Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަޝިއާ އެތްލީޓުން

ގައުމު ތަމްސީލު ނުކުރާ ގޮތަށް ރަޝިއާގެ އެތްލީޓުންނަށް ވާދަކުރެވޭނެ: ރަޝިއާގެ އޮލިމްޕިކް ކޮމިޓީ

ރަޝިއާ ވަނީ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2017 | ބުދަ 12:43
ފިނި މޫސުމުގެ އޮލިމްޕިކްސްގައި ވާދަކުރި ރަޝިއާގެ ބައެއް އެތްލީޓުން

ފިނި މޫސުމުގެ އޮލިމްޕިކްސްގައި ވާދަކުރި ރަޝިއާގެ ބައެއް އެތްލީޓުން

އަންނަ އަހަރު އޮންނަ ފިނި މޫސުމުގެ އޮލިމްޕިކް ގޭމްސްގައި ގައުމު ތަމްސީލު ނުކުރާ ގޮތަށް ރަޝިއާގެ އެތްލީޓުންނަށް ވާދަކުރެވޭނެ ކަމަށް އެ ގައުމުގެ އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ޕްރެޒިޑެންޓް ވިޓާލީ ސްމިރްނޯވް ވިދާޅުވެއްޖެއެވެ.

ރަޝިއާ ވަނީ ފިނި މޫސުމުގެ އޮލިމްޕިކްސްގައި ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.17 މަސް ދުވަހުގެ ދިގު ތަހުގީގަކަށް ފަހު ރަޝިޔާ އޮލިމްޕިކްސްއިން ސަސްޕެންޑް ކުރީ 2014ވަނަ އަހަރު އެ ގައުމުގެ ސޯޗީގައި ބޭއްވި އޮލިމްޕިކްސްގައި އެޤައުމުގެ ސަރުކާރުގެ އެހީގައި އެތްލީޓުން މަނާ ބޭސް ބޭނުންކުރިކަން ސާބިތުވުމާ ގުޅިގެންނެވެ. މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ރަޝިޔާގެ 25 އެތުލީޓަކާ ދެކޮޅަށް ފިޔަވަޅު އަޅައި، މެޑަލް އަތުލާފައިވެއެވެ.

ރަޝިއާގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުން އޮލިމްޕިކްސް ބޮއިކޮޓް ކުރުމަށް ގޮވާލަމުން ދަނިކޮށް އެ ގައުމުގެ އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ޕްރެޒިޑެންޓް ވިޓާލީ ވިދާޅުވެފައިވަނީ ގައުމު ތަމްސީލު ނުކުރާ ގޮތަށް އެ ގައުމަށް ނިސްބަތްވާ އެތްލީޓުންނަށް މުބާރާތުގައި ވާދަކުރެވޭނެ ކަމަށާއި އެގޮތަށް ނިންމީ އެތްލީޓުންގެ މަންފާއަށް ކަމަށެވެ. އެގޮތުން މިއީ އެތްލީޓުންގެ ނަން ރީތި ކޮށްލުމަށް ދެވޭ ފުރުސަތެއް ކަމަށް ވިޓާލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ވާދަކުރާނެ އެތްލީޓުންގެ އަދަދެއް ނޭނގޭ ކަމަށާއި އެހެން ނަމަވެސް ވާދަކުރުމުގެ ޝަރުތުތައް ހަމަވާ 200 އަށް ވުރެ ގިނަ އެތްލީޓުން ހަމަވާ ކަމަށެވެ. އެހެން ނަމަވެސް ފިނި މޫސުމުގެ އޮލިމްޕިކްސްގައި ވާދަކުރާނެ އެތްލީޓުން ކަނޑައަޅާނީ ބައިނަލްލަގްވާމީ އޮލިމްޕިކް ކޮމިޓީއިން ކަމަށާއި އެ ގައުމަށް އެކަމުގެ އެއްވެސް ބާރެއް ނެތްކަމަށް ވިޓާލީ ވިދާޅުވިއެވެ.

މީގެކުރިން މިކަމާއި ގުޅޭގޮތުން ރަޝިއާގެ ރައީސް ވްލަޑްމިއާ ޕޫޓިން ވިދާޅުވީ މިއީ ސިޔާސީ މަންފާއެއް ހޯދަން ބަޔަކު ރާވައިގެން ގަސްތުގައި ކޮށްފައިވާ ކަމެއް ކަމަށެވެ. މި ނިންމުމާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ އެ ގައުމުގެ އެތްލީޓުންނަށް އޮލިމްޕިކްސްގައި ވާދަކުރުން މަނާ ނުކުރާނެ ކަމަށާއި އެ އެތްލީޓެއްގެ އަމިއްލަ ގާބިލްކަން ތަންދޭނަމަ އޮލިމްޕިކްސްގައި ވާދަކުރުމުގެ ދޮރު ހުޅުވިފައިވާ ކަމަށެވެ. މިގޮތަށް ވިޓާލީ ވިދާޅުވެފައިވާއިރު މިއީ ޕޫޓިންގެ އަމުރަށް ކުރެއްވި ކަމަށް ބެލެވެއެވެ.

މި މައްސަލައިގައި ކްރެމްލިންގެ ސްޕޯކްސްޕާސަން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ މިކަން ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރެވެމުންދާ ކަމަށެވެ. އަދި ރަޝިއާގެ އެއްވެސް އެތްލީޓަކު މިކަމާއި ގުޅޭގޮތުން އެއްވެސް ވަރަކަށް މާޔޫސް ނުވުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

މި މައްސަލައިގައި ޝާމިލްވާ ރަޝިއާގެ ކުރީގެ ކުޅިވަރާއި ބެހޭ ވަޒީރު ވިޓާލީ މުޓްކޯއާއި ދެކޮޅަށް މި މައްސަލަ ފޮރުވަން އުޅުނު ކަމުގެ ތުހުމަތުގައި، އެ ގައުމުގެ ގާނޫން ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ވެލެރީ ރަޝްކިން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. މުޓްކޯއާއި ދެކޮޅަށް ބައިނަލްލަގްވާމީ އޮލިމްޕިކް ކޮމިޓީއިން ވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން ކުރިއަށް އޮތް އެއްވެސް އޮލިމްޕިކް މުބާރާތެއްގައި އޭނާގެ ބައިވެރިވުމެއް އޮތުން ވަނީ މަނާކޮށްފައެވެ.

އަންނަ އަހަރު ބާއްވާ އޮލިމްޕިކްސް ވެގެންދާނީ 1984 ވަނަ އަހަރުގެ ފަހުން އޮލިމްޕިކްސްގެ މުބާރާތެއްގައި ރަޝިއާގެ އެތްލީޓުން ފެނިގެން ނުދާނެ ފުރަތަމަ މުބާރާތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

އެސިސްޓަންޓް ކޯޗާ ދެބަސްވެ ނޭމާ ކުލަބުގައި މަޑު ނުކުރާނެ ކަމުގެ އިންޒާރު ބާސާއަށް

13 މެއި 2017
ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

ޖުމުލަ 48 ޓީމަށް ވާދަކުރެވޭގޮތަށް ވޯލްޑް ކަޕްގެ ގަވައިދު ބަދަލުކޮށްފި

11 މެއި 2017
ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް

ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް

28 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު