Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައުސިން މިނިސްޓަރު މުއިއްޒު

ދިރާސީ އަހަރު ފެށުމުގެ ކުރިން ފްލެޓް ތަކުގައި މީހުން ދިރިއުޅޭނެ:މުއިއްޒު

ފްލެޓްތައް ދިނީ އެންމެ ނިކަމެތިންނަށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2017 | އާދީއްތަ 02:26
ހައުސިންގ މިނިސްޓަރު މުއިއްޒު: ގިނަބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައި

ހައުސިންގ މިނިސްޓަރު މުއިއްޒު: ގިނަބައެއްގެ ފާޑު ކިއުން ވަނީ އަމާޒުވެފައި

ހުޅުމާލޭގައި އަލަށް އިމާރާތްކުރި 704 ފްލެޓުގައި އަންނަ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން މީހުން ދިރިއުޅެން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެއަށް 80,000 މީހުން އެއްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވެހިކަމުގެ މަޝްރޫއު، "ހިޔާ" މަޝްރޫއު ފެށުމުގެ ގޮތުން ހޮނިހިރު ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގެންނެވީ އުއްމީދު ތަކަކާއި އެކީގައި ކަމަށެވެ. ހަމަ ހަޤީގަތުގައި ވެސް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވުމުގެ ބޭނުން ފުޅުގައި ކަމަށެވެ. އަދި ހަތަރު އަހަރު ފުރިގެން ދިޔައިރު ކޮންމެ ރަށަކުން ވެސް އަދި ކޮންމެ ގެއަކުން ވެސް ހެކިވަނީ އެކަން ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ މެނިފެސްޓޯގައި އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިއްމު އެއް ވައުދަކީ ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުން ކަމަށާއި ރައްޔިތުންނަށް ގެދޮރުވެރިކަން ހޯދައިދިނުމުގެ ވައުދަކީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަރަށް މުހިއްމު ވައުދެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިއަދާ ހަމައަށް އައިއިރު ރާއްޖޭގެ އެކިކަންކޮޅު ތަކުގައި އެތައް ސަތޭކަ ހައުސިންގ ޔުނިޓްތަކެއް، ފްލެޓްތަކެއް، ގެތަކެއް ބިނާކޮށްދެއްވާފައި ކަމަށެވެ.

ހުޅުމާލޭގައި އަޅާފައިވާ 704 ހައުސިންގ ޔުނިޓަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ސްކޫލުތަކުގެ ކިޔެވުން ފެށެންވާއިރަށް ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި އެކަން ކާމިޔާބު ކުރުމަށް ހައުސިން މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި އެހެންވެސް ކަމާބެހޭ އިދާރާތަކާއެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިޖަލްސާގައި މުއިއްޒު ވިދާޅުވީ އެ ފްލެޓްތައް ދީފައިވަނީ އެކަމަށް އެންމެ ހައްގު މީހުންނަށް ކަމަށެވެ. އަދި އެމީހުންނަކީ ބޯހިޔާވަހިކަމަށް ވަރަށްބޮޑަށް ބޭނުންވެފައި ތިބި ނިކަމެތިން ކަމަށާއި އޭގެ އެންމެ ހައްގުވެރިން ހޮވުމަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އަދި ހައްޤުވާ ނިކަމެތިން ހޮވާފައި އެވަނީ ވަކި ގޮތަކަށް ބަލައިގެން ނޫން ކަމަށާއި ކަނޑައަޅާފައި އެވަނީ އެންމެ ބޮޑަށް ފްލެޓް ހައްޤުވާ ނިކަމެތިން ކަމަށެވެ.

"ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެންމެ ނިކަމެތި ރައްޔިތުން ހޯދުމަށް ހޮވާލައިގެން ނެގޭނޭ ގޮތެއް ބެލީ. އަޅުގަނޑުމެންނެއް ނުބަލަން އެނޫން އެއްވެސް ކަމަކަށް. ވަރަށް ބުރަ މަސައްކަތް ކޮށްގެން އެފަރާތްތައް ހޮވީ" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރު ވިދާޅުވީ ފްލެޓަށް ކުރިމަތިލި އެންމެންނަކީ ވެސް އެއަށް ހައްގުވާ މީހުން ކަމަށާއި އިތުރު ފްލެޓްތައް އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ އެ މީހުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދިނުމަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަވެސް މަސައްކަތް ކުރެއްވީ ސުނާމީގައި ގޯތިގެދޮރު ގެއްލުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެއީ އޭގެ 10 އަހަރު ކުރިންސުރެ ހައްލު ނުވެފައި އޮތް މައްސަލައެއް ކަމަށާއި އެކަން، އެ މަނިކުފާނު އެންމެ އަހަރެއްގެ ތެރޭގައި ކޮށްދެއްވި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ފެނިގެން މިދަނީ ރައްޔިތުންނަށް ހެޔޮއެދޭ އިޚްލާސްތެރިއަކު ވެރިކަން ކުރަމުންދާތަން ކަމަށެވެ. އެއްވެސް އެހެންތަނެއް ބަލަން ޖެހޭނެ ސަބަބެއް، ރައީސް ޔާމީންގެ ތަރައްޤީގެ ފިކުރު ނޫން ފިކުރެއް ބޭއްވުމުގެ ސަބަބެއް ނެތް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު