Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢޫދީ ޢަރަބިއްޔާ

ސަޢޫދީ ރައްޔިތުން ލުބްނާނުން ފައިބަން އަންގައިފި!

ލުބްނާނުގެ ބޮޑުވަޒީރުކަމުން ސާދު ޙަރީރީ އިސްތިއުފާ ދެއްވީ ސަޢޫދީގެ ނުފޫޒުންކަމަށް ތުހުމަތުކުރެވޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 9 ނޮވެމްބަރު 2017 | ބުރާސްފަތި 16:45
ސާދު ހަރީރީ(ވ) ސަލްމާން ރަސްގެފާނާއި(ކ) ބައްދަލުކުރައްވަނީ

ސާދު ހަރީރީ(ވ) ސަލްމާން ރަސްގެފާނާއި(ކ) ބައްދަލުކުރައްވަނީ

ލުބްނާނުގައި ތިބި ސަޢޫދީ ރައްޔިތުން އެޤައުމުން ފޭބުމަށް ސަޢޫދީއިން އަންގައިފިއެވެ. ސަޢޫދީގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ލުބްނާނުގެ މަސްރަހު އޮތް ގޮތުން ސަޢޫދީގެ ރައްޔިތުން އެޤައުމަށް ދަތުރުކުރުން މަނާކުރާކަމަށާއި، ލުބްނާނުގައި ތިބި ސަޢޫދީ ރައްޔިތުން ވީހާ އަވަހަކަށް އެޤައުން ފޭބުމަށް އަންގާކަމަށެވެ. އަދި އެހެން ޤައުމުތަކުގައި ތިބި ސަޢޫދީ ރައްޔިތުން ވެސް ލުބްނާނަށް ދަތުރުނުކުރުމަށް އަންގާކަމަށް ސަޢޫދީ ޚާރިޖިއްޔާއިން ބުނެއެވެ.

ސަޢޫދީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ލުބްނާނުގެ ބޮޑުވަޒީރު ސާދު ޙަރީރީ މިދިޔަ ހޮނިހިރު ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިފަހުން ލުބްނާނުގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. މުޅި ގަލްފުގެ މަސްރަހު ހޫނުވެފައިވާއިރު، ހަރީރީ އިސްތިއުފާ ދެއްވަމުން ވިދާޅުވީ އެމަނިކުފާނު އިސްތިއުފާދެއްވީ ލުބްނާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާނާއި އީރާނުން ވާގިވެރިވާ ލުބްނާނުގެ ހަތިޔާރު އެޅި ޝީޢީ ޖަމާޢަތް ހިޒްބުﷲގެ ނުފޫޒު ގަދަވުމުންނެވެ. ޙަރީރީގެ އިސްތިއުފާގެ ފަހުން އެމަނިކުފާނު ވީ ހިސާބެއް އެނގިފައެއް ނުވެއެވެ. އެހެން ނަމަވެސް އިސްތިއުފާއަށް ފަހު ހަރީރީ، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްޢަޒީޒާއި ބައްދަލުކުރައްވާ ފޮޓޯތައް އާއްމުވެފައިވެއެވެ. އެބައްދަލުވުމަށް ފަހު ޙަރީރީ ހުންނެވީ ސަޢޫދީ ސިއްރު ފުލުހުންގެ ބަންދުގައި ކަމަށް މެދުއިރުމަތީގެ ބައެއް ނޫސްތައް ރިޕޯޓްކުރިއެވެ. އެހެން ނަމަވެސް އެކަން ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.

ރޮއިޓަރސް އިން ރިޕޯޓްކުރާ ގޮތުގައި ހަރީރީގެ އިސްތިއުފާގެ ލިޔެކިޔުންތައް އަދިވެސް ލުބްނާނުގެ ސަރުކާރަކަށް ނުލިބެއެވެ. އެހެންކަމުން ލުބްނާނު ސަރުކާރުން އަދިވެސް ބަލަނީ ހަރީރިއަކީ ބޮޑުވަޒީރުގެ ގޮތުގައި ކަމަށާއި، ހަރީރީ 'ހިފަހައްޓައިގެން' ސަޢޫދީއިން އުޅޭ އުޅުން ލުބްނާނުން ކުށްވެރިކުރާކަމަށް އެޤައުމުގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. ހަރީރީ އިސްތިއުފާ ދެއްވި ސީދާ ސަބަބު ހޯދުމަށް ބައިނަލްއަޤްވާމީ އެހީތެރިކަމަށް ލުބްނާނުގެ ރައީސް މިޝޭލް އައޯން ވަރަށް އަވަހަށް ގޮވާލައްވާނެ ކަމަށްވެއެވެ.

ޙަރީރީގެ އިސްތިއުފާއާއި ގުޅިގެން އީރާނުން ބުނީ ލުބްނާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެޤައުމުން ނުވަންނަ ކަމަށާއި، ޢަރަބި-ފާރިސީ މައްސަލައިގެ ތެރެއަށް ލުބްނާނު ވެއްދީ ސައޫދީއިން ނުބައި ރޭވުމެއްގެ ދަށުން ކަމަށެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޙަރީރީގެ އިސްތިއުފާއަކީ ވެސް އަރަބި ދުނިޔޭގެ މައްޗަށް ނުފޫޒު ފޯރުވަން ސަޢޫދީ ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވަމުންގެންދަވާ މަސައްކަތުގެ ބައެއް ކަމަށެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
06 މާރިޗު 2017

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

06 މާރިޗު 2017
މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
02 މާރިޗު 2017

އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ

02 މާރިޗު 2017
އުތުރު ކޮރެއާގެ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާ އަށް އެތެރެ ނުވެވޭގޮތް ހަދަނީ
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
10 ފެބުރުއަރީ 2017

ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!

10 ފެބުރުއަރީ 2017
ހަތްގައުމެއްގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާ ކުރުމަށް ރައީސް ޓްރަމްޕް ނެރުއްވި އަމުރު ނިއުޅެމުންދާ ގޮތަށް، ކުރު ނަޒަރެއް!
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު