Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރިމް ބެންޒެމާ

ބެންޒެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 40 މިލިއަން ޕައުންޑުގެ ބިޑް ކާމިޔާބު ނުވި

ބެންޒެމާ ހޯދުމަށް ހުށަހެޅި 40 މިލިއަން ޕައުންޑުގެ ބިޑް ރިޖެކްޓްކުރީ ރެއާލް އިން

ލީވާން އަލީ
ލީވާން އަލީ | 24 ނޮވެމްބަރު 2017 | ހުކުރު 11:22
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 40 މިލިއަން ޕައުންޑުގެ ބިޑް ކާމިޔާބު ނުވިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫހެއްކަމަށްވާ "ޑިއާރިއޯ ގޮލް" އިން ބުނީ އަންނަ ޖެނުއަރީ ޓްރާންސްފާ އަށް އަމާޒުކޮށް ބެންޒެމާ ހޯދުމަށް އާސެނަލް އިން ހުށަހެޅި 40 މިލިއަން ޕައުންޑުގެ ބިޑް ރެއާލް އިން ރިޖެކްޓްކޮށްލާފައިވާ ކަމަށާއި، އޭނާ އެހެން ކްލަބަކަށް ވިއްކާލުމުގެ ވިސްނުމެއް އެ ކްލަބުން ނުގެންގުޅޭ ކަމަށެވެ.

ބެންޒެމާ ހޯދުމަށް މީގެކުރިންވެސް އާސެނަލް އިން މަސައްކަތްކޮށްފައިވާއިރު، އޭނާ ހޯދުމަށް އެހެން ކްލަބްތަކުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި އިޓަލީ އަދި ސްޕެއިންގެ ކްލަބްތައްވެސް ހިމެނެއެވެ.

މި ސީޒަނުގައި ބެންޒެމާގެ ކުޅުމާ ގުޅޭގޮތުން ގިނަބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެފައިވާއިރު، ރެއާލް އަށް މި ސީޒަނުގައި ބެންޒެމާ ކުޅުނު 14 މެޗުގައި ކާމިޔާބުކުރެވުނީ އެންމެ ހަތަރު ލަނޑެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާގައި ބެންޒެމާ ވިއްކާލުމަށްފަހު އިތުރު ފޯވާޑެއް ގެނައުމަށް އެ ކްލަބުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ޗެލްސީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ހޯދުމަށް ރެއާލް އިން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ ލިޔޯން އިން 2004 ވަނަ އަހަރު ކެރިއަރު ފެށި ބެންޒެމާ ރެއާލް އަށް ބަދަލުވީ 2009 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅުނު 379 މެޗުގައި 184 ލަނޑު ކާމިޔާބުކޮށްފައެވެ.

ބެންޒެމާ ވަނީ ރެއާލްއާ އެކު ދެ ލަލީގާ، ދެ ކޮޕާޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ތިން ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕާ ކަޕް އަދި ދެ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު