Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުސްނުއް ސުއޫދު

އަނިޔާވެރި ވެރިންނަށް ކިޔަމަންވާކަށް ނުޖެހޭ: ސުޢޫދު

14 ނޮވެމްބަރު 2017 | އަންގާރަ 19:39

މަޖިލީހުގެ ރައީސް ޖަވާބުދާރީކުރުވަން މަސައްކަތްކުރުމަކީ ބަޣާވާތެއް ނޫން: ސުޢޫދު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 ނޮވެމްބަރު 2017 | އަންގާރަ 19:39
ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ބޭފުޅުން. ކ-ވ: އޛ އަނާރާ ނަޢީމް، ޑރ އަބްދުލްމަޖީދު އަބްދުލްބާރީ، އޛ ހުސްނުއްސުޢޫދު

ކުނޫޒުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ބޭފުޅުން. ކ-ވ: އޛ އަނާރާ ނަޢީމް، ޑރ އަބްދުލްމަޖީދު އަބްދުލްބާރީ، އޛ ހުސްނުއްސުޢޫދު

އަނިޔާވެރި ވެރިޔަކަށް ކިޔަމަންވާން ނުޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި އަންގާރަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ހުސްނުއްސުޢޫދު ވިދާޅުވީ ރައްޔިތުން ވެރިޔަކަށް ކިޔަމަންވާން ޖެހޭނީ ޢަދުލުވެރި ވެރިޔަކަށް ވާނަމަކަމަށެވެ. އަދި ރައްޔިތުންނަށް އަނިޔާވެރިވާ ވެރިޔަކަށް ކިޔަމަންވާން ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޤާނޫނީ އަދި ޝަރުޢީ ގޮތުން ވެރިންނަށް ކިޔަމަންވުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ސުޢޫދު ވިދާޅުވީ ވެރިންނަށް ކިޔަމަންވާން ޖެހެނީ ވެރިންނަކީ ރައްޔިތުންނާއި ރަހުމަތްތެރި ބައެއްނަމަ ކަމަށެވެ. އަދި ދުޝްމަނުންނަށް ކިޔަމަން ވާން ނުޖެހޭ ކަމަށާއި، ވެރިކަމުގައި ހުންނަ މީހަކީ ރައްޔިތުންގެ ދުޝްމަނެއްނަމަ، އެވެރިއެއްގެ އަމުރަށް ކިޔަމަން ވާން ނުޖެހޭ ކަމަށެވެ. ހަމައެއާއިއެކު، ޝަރުތުތަކެއް ނެތި، މުތުލަޤަށް ވެރިންނަށް ކިޔަމަންވުން ޝަރީޢަތުގައިވެސް ނޯންނަކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

ސުޢޫދު ވިދާޅުވީ މިޒަމާނުގެ ދުސްތޫރީ ނިޒާމެއްގައި ވެރިޔަކީ ޤާނޫނު އަސާސީއާ ޤާނޫނުތައް ކަމަށެވެ. އަދި އިސްލާމީ ދައުލަތެއްގައި ކަންކަން ހުއްދަކޮށް، މަނާކުރާ ވެރިޔަކީ އިސްލާމީ ޝަރީޢަތް ކަމަށް ވެސް ސުޢޫދު ފާހަގަކުރެއްވިއެވެ. އެހެން ކަމުން ޤާނޫނީ އިމުގެ ތެރެއިން ވެރިއެއްގެ ނުވަތަ ރައީސެއްގެ އަމުރަށް ނުކިޔަމަންތެރިވެގެން ރައްޔިތަކު ކުށްވެރިނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޤާނޫނާއި ޚިލާފް ކަންކަން ހުއްޓުވުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ހައްޤެއްކަން ފާހަގަކުރައްވައި ސުޢޫދު ވިދާޅުވީ، އެކަން ކަމަށް ރައްޔިތުންނަށް ފުރުސަތު ނުދިނުމަކީ ވެރިން އިސްލާމީ ޝަރީޢަތާއި ޚިލާފަށް ކުރައްވާ ކަމެއް ކަމަށެވެ. ހަމައެއާއިއެކު، އަނިޔާވެރި ވެރިންގެ އަނިޔާއަށް ކެތްތެރިވެގެން ރައްޔިތުން ތިބެން ނުޖެހޭ ކަމަށާއި، ވެރިން ޖަވާބުދާރީ ކުރުމަށް ރައްޔިތުންނަށް މަސައްކަތް ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ މަސްރަހުގައި ދެކެވޭ އެކިވާހަކަތަކަށް އިޝާރާތްކުރައްވައި ސުޢޫދު ވިދާޅުވީ ދައުލަތުގެ ވެރިންނާއި އިދާރާތައް ޖަވާބުދާރީ ކުރުވޭނެ ނިޒާމްތަކެއް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ މިސާލެއްގެ ގޮތުގައި ނަންގަވަމުން ސުޢޫދު ވިދާޅުވީ އިތުބާރުގެ މައްސަލައަކީ މަޖިލީހުގެ ރައީސް ޖަވާބުދާރީ ކުރުމަށް މެމްބަރުން ކުރެއްވި މަސައްކަތެއް ކަމަށާއި، އެއީ ދައުލަތާއި ދެކޮޅު ވެރި ޙަރަކާތެއް ނުވަތަ ބަޣާވާތެއް ވެސް ނޫން ކަމަށެވެ.

ވެރިންނަށް ކިޔަމަންވުމާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ޕެނަލް ޑިސްކަޝަނެއް ބޭއްވިއިރު، ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިން ބުނަމުންދަނީ ސަރުކާރަށް ކިޔަމަންވުމަކީ ވާޖިބެއް ކަމަށާއި، އިދިކޮޅު ހަރަކާތްތަކަކީ ދައުލަތާއި ދެކޮޅު ހަރަކާތްތަކެއް ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ

20 ފެބުރުއަރީ 2017
އިމާރާތުގެ ފެންވަރު ރަނގަޅެއް ނޫން، ފައިސާގެ ދޭކަން ނުޖެހޭނެ: މައުމޫންގެ އާއިލާ
19 ފެބުރުއަރީ 2017

ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި

19 ފެބުރުއަރީ 2017
ސައުދީ އެމްބަސީއިން ނޫސްވެރިންނަށް ފައިސާ ބަހައިފި
19 ފެބުރުއަރީ 2017

ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ

19 ފެބުރުއަރީ 2017
ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަމުންގޮސް ސަރުކާރަށް ގޮވެނީ ހުސް ކޮސް: އަހުމަދު ޢަބްދުﷲ
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
29 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް