Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ދެވަނަ ބުރުގައި ވަރުގަދަ ކުރިމަތިލުންތަކެއް

އެއް ގައުމެއްގެ ދެ ޓީމުގެ ކުރިމަތިލުން ފެނިގެން ނުދާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2017 | އަންގާރަ 07:01
ދެވަނަ ބުރުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް

ދެވަނަ ބުރުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ވަރުގަދަ ކުރިމަތިލުންތަކެއް ފެނިގެންދާނެކަން ކަށަވަރުވެއްޖެއެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރު ހޯމަ ދުވަހު ނެގިގެން ދިޔައިރު މި ބުރުގައި ޖުމްލަ 16 ޓީމެއް ވާދަކުރާނެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމަށް ދެވަނަ ބުރުގެ ފުރުސަތު ލިބިފައިވެއެވެ.

މި 16 ޓީމު ވެސް ދެ 'ޕޮޓް'އަކަށް ބަހާލެވުނުއިރު ފުރަތަމަ 'ޕޮޓް'ގައި ހިމެނުނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމުތަކެވެ. ހަމައެހެންމެ ދެވަނަ 'ޕޮޓް'ގައި ހިމެނިފައިވަނީ ކޮންމެ ގްރޫޕަކުން ވެސް ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކެވެ. އެއް ގައުމަކަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުމެއް ދެވަނަ ބުރުގައި ފެނިގެނެއް ނުދާނެއެވެ.

ދެވަނަ ބުރުގައި ފެނިގެންދާނެ އެންމެ ޚާއްސަ މެޗަކީ މިދިޔަ ސީޒަނުގައި މި މުބާރާތް ކާމިޔާބުކުރި ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީގެ ކުރިމަތިލުމެވެ. ޔޫރަޕުގެ ތައްޓެއް ހޯދުމުގެ އަޒުމުގައި އެތަކެއް މިލިއަން ޕައުންޑް ހަރަދުކުރުމަށް ފަހު މި ސީޒަނުގެ ޗެމްޕިއަންސް ލީގާއި ކުރިމަތިލި ޕީއެސްޖީއަށް މި މެޗު ވެގެންދާނީ އެ ޓީމުގެ އަމާޒަށް ވާސިލްވުމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށެވެ. މި މެޗުގެ ފުރަތަމަ ލެގު ރެއާލްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ޕީއެސްޖީގެ ދަނޑުގައެވެ. މިހާރު ޕީއެސްޖީއަށް ކުޅެމުންދާ އާޖެންޓީނާގެ ވިންގަރ އެންހެލް ޑިމަރިއާއަށް ވެސް މި މެޗު ވެގެންދާނީ ޚާއްސަ މެޗަކަށެވެ. އޭނާ ވަނީ ރެއާލްއިން 2014 ވަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދިއިރު އެ ޓީމުގައި މުހިންމު ރޯލެއް އަދާކޮށްފައެވެ.

ހަމައެހެންމެ އިނގިރޭސިވިލާތުގެ ޗެމްޕިއަން ޗެލްސީ އާއި ސްޕެއިންގެ ބާސެލޯނާ ބައްދަލުކުރާ މެޗަކީ ވެސް ވަރުގަދަ މެޗަކަށް ވާނެ ކަމަށް ގިނަ ބަޔަކު ދެކޭ މެޗެކެވެ. މި ދެ ޓީމު ވެސް މިފަހަރުގެ މުބާރާތާއި ކުރިމަތިލީ ފެވަރިޓުންގެ ގޮތުގައި ކަމަށްވާއިރު މީގެ ކުރިން ވެސް ޗެމްޕިއަންސް ލީގުގައި މި ދެ ޓީމުގެ ކުރިމަތިލުންތައް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން 2009 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައ މި ދެ ޓީމު ކުޅުނު މެޗުތަކަކީ ތާރީހުން ޖާގަ ހޯދާފައިވާ މެޗުތަކެކެވެ. ޗެލްސީއާ ދެކޮޅަށް ބާސާ އަށް މެޗު ކުޅެފައިވާއިރު އޭގެތެރެއިން އެންމެ މެޗެއްގައި ވެސް ބާސާގެ ތަރި ލިއޮނެލް މެސީއަށް ލަނޑު ޖެހިފައި ނުވުމަކީ މި މެޗުގެ ޚާއްސަކަން އިތުރު ވެގެންދާ ކަމެކެވެ. މި ދެ ޓީމު ކުޅޭ ފުރަތަމަ ލެގުގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗެލްސީގެ ދަނޑުގައެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވި އިޓަލީގެ ޔުވެންޓަސް ނުކުންނާނީ އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށެވެ. ހޯސޭ މޮރިނިއޯގެ މެންޗެސްޓާ ޔުނައިޓެޑް ނުކުންނާނީ ސްޕެއިންގެ ސެވިއްޔާއާ ދެކޮޅަށެވެ. މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ނުކުންނާނީ ތުރުކީގެ ބެސިކްޓަސްއާ ދެކޮޅަށެވެ.

ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީއިން ޗެމްޕިއަންސް ލީގު ހޯދުމަށް ކުރަމުން އަންނަ އުއްމީދުތައް ދެމެހެއްޓުމަށް ނުކުންނާނީ ސްވިޓްޒަލޭންޑުގެ އެފްސީ ބަސެލްއާ ދެކޮޅަށެވެ. 2005 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރަޕުގެ ތައްޓެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލް ނުކުންނާނީ މި މުބާރާތް 2004 ވަނަ އަހަރު ކާމިޔާބުކުރި ޕޯޗުގަލްގެ އެފްސީ ޕޯޓޯއާ ދެކޮޅަށެވެ. ޔޫކްރެއިންގެ ގަދަ ބާރެއް ކަމަށްވާ ޝަކްތަރު ޑޮނޭޓްސްކް ނުކުންނާނީ އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށެވެ.

ވަރުގަދަ ގިނަ މެޗުތަކެއް ދެވަނަ ބުރުގައި ފެނިގެންދާއިރު މި މެޗުތައް ވެގެންދާނީ އެތަކެއް ގޮތަކުން ހާއްސަ މެޗު ތަކަށެވެ. މި މެޗުތަކުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 13 އަދި 14 ވަނަ ދުވަހުއެވެ. އަދި ދެވަނަ ލެގު ކުޅެވިގެންދާނީ މާޗް މަހުގެ ހަވަނަ ދުވަހާއި ހަތްވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު