Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޗެލްސީ ގަދަ 16އަށް، އެތުލެޓިކޯ އުއްމީދު ދަމަހައްޓައިފި

ޗެލްސީން ވަނީ ރަށުން ބޭރުގައި އަޒަރްބައިޖާންގެ ޗެމްޕިއަން ގަރަބާގް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 09:00
ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16އިން އިނގިރޭސިވިލާތުގެ ޗެލްސީ ޖާގަ ހޯދިއިރު, ދެވަނަ ބުރަށް ކޮލިފައިވުމުގެ އުއްމީދު އެޓްލެޓިކޯ މެޑްރިޑުން ދަމަހައްޓައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ޗެލްސީން ވަނީ ރަށުން ބޭރުގައި އަޒަރްބައިޖާންގެ ޗެމްޕިއަން ގަރަބާގް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. މިމެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ގަރަބާގްއިން މި މެޗުގެ ބޮޑު ބައެއް ފުރިހަމަކޮށްފައިވަނީ 10 ކުޅުންތެރިންނާއެކުއެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ވިލިއަންއަށް ކުރި ފައުލަކާއި ގުޅިގެން ގަރަބާގްގެ ކެޕްޓަން ރަޝަދް ފަރްހާދު ސަދިގޯވްއަށް ރަތް ކާޑު ދެއްކިއެވެ. މިފައުލާއި ގުޅިގެން ޗެލްސީއަށް ލިބުނު ޕެނަލްޓީ ބެލްޖިއަމް ވިންގާރ އެޑެން ހަޒާޑް ވަނީ ކާމިޔާބުކޮށްދީފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ވިލިއަން ޗެލްސީގެ ލީޑު ފުޅާކޮށްދިންއިރު، މި ހާފުގައި އިތުރު ލަނޑު ޖެހުމަށް ޗެލްސީން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ޗެލްސީން ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ ޗެލްސީން ގިނަ ހަމަލާތަކެއް ގަރަބާގްގެ ގޯލަށް އަމާޒުކުރިއެވެ. ޗެލްސީގެ ތިންވަނަ ލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 73 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސެސް ފެބްރިގާސްއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ވިލިއަން ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑާއެކު ޗެލްސީއަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވަނީ 2-0 ގެ ނަތީޖާއަކުން އިޓަލީގެ ރޯމާ ބަލިކޮށް، ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓާފައެވެ. ދެ ޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެތުލެޓިކޯގެ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު ހާފުގެ ތެރޭގައެވެ.

އެގޮތުން މެޗުގެ 69 ވަނަ މިނެޓުގައި އެންހެލް ކޮރޭއާ ނަގައިދިން ހުރަހަކުން އެންޓޮއިން ގްރީޒްމަން ލަނޑެއް ޖަހައިދީ އެތުލެޓިކޯ އަށް ލީޑު ނަގައިދިންއިރު އެ ޓީމުގެ ދެވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ކެވިން ގަމެއިރޯއެވެ.

އެތުލެޓިކޯ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ގްރޫޕުގެ ފަހު މެޗުގައި ޗެލްސީއާއި ދެކޮޅަށް ކުޅެން ޖެހޭ މެޗު ކާމިޔާބުކުރަން ޖެހޭނެއެވެ. ހަމައެހެންމެ ރޯމާ ކުޅޭ މެޗުން އެ ޓީމު ބަލިވާން ވެސް ޖެހޭނެއެވެ.

ޗެލްސީން ގަދަ 16ގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ފަސް މެޗުން 10 ޕޮއިންޓް އެއްކޮށްގެންނެވެ. ރޯމާއަށް އަށް ޕޮއިންޓާއެކު ގްރޫޕުގެ ދެވަނަ ލިބޭއިރު، އެޓްލެޓިކޯއަށް ހަ ޕޮއިންޓާއެކު ލިބެނީ ތިންވަނައެވެ. ކުޅުނު ފަސް މެޗުން ލިބުން ދެ ޕޮއިންޓާއެކު މި ގްރޫޕުގެ ފުލުގައި އޮތީ އަޒަރްބައިޖާންގެ ގަރަބާގްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު