Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރު ތޯރިގް

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި ތޯރިގް ބަޖެޓަށް ވޯޓު ދެއްވައިފި

އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ވިދާޅުވެފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 11:28
ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވައި އަދި އެތައް މިލިއަން ރުފިޔާއެއް ދިނަސް ސަރުކާރާ ނުގުޅޭނެ ކަމަށް ވިދާޅުވި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ވޯޓު ދެއްވައިފި އެވެ.

ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި ތޯރިގް ފިޔާވާ ދެން ބައިވެރިވެވަޑައިގަންނަވާފައިވަނީ ޕީޕީއެމް-އެމްޑިއޭ ކޯލިޝަން މެމްބަރުން އެކަންޏެވެ.

Advertisement - newsAdvertisement

މެމްބަރު ތޯރިގް ބަޖެޓަށް ވޯޓް ދެއްވާފައި މިވަނީ ސަރުކާރާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ.

ދާދިފަހުން ނުވަ ރަށެއްގެ ނަރުދަމާ ނިޒާމުގެ ލޭބާ މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއި ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން ޝީ ބިލްޑިންގގައި ބޭއްވި ރަސްމީއްޔާތުގައި ތޯރިގް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރައިސްމީއްޔާތުގައި ވާހަކަ ދައްކަމުން ތޯރިގް ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ތަރައްގީއަޓަކައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރާ މަސައްކަތްތަކަށް ވަަރަށް ބޮޑަށް ޝުކރު ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގެ ތަރައްގީއަޓަކައި ކުރިއަށް ގެންދާ މިހާ ބޮޑު މަޝްރޫއެއްގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީއްޔާތަށް ދައުވަތު ދެއްވިކަމަށްޓަކައި މިނިސްޓަރު ތޯރިގަށް ވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އެރަސްމިއްޔާތަށް ފަހު، ތޯރިގް އަލުން ސަރުކާރާ ގުޅިނީތޯ ނޫސްވެރިން ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ ރަސްމިއްޔާތަށް ވަޑައިގެންނެވީ ދައުވަތު ދެއްވައިގެން ކަމަށެވެ.

އެ ރަސްމީއްޔާތުގައި ބައިވެރިވި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ އިސް ބައެއް މެންބަރުން ވިދާޅުވެފައި ވަނީ ވަަރަށް އަވަހަށް ތޯރިގް ޕީޕީއެމްއާ އަލުން ގުޅިވަޑައިގެންނަވާނެ ކަމަށެވެ. އެގޮތުން ތޯރިގް އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނަވާނީ މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި މަހިބަދޫގައި ބާއްވާ ހާއްސަ ރަސްމީއްޔާތުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަށް ފަޑުވިދާޅުވި މެމްބަރުންގެ ތެރޭގައި މަހިނދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހިމެނިވަޑައިގެންނަވައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް މިނިވަން މުއސްތަގިއްލު ތަނަކަށް ހަދަން ޖެހިފައިވާ ކަމަށާއި އަދި ރައީސް ޔާމީންގެ ސަރުކާރުން ރަށްރަށުގެ ތަރައްގީއަށްޓަކައި މަސައްކަތްތައް ނުކުރާ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ.

މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ތޯރިގު ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފަޑުވިދޅުވެ ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ މުސްތަގިއްލު މިނިވަން ތަނަކަށް ހެދުމުގެ ގައުމީ މަސައްކަތުގައި ބައިވެރިވަމުން އަންނަ ކަމަށެވެ.

ޕީޕީއެމްގެ ދަފްތަރުން ވަކިވެވަޑައިގެން ރައްޔިތުންނަށް ފޮނުވި މެސެޖުގައި މެންބަރު ތޯރިގް ވިދާޅުވެފައި ވަނީ، 2014 ވަނަ އަހަރު މަހިބަދޫ ދާއިރާއަށް ރައްޔިތުން އޭނާ ހޮވާފައި ވަނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ ދާއިރާގެ ބަސް ބުނުމަށާއި ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވުމަށާއި ދިވެހި ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ނިންމުންތައް ނިންމުމަށް މަހިބަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެވުނު ކަން އޭނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުފައި ވަނީ ޕީޕީއެމްއާ ގުޅިގެން މަސައްކަތް ފެއްޓެވީ ދާއިރާ ތަަރައްގީ ކުރުމަށް ކަމަށާއި އެގޮތުން ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ދާއިރާގެ ތަރައްގީ އަށް ބޮޑެތި މަސައްކަތްތަކެއް ފެށުމުގެ ގޮތުން ކޮންޓްރެކްޓަރުންނާ ހަވާލު ކުރެވި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އޭރު އުންމީދުކުރެއްވި ކަމަށެވެ. ނަމަވެސް އެ އުންމީދު ހާސިލްނުވި ކަމަށް އޭރު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ ނުވަތަ ޕާޓީން ވަކިކުުރަމުން ގޮނޑިގެއްލޭ ގޮތަށް ސްޕްރީމް ކޯޓަށް ނިންމި ނިންމުމަށް ވެސް ތޯރިގް ވަނީ ފާޑުވިދާޅުވެފައެވެ. އަދި އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅުފަރާތްތަކުން ކުރާ މަސައްކަތުގައި ސާބިތުކަމާ އެކު ހުންނަވާނެ ކަމަށް ތޯރިގް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކާ އެކު ހުންނެވި ކަމަށް ތޯރިގު އޭރު ވިދާޅުވި ނަމަވެސް އިދިކޮޅު އެއްވެސް ހަރަކާތެއްގެ ތެރެއިން ވެސް އަދި ޕޯޑިއަމަކުން ވެސް ތޯރިގު ފެނިފައެއް ނުވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު