Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން އޮކި

400އަށް ވުރެ ގިނަ މަސްވެރިން އަދިވެސް ނުފެނޭ

12 ޑިސެމްބަރު 2017 | އަންގާރަ 05:33

އިންޑިއާ އާއި ލަންކާގެ މަސްވެރިން ހޯދުމަށް އެދެޤައުމުން ގެންދަނީ މަސައްކަތްކުރަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 12 ޑިސެމްބަރު 2017 | އަންގާރަ 05:33
ތޫފާން އޮކިގައި ހާލުގައި ޖެހުނު ލަންކާ ބޯޓަކަށް ރާއްޖޭގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ

ތޫފާން އޮކިގައި ހާލުގައި ޖެހުނު ލަންކާ ބޯޓަކަށް ރާއްޖޭގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދެނީ

ޑިސެމްބަރު މަހުގެ ކުރީކޮޅު އިންޑިއާ ކަނޑުގެ ސަރަހައްދަށް އެރި ތޫފާން 'އޮކި'ގައި ގެއްލުނު 433 މަސްވެރިޔަކު އަދިވެސް ނުފެންނަކަމަށް އިންޑިއާގެ ކަންޏަކުމާރީގެ އޮފިޝަލުން ބުނެފިއެވެ. ތޫފާން އެރި ވަގުތު މަހަށް ނިކުމެ އުޅެނިކޮށް ގެއްލިފައިވާ މަސްވެރިން ހޯދުމުގެ މަސައްކަތް ލަންކާއާއި އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

އިންޑިއާގެ ކަންޏަކުމާރީގެ އޮފިޝަލުން ބުނާ ގޮތުގައި ގެއްލިފައިވާ މަސްވެރިންގެ ތެރޭގައި ކައިރި ހިސާބުތަކަށް މަހަށް ނިކުތް މަސްވެރިންނާއި، ދުރު ހިސާބުތަކަށް މަހަށް ނިކުމެ އުޅޭ މަސްވެރިން ހިމެނެއެވެ. އަދި މީގެ ތެރެއިން ސަތޭކައެއްހާ މަސްވެރިން މިހާރު މަރުވެފައިވާ ކަމަށް ބެލެވޭކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ އޮފިޝަލުން ހޯދުމުގެ މަސައްކަތް ކުރަމުންދާ މަސްވެރިންގެ ތެރޭގައި ޙާލުގައި ނުޖެހުނުނަމަވެސް، މަސްވެރިކަމަށްފަހު އަނބުރާ ނާންނަ މަސްވެރިން ހިމެނޭތީ، ދިގު މުއްދަތަކަށް މަހަށް ނިކުމެ އުޅޭ މަސްވެރިން ކަމާއި ބެހޭ ފަރާތްތަކަށާއި، އާއިލާތަކަށް ގުޅުމަށް އޮފިޝަލުން ގެންދަނީ މެސެޖް ފޮނުވަމުންނެވެ.

ގެއްލިފައިވާ މަސްވެރިންގެ ތެރެއިން މަރުވެގެން މިހާތަނަށް 2 މަސްވެރިޔަކު ވަނީ ލައްގާފައެވެ.

ތޫފާން އޮކިއަށް ފަހު ގެއްލިފައިވާ މަސްވެރިން ހޯދުމަށް ލަންކާއާއި އިންޑިއާގެ ކޯސްޓްގާޑާއި، ކަނޑުގެ ސިފައިންގެ އިތުރުން ވައިގެ ސިފައިން މަސައްކަތްކުރަމުން އަންނައިރު، ރާއްޖޭގެ ކޯސްޓްގާޑުން ވެސް ދަނީ އެމަސައްކަތުގައި އެހީތެރިވަމުންނެވެ. އެގޮތުން އަންގާރަ ދުވަހުވެސް ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މަސްވެރިން ހޯދުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް އިންޑިއާގެ ކަނޑުގެ ސިފައިންގެ މަތިންދާބޯޓުތައް ރާއްޖެ މަތިން ދަތުރުކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
12 ފެބުރުއަރީ 2017

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

12 ފެބުރުއަރީ 2017
އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު
11 ފެބުރުއަރީ 2017

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

11 ފެބުރުއަރީ 2017
ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން
06 ފެބުރުއަރީ 2017

ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު

06 ފެބުރުއަރީ 2017
ޕާކިސްތާނާއި އަފްޣާނިސްތާނުގައި ހިނގި ސްނޯ ފޭބުމުގެ ހާދިސާތަކުގައި 100 އަށް ވުރެ ގިނަ މަރު
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް