Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެމިނެމް

އެމިނެމްގެ އާ އަލްބަމް ނެރެނީ މިމަހުގެ 15 ގައި

މި އަލްބަމްގެ މަސައްކަތް ފަށާފައިވަނީ މީގެ 18 މަސްދުވަސް ކުރިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 ޑިސެމްބަރު 2017 | ހޯމަ 07:06
އެމިނެމް

އެމިނެމް

އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމް ގެ އެންމެ ފަހުގެ އަލްބަމް"ރިވައިވަލް" ނެރޭނީ މިމަހުގެ 15 ގައި ކަމަށް އޭނާ ބުނެފިއެވެ.

އެމިނެމް ބުނީ އޭނާގެ އަލްބަމް "ރިވައިވަލް"ގެ މަސައްކަތް ފަށާފައިވަނީ މީގެ 18 މަސް ދުވަސް ކުރިން ކަމަށެވެ. އެމިނެމް ބުނެފައިވަނީ މި ލަވަ އަލްބަމުގައި މަޝްހޫރު އެތައް ފަންނާނުންގެ އެހީތެރިކަމެއް އޭނާއަށް ލިބުނު ކަމަށެވެ. އެގޮތުން އިނގިރޭސި ވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ގެ ވަރަށް ބޮޑު އެހީތެރިކަން ލިބުނު ކަމަށް އެމިނެމް ބުންޏެވެ.

ރިވައިވަލް ގައި ހިމެނެނީ ޖުމްލަ 19 ލަވައެވެ. ރިވައިވަލް ވެގެންދާނީ އެމިނެމްގެ ނުވަވަނަ ސޯލޯ އަލްބަމެވެ. އެމިނެމްގެ އަލްބަމެއް އެންމެ ފަހުން ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. އެއީ ސޯލޯ"ދަ މާޝަލް މެދާޒް އެލްޕީ 2"އެވެ.

އެމިނެމް ބުނީ ޝީރަންގެ އިތުރުން އޭނާ އަށް ދެން އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ބިޔޯންސޭ،ޕިންކް، އެލީޝިއާ ކީސް އަދި ސްކައިލާ ކްރޭގެ ފަރާތުން ކަމަށާއި އެ ފަރާތްތަކަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާކަމަށެވެ. އެ ފަންނާނުން ވަނީ މި އަލްބަމްގައި އެމިނެމްއާއި އެކު ކޮލަބަރޭޓް ކޮށްފައެވެ.

އެމިނެމްގެ އެންމެ ފުރަތަމަ އަލްބަމަކީ 1996 ވަނަ އަހަރު ނިކުތް އިންފިނިޓްއެވެ. ރިވައިވަލް ގައި އެޑް ޝީރަންގެ ޑުއެޓް ލަވައެއް ފެނިގެންދާނެއެވެ. އުމުރުން 26 އަހަރުގެ އެޑް ޝީރަން މީގެ ކުރިން ބުނެފައި ވަނީ އޭނާ ލަވަ ކިޔަން ފެށީ އެމިނެމް ގެ ސަބަބުން ކަމަށެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
10 ޖެނުއަރީ 2017

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު