Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލިއޮނެލް މެސީ

ހަތަރުވަނަ ފަހަރަށް މެސީ ރަންބޫޓު ހޯދައިފި

މެސީ ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާގައި އޭނާ ކުޅުނު 34 މެޗުގައި 37 ލަނޑު ޖަހާފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2017 | ހުކުރު 21:57
މެސީ އޭނާގެ ކެރިއަރުގައި ހޯދީ ހަތަރު ރަންބޫޓާއިއެކު

މެސީ އޭނާގެ ކެރިއަރުގައި ހޯދީ ހަތަރު ރަންބޫޓާއިއެކު

ޔޫރަޕުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓު ހަތަރުވަނަ ފަހަރަށް ބާސެލޯނާގެ ފޯވާޑް ލިއޮނެލް މެސީ ހޯދައިފިއެވެ.

މެސީގެ ކެރިއަރުގައި ހަތަރުވަނަ ފަހަރަށް އޭނާ ރަންބޫޓު ހޯދީ މިދިޔަ ސީޒަނުގައި ޔޫރަޕުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހައިގެންނެވެ. މި އެވޯޑު ދިނުމުގައި ބަލަނީ ހަމައެކަނި ކުޅުންތެރިން ކުޅޭ ގައުމެއްގެ ލީގުގައި ޖަހާ ލަނޑުތަކައް ކަމަށްވާއިރު މެސީ ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާގައި އޭނާ ކުޅުނު 34 މެޗުގައި 37 ލަނޑު ޖަހާފައެވެ.

މެސީއާއި މި އެވޯޑު ހަވާލުކޮށްދިނީ ހުކުރު ދުވަހު ބާސެލޯނާގައި ބޭއްވި ހަފްލާއެއްގައި މިދިޔަ އަހަރު މި އެވޯޑު ހޯދި އެ ޓީމުގެ ފޯވާޑް ލުއިސް ސުއާރޭޒްއެވެ. މި އެވޯޑާއި ހަވާލުވުމަށްފަހު މެސީ ބުނެފައިވަނީ ކޮންމެ އަހަރުކުވެސް އޭނާ އަމާޒުކުރަނީ ފުޓްބޯޅައިގައި އިތުރު ހަރުފަތްތަކެއް ގިރާކުރަން ކަމަށާއި އެގޮތުން މި ރަންބޫޓަކީ ވެސް އެކަން ހާސިލްވަމުންދާ ކަމުގެ އުއްމީދެއް ކަމަށެވެ.

މެސީގެ ފަހަތުން ދެވަނައަށް އެންމެ ގިނަ ލަނޑު ޖެހީ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއަށް ކުޅެމުން އަންނަ ނެދާލޭންޑްސްގެ ފޯވާޑް ބާސް ދޯސްތްއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ޕޯޗުގަލްގެ ލީގުގައި 34 ލަނޑު ޖަހާފައެވެ. ޔޫރަޕުގެ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން 31 ލަނޑާއެކު ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ގެބޯންގެ ފޯވާޑް ޕިއާ އެމެރިކް އޮބަމަޔްންގްއެވެ.

މެސީ ވަނީ މީގެކުރިން ތިން ފަހަރެއްގެ މަތިން ރަން ބޫޓު ހޯދާފައެވެ. އެގޮތުން 2010 ވަނަ އަހަރާއި 2012 އަދި 2013 ވަނަ އަހަރު އޭނާ މި އެވޯޑު ހޯދާފައެވެ. މި ފަހަރުގެ ރަންބޫޓާއިއެކު މެސީ ވަނީ ރޮނާލްޑޯއާއި އެއް އަދަދަކަށް މި އެވޯޑު ހޯދާފައެވެ. އެގޮތުން ހަތަރު ރަންބޫޓާއިއެކު މި ދެ ކުޅުންތެރިންނަކީ ތާރީހުގައި ވެސް މި އެވޯޑު އެންމެ ގިނައިން ހޯދާފައިވާ ދެ ކުޅުންތެރިންނެވެ.

މިދިޔަ އަހަރު 40 ލަނޑު ހަމަކޮށް މި އެވޯޑު ހޯދީ ބާސާގެ ފޯވާޑް ލުއިސް ސުއަރޭޒް ކަމަށްވާއިރު މިދިޔަ ފަހަރު މެސީއަށް ލިބިފައިވަނީ ފަސް ވަނައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު