Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ - މެލޭޝިޔާ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުން ފުރާވަޑައިގެންފި

20 ޑިސެމްބަރު 2017 | ބުދަ 13:35

ނަޖީބު ރައްޒާރު ރާއްޖެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 20 ޑިސެމްބަރު 2017 | ބުދަ 13:35
މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއިން ފުރާވަޑައިގަތުމަށް ބޯޓަށް އަރާވަޑައިގަންނަވަންވަނީ

މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއިން ފުރާވަޑައިގަތުމަށް ބޯޓަށް އަރާވަޑައިގަންނަވަންވަނީ

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި ރަސްމީ ދުތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބާއި އެމަނިކުފާނުގެ އަނބިކަނބަލުން ރޮސްމާ މަންސޫރު އަންގާރަ ދުވަހުގެ ހަވީރު ރާއްޖެ ވަޑައިގެންނެވުމަށް ފަހު ފުރާވަޑައިގެންނެވީ ބުދަ ދުވަހުގެ މެންދުރު ފަހުއެވެ. ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ބޭފުޅުންނަށް އަލްވާދު ވިދާޅުވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ.

Advertisement - newsAdvertisement

އަންގަރާ ދުވަހު ހަވީރު ރާއްޖެ ވަޑައިގެންނެވި މެލޭޝިޔާގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮތީ ބުދަ ދުވަހުގެ ހެނދުނު ޖުމްހޫރީ މައިދާނުގައެވެ. އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި ސްކޫލުކުދިން ޘަޤާފީ އައިޓަމެއް ހުށަހަޅައިދިންއިރު ހަތް ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް އެމަނިކުފާނު ވަނީ އިންސްޕެކްޓް ކޮށްދެއްވާފައެވެ.

ނަޖީބު ރައްޒާރު ރާއްޖެ ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި ވަނީ ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަތަރު އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެ އާއި މެލޭޝިޔާއާ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދިވެހި ތާރިޚާއި ސަގާފަތާ ބެހޭ މަރުކަޒެއް މެލޭޝިޔާގައި ޤާއިމްކުރުމުގެ އެއްބަސްވުން، އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވުމާ ބެހޭ ތަމްރީނާ ގުޅޭ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމާއި މަތީ ތައުލީމުގެ ދާއިރާއިން އެއްބާރުލުން ދިނުން އަދި ސިއްހީ ހިދުމަތުގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުން ދިނުމުގެ އެއްބަސްވުން ހިމެނެ އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރާއި ރައީސް އަބްދުﷲ ޔާމިންގެ އަނބިކަނބަލުން ސަލާމް ކުރައްވަނީ:-

މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، "ފިޔަވަތި" އަށް މެލޭޝިޔާގެ ބޮޑުވަޒީރުގެ ނަޖީބް ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރު ބުދަ ދުވަހު ހެނދުނު ވަނީ ޒިޔާރަތް ކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިޒިޔާރަތުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނާ ބައްދަލުކުރައްވައި، ކުދިންގެ ފަރާތުން ހުށަހަޅައިދިން އައިޓަމްތަކާއި އެކުދިން ކުރަހާފައިވާ ކުރެހުންތައް ބައްލަވައިލެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ ސަޤާފަތް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި މަރުކަޒާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓެއް ބައްލަވައިލެއްވެވިއެވެ.

ފާތުމަތު އިބްރާހިމް އާއި ރޮސްމާ މަންސޫރު ފިޔަވަތި އަށް ކުރެއްވި ޒިޔާރާތުގައި މެލޭޝިޔާގެ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ އެހީ ހަވާލުކުރެއްވިއެވެ. މި އެހީ ހަވާލުކޮށްދެއްވީ އިންޓަނޭޝަނަލް ޔޫތު ސެންޓަރުގެ ޑިރެކްޓަރ ޑރ. މުޙައްމަދު މާލިކީ ބިން މުޙައްމަދު ރަޕިއީއެވެ. ފިޔަވަތީގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގެންނެވީ ސީއީއޯ ފާޠިމަތު ޝިޔާމާއެވެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

09 ޖުލައި 2017

އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި

09 ޖުލައި 2017
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
08 ޖުލައި 2017

ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި

08 ޖުލައި 2017
ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންފި
25 ޖޫން 2017

ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރައްވައިފި

25 ޖޫން 2017
ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރައްވައިފި
21 ޖޫން 2017

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނެ:ރައީސް އޮފީސް

21 ޖޫން 2017
ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން އޮންނާނެ:ރައީސް އޮފީސް
18 ޖޫން 2017

އެމްޑީޕީގެ އިސްބޭފުޅުންނަށް ރައީސް ނަޝީދުގެ ދެކަނބަލުން ރޯދަ ވީއްލުމެއް ދެއްވައިފި

18 ޖޫން 2017
އެމްޑީޕީގެ އިސްބޭފުޅުންނަށް ރައީސް ނަޝީދުގެ ދެކަނބަލުން ރޯދަ ވީއްލުމެއް ދެއްވައިފި
14 މެއި 2017

ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ

14 މެއި 2017
ބައްދަލު ނުވީ ރައީސްގެ ދެކަނބަލުންނާ އެކަނި: ރިލްވާންގެ މަންމަ
23 ފެބުރުއަރީ 2017

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
21 ފެބުރުއަރީ 2017

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް