Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

ނިއުކްލިއާ ހަތިޔާރު ގެންގުޅުން ދުރުވުމާ މަޝްވަރާކުރުމަށް ޓްރަމްޕް އުތުރު ކޮރެއާއަށް ގޮވާލައްވައިފި

އެމެރިކާ އިން މިހާތަނަށް އުތުރު ކޮރެއާއަށް ދީފައިވާ އެއްވެސް އިންޒާރަކަށް އެގައުމުން ބޯލަނބާފައެއް ނުވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 8 ނޮވެމްބަރު 2017 | ބުދަ 01:31
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

ނިއުކްލިއާ ހަތިޔާރު ގެންގުޅުން ދުރުވުމާ ބެހޭ ގޮތުން އުތުރު ކޮރެއާ އިން "މޭޒު ދޮށަށް އައިސް" މަޝްވަރާތައް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފިއެވެ.

އޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި، އެގައުމުގެ ބޮޑު ވަޒީރު މޫން ޖެއި-އިން އާ އެކީ ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމެރިކާ އިން އުތުރު ކޮރެއާ އާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާ ބޭނުން ކުރަން ނުޖެހުމަށް އެދި "ހެއްދެވި ފަރާތަށް އެދޭ" ކަމަށެވެ.

ރައީސް ޓްރަމްޕް މާ މަޑުމައިތިރި ރާގެއްގައި ސޯލް ގައި ވާހަކަފުޅުދެއްކެވިއިރު މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާ އިން އެމެރިކާގެ "އަލިފާނާއި ރުޅިވެރިކަމާ" ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އޭޝިއާގެ ފަސް ގައުމަކަށް ރައީސް ޓްރަމްޕް ކުރައްވާ ދަތުރުފުޅެއް ފަށްޓަވާފައިވާއިރު އުތުރު ކޮރެއާގެ މައްސަލަ ވަނީ އެމަނިކުފާނުގެ އެޖެންޑާގައި ވަރަށް ބޮޑަށް ހިމެނިފައެވެ.

ދެކުނު ކޮރެއާއަށް ވަޑައިގަތުމުގެ ކުރިން ރައީސް ޓްރަމްޕް ޖަޕާނުގައި، އުތުރު ކޮރެއާ އާ ބެހޭގޮތުން ވިދާޅުވީ އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް، އެމެރިކާ އިން ގަނެފައިވާ އަސްކަރީ ސާމާނު ބޭނުންކޮށްގެން ޖަޕާނަށް "ވައްޓާލެވޭނެ" ކަމަށެވެ. ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއާއެކު ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ޖަޕާނުގެ ސަރުކާރުން ގިނަ އަދަދެއްގެ އަސްކަރީ ސާމާނު އެމެރިކާ އިން ގަންނަން ނިންމާފައިވާ ކަމަށެވެ.ރައީސް ޓްރަމްޕްގެ ވާހަކަފުޅަށް އިޝާރާތްކުރައްވައި ބޮޑު ވަޒީރު އަބޭ ވިދާޅުވީ "ބޭނުންވެއްޖެ ހާލަތެއްގައި" އުތުރު ކޮރެއާ އިން އުދުއްސާލާ މިސައިލްތައް ޖަޕާނަށް އިންޓަސެޕްޓް ނުވަތަ ވައްޓާލެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
14 މެއި 2017

އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ

14 މެއި 2017
އެމެރިކާ އިން ސައުދީއަށް 100 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަނީ
02 މެއި 2017

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

02 މެއި 2017
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
22 އެޕްރީލު 2017

އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން

22 އެޕްރީލު 2017
އެމެރިކާއިން ޓެރަރިސްޓުންނަށް ހަތިޔާރު ފޯރުކޮށްދޭ: އީރާން
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު