Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފްލެޓް

ފްލެޓް ވެސް ހަވާލެއް ނުކުރޭ، އޭސީސީ އިން ބަލާ މައްސަލަ ވެސް ނުނިމޭ

3 ނޮވެމްބަރު 2017 | ހުކުރު 04:55

ފްލެޓާ ގުޅޭ ގޮތުން ހައުސިން އަށް އަންގަން ޖެހޭ އެއްޗެއް އަންގާނީ ތަހުގީގު ނިމުމުން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 3 ނޮވެމްބަރު 2017 | ހުކުރު 04:55
ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ގިނައިން ވިދާޅުވާ އެއް ވާހަކަފުޅަކީ ގެދޮރުވެރި ކުރުމުގެ ވާހަކައެވެ. ބޯހިޔާވަހި ކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ފްލެޓްދޭ ވާހަކައެވެ. އަދި ފެލްޓްތައް ދިނުމުގައި ވަކި ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ނުބައްލަވާނެ ކަމަށް ރައީސް ޔާމީންއާ އެމަނިކުފާންުގެ ސަރުކާރުގެ ވަޒީރުން ގެންދެވީ ވިދާޅުވަމުންނެވެ.

ނަމަވެސް ރައީސް ޔާމީން ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ދޫކުރި ހުރިހައި ފްލެޓްތައް ވެސް ދޫކޮށްފައި ވަނީ އިންސާފުން ނޫން ކަމަށް ބުނެ އެތައް ބަޔަކު ވަނީ އޭސީސީ އަށް މައްސަލަ ހުށަހަޅާފައެވެ. ހަމަ އެހެންމެ ފްލެޓްތަކާ ގުޅުންހުރި އެތައް މައްސަލަ އެއް ހައުސިން މިނިސްޓްރީ އަށް ވެސް އެތައް ބަޔަކު ހުށަހެޅިއެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައަކަށް އެދެވޭ ހައްލެއް ނުލިބި އެ މީހުންނަށް ވަނީ ފްލެޓް ދީފައެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ސަރުކާރުން ދޫކުރި ފްލެޓްތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ދިމާވެ ގިނަ ޝަކުވާތައް ހުށަހެޅިގެން ދިޔައީ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން ހައުސިން މިނިސްޓްރީން ދޫކުރި 661 ފްލެޓަށެވެ. އެގޮތުން އެ ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލިއިރު ފްލެޓް ދީފައި ވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި އެކަމުގެ ޝަކުވާތައް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިއެވެ.

ފެލްޓްތަކާ ގުޅިގެން އެންމެ ފުރަތަމަ އޭސީސީ އަށް މައްސަލަ ހުށަހަޅާފައި ވަނީ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ނެރުމާ ގުޅިގެންނެވެ. އަދި ވަގުތީ ލިސްޓާ ގުޅޭ ގޮތުން އޭސީސީ އަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް ހައުސިން މިނިސްޓްރީން ވަނީ ދާއިމީ ލިސްޓް ވެސް ނެރެފައެވެ. އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ފްލެޓް ލިބުނު މީހުންނަށް އެ ފްލެޓްތަކަށް ވަދެވޭނެ ކަމަސް ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދާ ހަމައަށް ފްލެޓް ލިބުނު އެއްވެސް މީހަކަށް އެ ފްލެޓަށް ވަދެވިފައި ނުވާއިރު ފްލެޓާ ގުޅިގެން އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލަ ވެސް އަދި އޭސީސީ އިން ދަނީ ބަލަމުންނެވެ.

ފްލެޓާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދިވެސް އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އަދި ފްލެޓާ ގުޅިގެން ހައުސިން މިނިސްޓްރީ އަށް އޭސީސީ އިން އެއްވެސް އެއްޗެއް އަންގާފައިވޭތޯ ސުވާލު ކުރުމުން އޭސީސީގެ މީޑިއާ އޮިފިޝަލް ވިދާޅުވީ އެ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްވާތީ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފެލްޓާ ގުޅޭ ގޮތުން އޭސީސީގެ ފަރާތުން ހައުސިން މިނިސްޓްރީ އަށް އަންގެން ޖެހޭ އެއްވެސް އެންގުމެއް އަންގާނީ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށެވެ. އަދި ފެލްޓުގެ މައްސަލާގައި އޭސީސީގެ ފަރާތުން އެއްވެސް މީހަކާ ސުވާލު ކޮށްފައިވޭތޯ ނުވަތަ ނޫންތޯ ވެސް ހާމަ ކުރާނީ މައްސަލައިގެ ތަހުގީގު ނިމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާނުކުރި އިރު، ފްލެޓް ލިބޭ މީހުންގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ލިސްޓުގައި ހިމަނާފައިވަނީ ފޯމް ނަމްބަރު އެކަންޏެވެ.

މަތިން މާކްސް ލިބުނު ނަމަވެސް، ފްލެޓް ލިބިފައިނުވާތީއާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކޮށްފައި ވާތީ އެތައް ބަޔަކު ދަނީ މިކަމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރަމުންނެވެ. މީގެ އިތުރުން، ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަތިން މާކްސް ލިބުނު މީހުންނަށް ގުޅި ކަމަށް ބުނާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ފެލްޓާ ގުޅޭ ގޮތުން އެންމެ ފަހުން ހައުސިން މިނިސްޓަރ ވިދާޅުވެފައި ވަނީ ވަރަށް އަވަހަށް ފެލްޓް ލިބިފައިވާ މީހުންނަށް ފެލްޓްތަކަށް ވަދެވޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ދުވަހެއް ކަމެއް މިނިސްޓަރ ވިދާޅުވެފައެއް ނުވެއެވެ.

ހުޅުމާލޭގައި އަޅާފައިވާ އިމާރާތްތަކުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ފްލެޓްގެ ޑައުންޕޭމަންޓަށް 25،000 ރުފިޔާ ދައްކަންޖެހޭއިރު، 25 އަހަރު ވަންދެން މަހަކު 6،000 ރުފިޔާ ދައްކަންޖެހެ އެވެ. އެ އަދަދުން ބަލާނަމަ ފްލެޓެއް މިލްކުކުރުމަށް ދައްކަންޖެހެނީ 1.8 މިލިއަން ރުފިޔާ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް