Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަލް މާރުކޭޓު

ވަކި ގޮތެއް އަންގަންދެން މާރުކޭޓްގެ ގޮޅިތައް ހުސްކުރުން މަޑުޖައްސާލައިފި

14 ނޮވެމްބަރު 2017 | އަންގާރަ 17:47

ގޮޅިތައް ހުސްކުރަން އަންގާފައި ވަނީ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 14 ނޮވެމްބަރު 2017 | އަންގާރަ 17:47
ލޯކަލް މާރުކޭޓްގެ ގޮޅިތައް ހުސްކުރުން : ވީޑިއޯ ރިޕޯޓް

ލޯކަލް މާރުކޭޓްގެ ގޮޅިތައް ހުސްކުރުން : ވީޑިއޯ ރިޕޯޓް

މާލޭ ލޯކަލް މާރުކޭޓް ގޮޅިތައް ހުސްކުރަން ހައުސިން މިނިސްޓްރީން ކުރި އިއުލާން އެ މިނިސްޓްރީން ބާތިލްކޮށްފިއެވެ.

ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެ ވެރިންނަށް ހައުސިން މިނިސްޓްރީން އާދީއްތަ ދުވަހު އަންގާފައި ވަނީ ތިން ދުވަސް ތެރޭގައި ގޮޅިތައް ހުސްކުރަންޖެހޭނެ ކަމަށެވެ. ގޮޅިތައް ހުސްކުރަން އެންގީ އެ ގޮޅިތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

Advertisement - newsAdvertisement

އެކަށީގެންވާ މުއްދަތެއް ނުދީ ގޮޅިތައް ހުސްކުރަން އެނގުމާ ގުޅިގެން ގޮޅިތަކުގެ ވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުން، ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ވަނީ ގޮޅިތައް ހުސްކުރަން އެންގި އެންގުން އެ ބާތިލްކޮށްފަ އެވެ.

މާރުކޭޓްގައި ގޮޅި ހިންގާ މީހެއް ރާއްޖެޓީވީއަށް މައުލޫމާތު ދެނީ

"ހޯމަ ދުވަހު ގެނެސްފައި އޮތް ލިޔުމުގައި އޮތީ ތިން ދުވަހުގެ ތެރޭގައި ގޮޅިތަށް ހުސްކުރަށޭ، ހުސްނުކޮށްފިނަމަ ތިމަންނަމެން އައިސް ގޮޅިތަށް ހުސްކުރާނަމޭ، ނެރޭ އިރު ލިބޭ އެއްވެސް ގެއްލުމަކަށް ގެއްލުމެއްނުވާނެކަމަށް އެންގީ" ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެން ބުންޏެއެވެ.

ލޯކަލް މާރުކޭޓްގައި ގޮޅިތައް ހިންގާ ބައެއް މީހުން ބުނި ގޮތުގައި ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ ފޮނުވި ލިޔުމުގައި ބުނެފައި ވަނީ ތިން ދުވަހުގެ މުއްދަތުގެ ތެރޭގައި ގޮޅިތައް ހުސް ނުކޮށްފި ނަމަ، އެ މިނިސްޓްރީގެ ފަރާތުން މީހުން ގޮސް ގޮޅިތައް ހުސްކުރާނެ ކަމަށެވެ. އަދި އެގޮތަށް ހުސްކުރާއިރު މުދަލަށް ލިބޭ ގެއްލުމަށް ޒިންމާ ނުވާނެ ކަމަށް ވެސް މިނިސްޓްރީން އޮތީ އަންގައިފަ އެވެ.

ހަރުކަށި މި އެންގުމާ ގުޅިގެން ގޮޅިތަކުގެ ވެރިން ހައުސިން މިނިސްޓްރީއަށް އަންގާފައި ވަނީ ތިން ދުވަސްތެރޭގައި ގޮޅިތައް ހުސް ނުކުރެވޭނެ ކަމަށެވެ.

"މިއީ އެތައް ބައިވަރު ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތް މިއީ،އެހެންވީމަ ބޮޑު ގެއްލުމެއް މިއީ، މިހާރު އިއްޔެ (އާދީއްތަ) ދުވަހު ގެނައި ލިޔުންތައް ވަރަށް ގިނަ މީހުން ގޮސް ޕީޕީއެމް އޮފީހަށް އަޅާލައިފި، އެކަމުގެ ހައްލުގެ ގޮތުން މިހާރު މި ބާތިލްކުރީ" ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެން ބުންޏެއެވެ.

މާރުކޭޓްގައި ގޮޅި ހިންގާ މީހެއް ރާއްޖެޓީވީއަށް މައުލޫމާތު ދެނީ

"އިއުލާންގައި ވާނެ ގޮތަކީ ތިން ދުވަހުގެ ތެރޭގައި ހުސްކުރަން އެންގީމަ އަހަރުމެންނަން އެކަމެއް ނުކުރެވޭނެ، އެހެންވެގެން އަހަރުމެން ދިޔައީ އޮފީހަށް، ދިޔާމަ އެއްވެސް ބޮޑުމީހެއް ނެތިގެން މާދަމާ ކޮންމެސް ގޮތެއް ހަދާދޭނަމޭ ކިޔާފައި، މިހާރު ތިހިރަ ފެންނަނީ ވަކި ގޮތެއް ފެންނަން ދެން ވަގުތީ ގޮތުން ނިންމާލާފައި ' ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެން ބުންޏެއެވެ.

މާލޭ ލޯކަލް މާރުކޭޓްގައި ގާތްގަނޑަކަށް 180 ގޮޅި ހުރެ އެވެ. ނަމަވެސް އޭގެ ތެރެއިން ވިޔަފާރިކުރަނީ ގާތްގަނޑަކަށް 100 ގޮޅީގައެވެ.

ލޯކަލް މާރުކޭޓްގެ ގޮޅިތައް އެންމެ ފަހުން ދޫކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުންނެވެ. އެހެންނަމަވެސް ސިޓީ ކައުންސިލަށް ގޮޅިތައް ނުބެހެއްޓޭ ކަމަށް ބުނެ، ގޮޅިތައް ބަލަހައްޓަމުން ހައުސިން މިނިސްޓްރީ ދަށަށް ބަދަލުކުރި އެވެ.

ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެއް ބުނި ގޮތުގައި ސިޓީ ކައުންސިލާއެކު ހެދި އެއްބަސްވުން މީގެ ދެ އަހަރު ކުރިން ވަނީ ހަމަވެފަ އެވެ. އެއަށް ފަހު އެއްބަސްވުންތައް އާކުރާނެކަން އެންގި ނަމަވެސް، އަދިވެސް އާނުކުރެ އެވެ.

މާރުކޭޓްގައި ގޮޅި ހިންގާ މީހެއް ރާއްޖެޓީވީއަށް މައުލޫމާތު ދެނީ

" މިހާރު އެއްބަސްވުންތައް ބާތިލްވިތާ ދެ އަހަރު ވެއްޖެ، އޭގެ ފަހުން އެންގީ އެގްރިމެންޓްތައް ހައުސިން މިނިސްޓްރީއަށް ހުށަހަޅަން، ބާތިލްވީމަ ހުށައެޅި ފަހުން ޙަބަރެއް ނުވޭ" ލޯކަލް މާރުކޭޓްގައި ގޮޅި ހިންގާ މީހެން ބުންޏެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް