Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ބެސިކްޓަސް ގަދަ 16އަށް، ލީޕްޒީގްއަށް ބޮޑު މޮޅެއް

22 ނޮވެމްބަރު 2017 | ބުދަ 09:42

ބެސިކްޓަސް އާއި ޕޯޓޯ ކުޅުނު މެޗު ނިމިފައިވަނީ 1-1 އިން އެއްވަރު ވެގެން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 ނޮވެމްބަރު 2017 | ބުދަ 09:42
ލީޕްޒީގެގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ލީޕްޒީގެގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ތުރުކީގެ ބެސިކްޓަސް ޖާގަ ހޯދިއިރު ޖަރުމަނުގެ އާރްބީ ލީޕްޒީގް ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް 'ޖީ'ގައި ޕޯޗުގަލްގެ އެފްސީ ޕޯޓޯއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެއްވަރުކޮށް ބެސިކްޓަސްއިން ވަނީ މިއަހަރުގެ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ. ގަދަ 16 އިގެ ޖާގައެއް ހޯދުމަށް ބެސިކްޓަސް ބޭނުންވީ އެންމެ ޕޮއިންޓަކަށްވާއިރު އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޯޓޯއިންނެވެ. ރިކާޑޯ ޕެރެއިރާ މެޗުގެ 29 ވަނަ މިނެޓުގައި ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޕޯޓޯއަށް ޖަހައިދިނީ ފެލީޕޭއެވެ. އެހެނަސް ބެސިކްޓަސްއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެގޮތުން މެޗުގެ 41 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެންޑަސަން ޓަލިސްކާއެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި އާރްބީ ލީޕްޒީގް ވަނީ މިދިޔަ ސީޒަނުގެ ފްރާންސްގެ ޗެމްޕިއަން މޯނާކޯ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. މި ސީޒަނުގައި އެ ކްލަބުގެ ތާރީހުގައި ވެސް އަލަށް ޗެމްޕިއަންސް ލީގުގައި ވާދަކުރަމުން އަންނަ ލީޕްޒީގްއިން ވަނީ މި މެޗުގައި މޮޅު އެޓޭކިން ފުޓްބޯޅައެއް ކުޅެ މޮނާކޯގެ ގިނަ ހަމަލާތައް ހުއްޓުވާފައެވެ. މި މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ފެނިގެން ގޮސްފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ.

ލީޕްޒީގްގެ ފުރަތަމަ ލަނޑަކީ މެޗުގެ 6 ވަނަ މިނެޓުގައި މޮނާކޯގެ ޖެމާސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ލީޕްޒީގްގެ ދެވަނަ ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި ޓީމޯ ވާނާ ޖަހައިދިންއިރު މެޗުގެ 31 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ވާނާ ވަނީ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް ރަޑަމެއަލް ފަލްކާއޯ ވަނީ ލަނޑެއް ޖަހައިދީ މޮނާކޯއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ފަލްކާއޯ މި ލަނޑު ޖެހިތާ މިނެޓެއް ނުވަނީސް ނަބީ ކެއިޓާވަނީ ލަނޑެއް ޖަހައި އަލުން އަނބުރާ ތިން ލަނޑުގެ ލީޑެއް ލީޕްޒީގްއަށް ހޯދައިދީފައެވެ.

މޮނާކޯއިން ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކުރި ކަމުގައި ވިޔަސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ބެސިކްޓަސްވަނީ މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16އިން ޖާގަ ހޯދާފައެވެ. އެގޮތުން ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެ ޓީމު އެއްވަނައިގައި އޮތްއިރު ދެވަނައިގައި ހަތް ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އޮތީ ޕޯޓޯއެވެ. ތިންވަނައިގައި ޕޯޓޯއާއި އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އެހެނަސް ލަނޑުގެ ތަފާތުން އޮތީ ލީޕްޒީގްއެވެ. މި ގްރޫޕުގެ ފުލުގައި ދެ ޕޮއިންޓާއެކު އޮތީ މޮނާކޯއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް