Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޢަދާލަތު ޕާޓީ

އަންނަ އަހަރުގެ ބަޖެޓުން ދިވެހި އިޤްތިސާދަށް އިންތިހާއަށް ގެއްލުންވާނެ: އަދާލަތު

އަމާޒެއް ނެތް ބަޖެޓާ މެދު ދިވެހި ރައްޔިތުން ސަމާލުވާން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2017 | ހޯމަ 14:35
ޢަދާލަތު ޕާޓީގެ އިސްވެރިން: ބަޖެޓާ މެދު ސަމާލުވާން ޖެހޭ

ޢަދާލަތު ޕާޓީގެ އިސްވެރިން: ބަޖެޓާ މެދު ސަމާލުވާން ޖެހޭ

އަންނަ އަހަރަށް ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓުން ދިވެހި އިޤްތިސޯދަށް އިންތިހާއަށް ގެއްލުންވާނެ ކަމަށާއި އަމާޒެއް ނެތް ބަޖެޓާ މެދު ދިވެހި ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އެޕާޓީން މިހެން ގޮވާލީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމަށް ފަހު ނެރެފައިވާ ޚުލާސާ ބަޔާނުގައެވެ.

Advertisement - newsAdvertisement

އެބަޔާނުގައި އަދާލަތު ޕާޓީން ބުނީ އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ދަރަނީގެ މައްސަލަ އާއި، އިންވެސްޓަރުންގެ އިތުބާރު ނެތުމުގެ މައްސަލަ އާއި، ވިޔަފާރިތަކަށާއި ޢާއްމު ރައްޔިތުންނަށް ބޭންކު ލޯނު ލިބުމަށް ދަތިވުމުގެ މައްސަލަ ފަދަ ކަންކަން އެތައް ތަނެއް ގޯސްވެ، ދިވެހި އިޤްތިޞާދަށް އިންތިހާއަށް ގެއްލުންވާނެ ބަޖެޓެއް ކަމަށެވެ. އަދި މި ސަރުކާރުގެ މާޒީގެ ރެކޯޑަށް ބަލާއިރު 2018 ވަނަ އަހަރުގެ ރިކަރަންޓް ޚަރަދު އަދި ބަޖެޓް ޑެފިސިޓް ހުށަހަޅާފައިވާ ބަޖެޓަށް ވުރެ އެތައް ތަނެއް ބޮޑުވެ، އިޤްތިޞާދަށް މިކަމުގެ ނުރައްކާ ފޯރުމީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ވެސް އަދާލަތުން ވަނީ ބުނެފައެވެ.

އަދާލަތުން ބުނި ގޮތުގައި ބަޖެޓުގައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބަލާއިރު މި ބަޖެޓަކީ މާލެ އާއި އަތޮޅުތަކާ ދެމެދު ވަރަށް ބޮޑަށް ތަފާތުކުރެވިފައިވާ، ބޭއިންސާފު ބަޖެޓެކެވެ. އަދި އަތޮޅުތަކުގެ އެކި ރަށްތަކުގެ މެދުގައި ވެސް ބަޖެޓުގައި ވަރަށް ބޮޑަށް ތަފާތުކުރެވިފައިވާ ކަމަށް ވެސް އަދާލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވޭތުވެދިޔަ އަހަރުތަކުގައި މި ސަރުކާރުން ކަންކޮށްފައިވާ ގޮތަށް ބަލާއިރު އަތޮޅުތަކުގެ ތަރައްޤީއަށް ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތައް އެކަށީގެންވާ ގޮތުގައި ސަރުކާރުން ތަންފީޒުކުރުމީ ވަރަށް ނާދިރު ކަމެއް ކަމަށް ވެސް އަދާލަތުން ބުނެފައި ވެއެވެ.

އެޕާޓީން ބުނީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ސަރުކާރަށް ދީފައިވާ މުހިންމު ލަފާތަކަށް ރިޢާޔަތްކުރުމެއް ނެތި ސަރުކާރުން 2018 ވަނަ އަހަރަށް ހުށަހަޅާފައިވާ ޒިންމާދާރުކަން ކުޑަ، އަމާޒެއް ނެތް ބަޖެޓާ މެދު ދިވެހި ރައްޔިތުން ސަމާލު ވާންޖެހޭ ކަމަށެވެ. އަދި މި ބަޖެޓުން ދިވެހި އިޤްތިޞާދަށް ލިބޭނެ ބޮޑެތި ގެއްލުންތަކާ މެދު ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމަށާއި ސަރުކާރު ޒިންމާދާރުކުރުވައި، ސަރުކާރުގެ ދޯދިޔާ އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް އިޞްލާޙުކުރުވަންޖެހޭ ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

މިއަހަރަށް ފާސްކުރި ބަޖެޓުގައި އަހަރުގެ ތެރޭގައި 21.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މި އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރ މިހާރު އަންދާޒާކުރަނީ 20.8 ބިލިއަން ރުފިޔާކަން ބަޖެޓް ޚުލާސާގައި އަދާލަތުން ވަނީ ފާހަގަކޮށްފައެވެ. މިއީ ފާސްކުރި ބަޖެޓަށް ވުރެ 1.1 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. ފާސްކުރި ބަޖެޓާ އަޅާބަލާއިރު މިހާ ބޮޑުތަން އާމްދަނީ މަދުވުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ އާމްދަނީ ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާ ކަންކަން އެކަށީގެންވާ ގޮތުގައި ސަރުކާރަށް ތަންފީޒުކުރެވިފައި ނުވުމުގެ އިތުރުން ކޮރަޕްޝަނާއި ޚިޔާނާތުގެ ސަބަބުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ގެއްލިގެންދާ ފައިސާއަކީ ވެސް ދައުލަތަށް ލިބޭ އާމްދަނީ މަދުވުމަށް ދިމާވާ ސަބަބެއް ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް ފާއިތުވީ ހަތަރު އަހަރު މި ސަރުކާރުން ކަންކޮށްފައިވާ ގޮތުންނާއި، ބަޖެޓު ތަންފީޒުކުރުމުގައި މި ސަރުކާރުގެ ނުކުޅެދުންތެރިކަން ހުރި މިންވަރުންނާއި، ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަމަށް ބަލާއިރު މި އަދަދަށް އާމްދަނީ ހޯދުމުގެ ޤާބިލުކަން ސަރުކާރުގައި ހުރި ކަމަށް ޤަބޫލެއް ނުކުރެވޭ ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

މިއަހަރު ރިކަރަންޓް ގޮތުގައި ޚަރަދު ވާނީ 13.6 ބިލިއަން ރުފިޔާ ކަމަށް އަންދާޒާ ކުރި ނަމަވެސް އަހަރު ނިމޭއިރު 15.1 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެއެވެ. މިއީ ފާސްކުރި ބަޖެޓަށް ވުރެ 1.5 ބިލިއަން ރުފިޔާ އިތުރު ޚަރަދެއް ކަމަށާއި ރިކަރަންޓް ޚަރަދުގެ ބޮޑުބަޔަކީ މުވައްޒަފުންނަށް ކުރާ ހޭދަ ކަމަށް ވާއިރު އިންތިހާއަށް މަތިބަރު މި ސަރުކާރުގައި ބޭނުމެއް ނެތް ސިޔާސީ މަޤާމުތައް ފުރަމުންދާ އެތައް ސަތޭކަ ފަރާތަކަށް މުސާރަ އާއި އިނާޔަތްތައް ދަނީ ދެވެމުން ކަމަށް އަދާލަތުން ވަނީ ބުނެފައެވެ. އަދި ގިނަގުނަ ހަފްލާތައް ބޭއްވުމަށާއި ސަރުކާރު ޕްރޮމޯޓުކުރުމަށް އެތައް މިލިއަން ރުފިޔާއެއް އިސްރާފުކުރެވެމުންދާއިރު ކޮރަޕްޝަނާއި ފަސާދައިގެ ގޮތުގައި އެތައް ފައިސާއެއް ދަނީ ދައުލަތުގެ ބައިތުލްމާލުން ބީވަމުން ކަމަށެވެ. އެހެންކަމުން އަންނަ އަހަރު 16.1 ބިލިއަން ރުފިޔާ ރިކަރަންޓް ޚަރަދުގެ ގޮތުގައި ޚަރަދުކުރުމަށްވަނީ ބަޖެޓުގައި ހުށަހަޅާފައެވެ.

މިއަހަރަށް ލަފާކުރި ކެޕިޓަލް ޚަރަދު، ލަފާކުރި ވަރަށް ވުރެ 1.3 ބިލިއަން ރުފިޔާ މަދު ކަމަށާއި މައިގަނޑު ސަބަބަކީ ތަރައްޤީގެ މަޝްރޫޢުތަކުގެ މައްޗަށް އެކުލެވިފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މިއަހަރުގެ ތެރޭގައި ކުރަމުން އަންނަ ޚަރަދު މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެ %28 ދަށްވުން ކަމަށް އަދާލަތުން ވަނީ ބުނެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2017 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް މަޑުޖެހި، އެތައް ރަށެއްގެ ރައްޔިތުން ވަނީ އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކުން މަޙުރޫމްވެފައި ކަމަށް އަދާލަތުން ބުންޏެވެ.

އަދާލަތުން ބުނީ ތަރައްޤީގެ މަޝްރޫޢުތަކަށް 7.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން 3.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ނިންމާފައި ވަނީ މާލޭ ސަރަޙައްދުގެ މަޝްރޫޢުތަކަށް ކަމަށާއި ވީމާ މިބަޖެޓަކީ އަތޮޅުތަކާ މާލެއާ ދެމެދު އިންތިހާއަށް ތަފާތުކުރެވިފައިވާ ބަޖެޓެއް ކަން ފާހަގަ ކުރެވޭ ކަމަށެވެ.

ޢަދާލަތު ޕާޓީން ބުނީ މިއަހަރު ބަޖެޓު ޑެފިސިޓު ވާނީ 0.3 ބިލިއަން ރުފިޔާކަމަށް ބުނެފައިވީ ނަމަވެސް 4 ގުނަ ބޮޑުވެ 1.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި އެކަމުގެ ސަބަބަކީ 2017 އަށް ފާސްކުރި ބަޖެޓުގައި ދަޢުލަތަށް އާމްދަނީ ހޯދުމަށްޓަކައި ހިމެނިފައިވާ ކަންކަން ސަރުކާރަށް ތަންފީޒުކުރެވިފައި ނުވުމާއި ދަޢުލަތުގެ ރިކަރަންޓު ޚަރަދުތައް ކޮންޓްރޯލްކުރުމުގައި ސަރުކާރު ނުކުޅެދިފައިވުން ކަމަށެވެ. މީގެ އިތުރުން ކޮރަޕްޝަނާއި އިސްރާފުގެ ސަބަބުން ވެސް އެތައް މިލިއަން ރުފިޔާއެއް ދަޢުލަތުގެ މާލިއްޔާއިން ގެއްލިގެންދާކަން ވެސް ފާހަގަކުރަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ އެބަޔާނުގައި ވެއެވެ.

އަދާލަތުން ބުނީ އަންނަ އަހަރު ބަޖެޓު ޑެފިސިޓުގެ ގޮތުގައި އަންދާޒާކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ ކަމަށާއި މިއީ 2017 އާ އަޅާބަލާއިރު 1.1 ބިލިއަން ރުފިޔާ ބޮޑު ޑެފިސިޓެއް ކަމަށެވެ. ދަޢުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި މި ސަރުކާރުގެ މާޒީއަށް ބަލާއިރު މި ޢަދަދު މިއަށް ވުރެ ވެސް އިތުރުވުމީ ވަރަށް ގާތް ކަމެއް ކަމަށާއި މިގޮތަށް ބަޖެޓު ޑެފިސިޓް ބޮޑުވަމުން ދިޔުމުން ދަޢުލަތުގެ ދަރަނި ބޮޑުވުމަށް މެދުވެރިވާ ކަމަށެވެ. އަދި ބޭންކުތަކާއި މާލީ މުއައްސަސާތައް މެދުވެރިކޮށް މިފަދަ ބޮޑެތި ބަޖެޓް ޑެފިސިޓް ފޫބައްދަންޖެހުމުން ޢާއްމު ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ބޭންކުތަކުން ލޯނު ލިބުމަށް ވަރަށް ބޮޑަށް ދަތިވެ ޢާއްމު ރައްޔިތުންނަށާއި ވިޔަފާރިތަކަށާއި ޤައުމުގެ އިޤްތިޞާދަށް މީގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމަށް އަދާލަތުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު