރެއާލް މި މެޗާއި ކުރިމަތިލާނީ ފެވަރިޓުންގެ ގޮތުގައި ކަމަށާއި އެހެން ނަމަވެސް ޕީއެސްޖީއަށް ރެއާލް ބަލިކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ރެއާލް ބަލިކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ނޭމާ ބުނެފައިވެއެވެ.

ރެއާލް ބަލިކުރެވޭނެ ކަމަށް ނޭމާ ބުނެފައިވާއިރު އޭނާ ރެއާލްއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޕީއެސްޖީ ކެޓީ ރެއާލްގެ ވާދަވެރި ބާސާ އަތުން ބަލިވެގެންނެވެ. އެ މެޗުގައި ނޭމާ ބާސާގެ ޖާޒީގައި ކުޅެ ޕީއެސްޖީ ކޮޅަށް ދެ ލަނޑު ޖަހާފައިވެއެވެ. އެހެން ނަމަވެސް އޭނާވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި 222 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެފައެވެ. މިއީ ދުނިޔޭގެ ރެކޯޑު ފީއެކެވެ.

މި މެޗާއި ޕީއެސްޖީ ކުރިމަތިލާނީ 50 ޕޮއިންޓް ހަމަކޮށް ފްރެންޗް ލީގުގެ އެއްވަނަ މަގާމުގައި އޮވެގެންނެވެ. މި ސީޒަނުގައި އެ ޓީމު ކުޅުނު 16 މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ރެއާލް އޮތީ ކުޅުނު 15 މެޗުން ލިބުނު 31 ޕޮއިންޓާއެކު ސްޕެނިޝް ލަލީގާގެ ހަތަރު ވަނައިގައެވެ.

މި ދެ ޓީމު ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރެއާލްގެ ދަނޑުގައެވެ. އަދި ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު ކުޅުމަށް ހަމަޖހިފައިވަނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
12 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި

12 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ރެއާލް އަދި ބާސާ މޮޅުވެ މަގާމު ދަމަހައްޓައިފި
11 ފެބުރުއަރީ 2017

ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި

11 ފެބުރުއަރީ 2017
ބެންޒެމާ އަށް ރެއާލް އިން އާ އެއްބަސްވުމެއް ހުށަހަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް