Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓް

މިދިޔަ އަހަރު ފޮރިން މިނިސްޓްރީ އިން ހިންގި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ: އޮޑިޓް ރިޕޯޓް

15 ޑިސެމްބަރު 2017 | ހުކުރު 06:04

ބޭރު ފައިސާއިން ކުރި ޚަރަދު ރުފިޔާއަށް ބަދަލުކުރުމުގައި އެ ދުވަހުގެ އެކްސްޗޭންޖް ރިޕޯޓަށް ބަލާފައެއް ނުވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 15 ޑިސެމްބަރު 2017 | ހުކުރު 06:04
މިނިސްޓްރީ އޮފް ފޮރިން އެފެއާޒު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒު

ބޭރު ފައިސާއިން ކުރި ޚަރަދު ދިވެހި ރުފިޔާއަށް ބަދަލުކުރުމުގައި މުއާމަލާތް ހިންގި ދުވަހުގެ އެކްސްޗޭންޖް ރޭޓަށް ބަލާފައި ނުވާތީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީ އިން ހިންގި މާލީ މުއާމަލާތްތަކުގެ ސައްހަކަން ކަށަވަރުނުކުރެވޭ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޮޑިޓަރ ޖެނަރަލް ނެރުއްވި 2016 ވަނަ އަހަރުގެ ފޮރިން މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، އަހަރު ތެރޭގައި ހިންގި ބޭރު ފައިސާގެ މުއާމަލާތްތައް ރިޕޯޓިން ކަރަންސީއަށް ބަދަލުކުރަންވާނީ އެ މުއާމަލާތެއް ހިންގި ތާރީޚުގެ އެކެސްޗޭންޖް ރޭޓުން ކަމަށް އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް (އިޕްސަސް) ގެ "ފައިނޭންޝަލް ރިޕޯޓިންގ އަންޑަރ ދަ ކޭޝް ބޭސިސް އޮފް އެކައުންޓިންގ" ގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

ނަމަވެސް، ފޮރިން މިނިސްޓްރީގެ 2016 ވަނަ އަހަރުގެ މާލީ ބަޔާނުގައި ހިމަނާފައި ހުރި ބޭރު ފައިސާގެ ބައެއް މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކޮށްފައި ވަނީ އެ މުއާމަލާތެއް ހިންގި ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ ބަދަލުގައި އަހަރު ނިމުނުއިރު ހުރި އެކްސްޗޭންޖް ރޭޓުންކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން މާލީ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމުގައި، އެ މުއާމަލާތް ހިންގި ތާރީޚުގެ އެކްސްޗޭންޖް ރޭޓުގެ ބަދަލުގައި އަހަރު ނިމުނުއިރު ހުރި އެކްސްޗޭންޖް ރޭޓު ބޭނުންކޮށްފައިވާ ކަމަށް ފާހަގަކުރެވުނު އިދާރާތަކުގެ 2016 ވަނަ އަހަރުގެ ޚަރަދުގެ ގޮތުގައި މިނިސްޓްރީގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ޖުމްލަ 89،187،015 (އަށްޑިހަ ނުވަ މިލިއަން އެއްލައްކަ އަށްޑިހަ ހަތް ހާސް ފަނަރަ ރުފިޔާ) ހިމަނާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، އެކަން އެގޮތަށް ހިންގާފައިވުމުގެ ނަތީޖާއެއްގެ ގޮތުން، ފޮރިން މިނިސްޓްރީގެ 2016 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ހިމަނާފައިވާ މާލީ މުއާމަލާތްތަކުގެ ސައްހަ އަދަދު ކަށަވަރެއް ނުކުރެވެއެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، ބޭރު ފައިސާއިން ހިންގާ މުއާމަލާތްތައް ދިވެހި ރުފިޔާއަށް ބަދަލުކުރުމުގައި އެ މުއާމަލާތެއް ހިންގި ތާރީޚުގެ އެކްސްޗޭންޖް ރޭޓު ބޭނުންކޮށްފައި ނުވާ ނަމަ، ކަނޑައެޅިފައިވާ އޮނިގަނޑާ އެއްގޮތަށް މާލީ ބަޔާން ތައްޔާރު ކުރެވުނު ކަމަކަށް ނުވާނެއެވެ. އަދި އެ އޮނިގަނޑުގެ ދަށުން މާލީ ބަޔާނުގައި ހިމަނަންޖެހޭ އަސްލު އަދަދަށް ވުރެ އިތުރަށް ނުވަތަ މަދުން ޚަރަދު ހިސާބުކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުގައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް