Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަޓާ ރެއާލްއަށް

މަޓާ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވަނީ!

މަޓާ ޔުނައިޓެޑު ދޫކޮށްލަން ވިސްނާފައިވަނީ ފަހަކަށް އައިސް ގަވައިދުން ޔުނައިޓެޑުން ފުރުސަތު ނުލިބޭތީ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2017 | އާދީއްތަ 15:11
ހުއާން މަޓާ

ހުއާން މަޓާ

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްޕެއިންގެ ތަޖުރިބާކާރު މިޑްފީލްޑަރ ހުއާން މަޓާ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 29 އަހަރުގެ މަޓާ ޔުނައިޓެޑު ދޫކޮށް ރެއާލްއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު، އޭނާ ހޯދުމަށް ޝައުގުވެރިވާކަމަށް ރެއާލްއިން ވެސް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ބުނެފައެވެ.

ސްޕެއިންގެ ރިޕޯޓްތައް ބުނާ ގޮތުން މަޓާ ޔުނައިޓެޑު ދޫކޮށް ސްޕެއިންގެ ރެއާލްއަށް ބަދަލުވަނީ އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ސްޕެއިންގެ ގައުމީ ޓީމުން ޖާގައެއް ހޯދުމުގެ ވިސްނުމުގައެވެ.

މި ރިޕޯޓްތައް ބުނާ ގޮތުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ހުއާން މަޓާ ޔުނައިޓެޑު ދޫކޮށްލާނެއެވެ.

ރެއާލް މެޑްރިޑުގެ އިތުރުން މަޓާ ހޯދަން އޭނާގެ ކުރީގެ ކްލަބް ވެލެންސިއާއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި މީގެ އިތުރުން ސްޕެއިންގެ ސެވިއްޔާއިން ވެސް މަޓާ ހޯދުމަށް ޝައުގުވެރިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަޓާ ޔުނައިޓެޑު ދޫކޮށްލަން ވިސްނާފައިވަނީ ފަހަކަށް އައިސް ގަވައިދުން ޔުނައިޓެޑުން ފުރުސަތު ނުލިބޭތީއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މަޓާ ދިއުން އެންމެ ގާތީ އޭނާގެ ކުރީގެ ކްލަބު ވެލެންސިއާ އަށެވެ. ވެލެންސިއާގެ ކޯޗު މާސެލީނިއޯ ގާސިއާ ވަނީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމަށް ފޯވާޑުން ގެންނާނެ ކަމަށް ބުނެފަ އެވެ. އަދި މަޓާ އަކީ ގެންނަން ބޭނުންވާ ކުޅުންތެރިއެއް ކަމަށްވެސް އޭނާ ވަނީ ކުރިން ބުނެފައެވެ.

މީގެ އިތުރުން މަޓާ ވަނީ ސްޕެއިނުގެ ކްލަބަކަށް ބަދަލުވާނަމަ ވެލެންސިއާއަކީ އޭނާގެ ފުރަތަމަ ކްލަބް ކަމަށް ވެސް ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުނައިޓެޑުން ވެސް އަންނަނީ އެ ޓީމުން ބައެއް ކުޅުންތެރިން ވިއްކާލުމަށް ފަހު އާ ކުޅުންތެރިން އެކުލަބަށް ގެނައުމަށް ނިންމާފައެވެ. އޭގެ ތެރޭގައި މަޓާވެސް ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު