Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޣިޔާސުއްދީން އިންޓަނޭޝަނަލްސް

ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުން ޓޯނަމަންޓް އޮފް ޗެމްޕިއަންސް ގައި ބައިވެރިވެގެން 32 މެޑަލް ކާމިޔާބުކޮށްފި

އެ ސުކޫލް ދެ ޓީމެއް ވަނީ ބައިވެރިވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2017 | އާދީއްތަ 16:36
ޓޯނަމަންޓުގައި ބައިވެރިވި ކުދިންނާއި ސުކޫލުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިގެން

ޓޯނަމަންޓުގައި ބައިވެރިވި ކުދިންނާއި ސުކޫލުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިގެން

ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުން ޓޯނަމަންޓް އޮފް ޗެމްޕިއަންސް ގައި ބައިވެރިވެގެން 32 މެޑަލް ކާމިޔާބު ކޮށްފިއެވެ.

ޓޯނަމަންޓް އޮފް ޗެމްޕިއަންސް ގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ފަރާތުން ހަ ކުދިންގެ ދެ ޓީމެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ޖޫނިއަރ ޓީމުން 14 ގޯލްޑް މެޑަލް އާއި 7 ސިލްވަރ މެޑަލް ހޯދާފައިވާއިރު ސީނިއަރ ޓީމުން ވަނީ 2 ގޯލްޑް މެޑަލް އާއި 9 ސިލްވަރ މެޑަލް ހާސިލް ކޮށްފައެވެ.

Advertisement - newsAdvertisement

ޓޯނަމަންޓް އޮފް ޗެމްޕިއަންސް އަކީ އެމެރިކާގެ ޔާލެ ޔުނިވަރސިޓީގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ ޓޯނަމަންޓެކެވެ. މި ޓޯނަމަންޓު ކުރިއަށް ގެންގޮސްފައި ވަނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް އެ ޔުނިވަރސިޓީގައެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ކުދިން ހޯދި ކާމިޔާބީ އާއި ބޭހޭގޮތުން ވާހަކަ ދައްކަވަމުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝިރްމީނާ ފަހީމް ވިދާޅުވީ މި ޓޯނަމަންޓުގައި އެ ސުކޫލުން ބައިވެރިވާތާ ދެ އަހަރުވެފައިވާ ކަމަށާއި އެ ސޫކުލަށް ކުދިން ހޯދި ކާމިޔާބީ އަށް އުފާކޮށް ފަހްރުވެރިވާ ކަމަށެވެ.

ކުދިން މި ޓޯނަމަންޓަށް ތައްޔާރުކުރުމުގައި އެހީތެރި ވެދެއްވި އިންގްލިޝް ޑިޕާޓްމަންޓުގެ ހެޑް ސަރޯޖް ވިލްސަން ވިދާޅުވީ މި ޓޯނަމަންޓުގައި ތަފާތު ހަރަކާތްތައް ކުރިއަށް ދިޔަކަމަށެވެ. އެގޮތުން ބަހުސް މުބާރާތްތަކާއި ކުއިޒް ކޮމްޕެޓިޝަންތަކާއި ގާތްގަނޑަކަށް ހުރިހާ މާއްދާތަކުން ކުދިންނާއި ސުވާލު ކުރެވިގެން ދިޔަ ކަމަށް އެނގިފައިވެއެވެ.

ޓޯނަމަންޓުގައި ބައިވެރިވި ކުދިން ބުނެފައިވަނީ މިހާ ބޮޑު ކާމިޔާބީ އަކާއި ހަމައަށް ވާސިލް ވުމަށްޓަކައި މައިންބަފައިންނާއި ސަރޯޖް މިސް އަދި ސުކޫލުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދިޔަ ކަމަށެވެ. އަދި އެ ލިބުނު ކާމިޔާބީ އާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖެއަށާއި ސުކޫލަށް ރީތި ނަން ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ކުދިން ވަނީ ބުނެފައެވެ.

މި ޓޯނަމަންޓުގައި ދުނިޔޭގެ އެކި ގައުމު ތަކުން 2500 އަށް ވުރެ ގިނަ ކުދިން ބައިވެރިވެފައެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ އިސްވެރިންނާއި ބެލެނިވެރިން އަދި ބައެއް ޓީޗަރުން ވަނީ މާފަތިތަކާއި ބޮޑު ބެނަރ އެއް ހިފައިގެން މި ޓޯނަމަންޓުގައި ބައިވެރިވި ކުދިންނަށް މަރުހާބާ ކިޔާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

ކޮމިޝަނަރ އޮފް ޕޮލިސް އަރީފް ޖަޕާނަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު