ކ. މާލެ
|
16 ޑިސެންބަރ 2017 | ހޮނިހިރު 11:13
ސްރީ ލަންކާގެ މަޝްހޫރު ޖާދޫގަރު އެމިލް އެރަނގަ
ސްރީ ލަންކާގެ މަޝްހޫރު ޖާދޫގަރު އެމިލް އެރަނގަ
މުހައްމަދު ޝަރުހާން
ޖާދޫ ޝޯ
ރާއްޖެ ޓީވީން ބާއްވާ ކުޑަކުދިންނަށް ހާއްސަ ޖާދޫ ޝޯ މިއަދު
ޖާދޫ ޝޯ ކުރިއަށްދާނީ 04:00 އިން 05:30 އަށް
މިއީ ސްރީ ލަންކާގެ މަޝްހޫރު ޖާދޫގަރު އެމިލް އެރަނގަ
މި ޝޯ ބަލާލުމަށް ހިލޭ ވަދެވޭނެ

ރާއްޖެ ޓީވީން އިންތިޒާމުކޮށްގެން ބާއްވާ ކުޑަކުދިންނަށް ހާއްސަ ޖާދޫ ޝޯ މިއަދު ހަވީރު އޮންނާނެ އެވެ.

ކާނިވާގައި ހުންނަ ނޮވެލް ރެސްޓޯރެންޓްގައި މިއަދު ހަވީރު 4:00 އިން ފެށިގެން 5:30 އަށް ބާއްވާ ޝޯގައި ޖާދޫ ހަދާނީ، ސްރީ ލަންކާގެ މަޝްހޫރު ޖާދޫގަރު އެމިލް އެރަނގަ އެވެ.

ރާއްޖެ ޓީވީ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާޅުވީ ރާއްޖެ ޓީވީގެ ނައިޓަށް ނެގައި ޖާދޫގަރުގެ ޝޯއެއް ކުޑަކުދިންނަށް ހާއްސަކުރީ، ރާއްޖެ ޓީވީ ދެކެ ލޯބިވާ ވަރަށް ގިނަ ކުޑަކުދިން ވެސް އުޅޭތީއާއެކު، ހުރިހާ ކުޑަކުދިންނަށާއި އާއިލާއަށް އުފާވެރި ވަގުތުތަކެއް ހޯދައި ދިނުމަށް ކަމަށެވެ.

"އެމިލް އެރަނގަ އަކީ ވަރަށް މޮޅު ޖާދޫގަރެއް. އޭނާގެ ތަފާތު ހުނަރުތަކެއް މިއަދު ކުޑަކުދިންނަށް ދައްކާލާނެ،" އާމިރު ވިދާޅުވި އެވެ.

މި ޝޯ ބަލާލުމަށް ހިލޭ ވަދެވޭނެ އެވެ. އަދި ކުޑަކުދިންނަށް ހާއްސަ މެނޫއެއް ވެސް ނޮވެލްގައި ތައްޔާރުކޮށްފައިވެ އެވެ.

 

- ކޮމެންޓް