Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ސެރީއޭ

އިޓާލިއަން ސެރީއޭ: އެއްވަނައަށް ވާދަކުރާ ހަތަރު ޓީމު ވެސް މޮޅުވެއްޖެ

ނަޕޯލީ ވަނީ ރަށުން ބޭރުގައި 3-2 އިން ޖެނޯއާ ބަލިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2017 | ބުރާސްފަތި 11:45
ނަޕޯލީގެ މާޓެންސް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ނަޕޯލީގެ މާޓެންސް ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

އިޓާލިއަން ސެރީއޭގެ އެއްވަނައަށް ވާދަކުރަމުން އަންނަ ހަތަރު ޓީމު ވެސް ކުޅުނު މެޗުތައް ކާމިޔާބުކޮށް ލީގުގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ.

އިޓާލިއަން ސެރީއޭގެ އެއްވަނައަށް ހަތަރު ޓީމަކުން އަންނަނީ ވާދަކުރަމުންނެވެ. އެގޮތުން އެއްވަނައިގައި އޮތް ނަޕޯލީއާ ހަތަރު ވަނައިގައި އޮތް ލާޒިއޯއާ ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ.

ތާވަލުގެ އެއްވަނައިގައި އޮތް ނަޕޯލީ ވަނީ ރަށުން ބޭރުގައި 3-2 އިން ޖެނޯއާ ބަލިކޮށްފައެވެ. ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި އަދެލް ތާރަބްތް ޖެނޯއާއަށް ލީޑު ނަގައިދިން ނަމަވެސް ޑްރައިސް މާޓެންސްވަނީ މެޗުގެ 14 ވަނަ މިނެޓުގައި ލަނޑެއް ޖަހާ ނަޕޯލީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި މާޓެންސް ވަނީ ލަނޑެއް ޖަހާ ނަޕޯލީއަށް ލީޑު ނަގައިދީފައެވެ.

ފުރަތަމަ ހާފު މި ނަތީޖާއިން ނިމިގެން ދިޔައިރު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ޖެނޯއާގެ ޑިފެންޑާ އާވިން ޒުކަނޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑުން ނަޕޯލީގެ ލީޑު އިތުރަށް ފުޅާވެގެން ދިޔައެވެ. ޖެނޯއާއަށް ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔައީ 70 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑާ އާމަންޑޯ އިއްޒޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

އިޓާލިއަން ސެރީއޭގެ ދެވަނައިގައި މިވަގުތު އޮތް އިންޓަ މިލާން ވަނީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ސަމްޕްޑޯރިއާ ބަލިކޮށްފައެވެ. އިންޓަގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އެ ޓީމުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިފެންޑާ މިލާން ސްކްރިނާރްއެވެ. ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އިންޓަގެ ލީޑު ފުޅާވެގެން ދިޔައީ އެ ޓީމުގެ ކެޕްޓަން މައުރޯ އިކާޑީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފު މި ނަތީޖާގައި ނިމިގެން ދިޔައިރު ދެވަނަ ހާފުގައި ވެސް އިންޓައިން ވަނީ އެ ޓީމުގެ ކުޅުން ދަމަހައްޓާ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން 54 ވަނަ މިނެޓުގައި އިކާޑީ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. ސަމްޕްޑޯރިއާއަށް ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔައީ 64 ވަނަ މިނެޓުގައި ޑޭވިޑް ކޮނާކީ ޖަހައިދިން ލަނޑުންނެވެ. ސަމްޕްޑޯރިއާގެ ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ފަބިއޯ ކުއަގްރިއެއްލާއެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަން ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން އަލަށް ޕްރޮމޯޓްވި ސްޕަލް ބަލިކޮށްފައެވެ. މި މެޗުގައި ޔުވެންޓަސްއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ފެޑެރީކޯ ބާނަޑޭޝީ އާއި ޕައުލޯ ޑިބާލާ އާއި ގޮންޒާލޯ ހިގުއައިންގެ އިތުރުން ހުއާން ކުއަޑްރާޑޯއެވެ. މި މެޗުގައި ސްޕަލްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ފޯވާޑް އަލްބާޓޯ ޕަލޯޝީއެވެ.

ލާޒިއޯ ވެސް ވަނީ ރަށުން ބޭރުގައި ބޮލޯނާ 2-1 ލަނޑުން ބަލިކޮށް ތައްޓަށް ކުރަމުން އަންނަ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުގައި ލާޒިއޯއަށް ލަނޑުތައް ޖަހައިދީފައި ވަނީ ސާގޭ މިލިންކޮވިޗް އާއި ސެނާޑް ލުލިޗްއެވެ. ލާޒިއޯގެ ސިރޯ އިމޯބިލޭ ޕެނަލްޓީއެއް ބޭކާރު ކޮށްލިއިރު ބޮލޯނާގެ ގޯލަކީ ސެނާޑް ލުލިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އޭސީ މިލާން ވެސް ވަނީ ރަށުން ބޭރުގައި 4-1 ގެ ނަތީޖާއަކުން ޗިއޭވޯ ވެރޯނާ ބަލިކޮށްފައެވެ. މިލާންގެ ލަނޑުތައް ޖަހައިދިނީ ސޫސޯ އާއި ހަކާން ޗަލަންގޫލޫ އާއި ނިކޮލައި ކަލިނިޗްއެވެ. އަދި އެ ޓީމުގެ 3 ހަތަރު ވަނަ ލަނޑަކީ ޗިއޭވޯގެ ބޮސްޓާން ސީޒާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗިއޭވޯގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ވަލްޓާ ބިރްސާއެވެ.

އިޓާލިއަން ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 28 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. ދެވަނައިގައި 26 ޕޮއިންޓާއެކު އިންޓަ މިލާން އޮތްއިރު ތިންވަނައިގައި 25 ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އޮތީ ޔުވެންޓަސްއެވެ. ޔުވެންޓަސްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން އެހެނަސް ފައިދާ ލަނޑު މަދުވުމުން ހަތަރު ވަނަ ލިބެނީ ލާޒިއޯ އަށެވެ. އޭސީ މިލާން އޮތީ 16 ޕޮއިންޓާއެކު އަށް ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

01 މާރިޗު 2017
އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

އިޓާލިއަން ކަޕް ސެމީގެ ފުރަތަމަ ލެގް ޔުވެންޓަސްއަށް

01 މާރިޗު 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު