Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވިލް ސަރވިސް ކޮމިޝަން

ސިވިލް ސަރވިސް އިސްފަންތީގެ މުވައްޒަފުންނަކީ ޑިޕްލޮމާ ފެންވަރުގެ މުވައްޒަފުންނަށް ހަދަނީ

މި ސިޔާސަތައް އަމަލު ކުރަނީ އަންނަ ނޮވެމްބަރު އެއްވަނަ ދުވަހުން ފެށިގެން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2017 | ބުދަ 14:19
ވެލާނާގެ އިމާރާތް

ވެލާނާގެ އިމާރާތް

ސިވިލް ސަރވިސް މުވައްފަޒުންގެ ތެރެއިން އިސް ފަންތީގައި މަސައްކަތް ކުރާ ފަރާތްތަކަކީ ޑިޕްލޮމާ ފެންވަރުގެ ސަނަދެއް އޮންނަންޖެހޭނެ ބަޔަކަށް ހެދުމުގެ މަސައްކަތް ސިވިލް ސަރވިސް ކޮމިޝަނުން ފަށައިފި އެވެ.

ސިވިލް ސަރވިސް ކޮމިޝަނުުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތި ކުރުމުގެ ގޮތުން ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަކީ ވަކި ފެންވަރަކަށް ތަމްރީނުވެފައިވާ ބައެއް ކަމަށް ކަނޑައެޅުމުގެ ސިޔާސަތެއް އެ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން މިފަދަ ސިޔާސަތެއް އެކުލަވާލުމުގެ ބޭނުމަކީ ސިވިލް ސަރވިސް އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމައި މުވައްޒަފުންނަކީ ހުނަރާއި ގާބިލް ކަން ލިބިފައިވާ މުވައްޒަފުންނަށް ހެދުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އަދި ޒަމާނީކޮށް ހިންގުން ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތާއި ހުނަރު ލިބިފައިވާ އީޖާދީ، އިޖާބީ މުވައްޒަފުންނަށް ހެދުން ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި ސިޔާސަތުގެ ދަށުން އިސްފަންތީގެ މުވައްޒަފުންނަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލު ކުރާ ޑިޕްލޮމާ (ލެވެލް 5) ފެންވަރުގެ ސަނަދެއް އޮންނަންޖެހޭ ބަޔަކަށް ވާންޖެހެ އެވެ.

ސިވިލް ސަރވިސް އިސް މުވައްޒަފުންނަކީ މިޑްލް މެނޭޖްމެންޓް ސަރވިސް އަދި ސީނިއަރ ސިވިލް ސަރވިސް ކެޓަގަރީގައި މަސައްކަތް ކުރާ ފަރާތްތަކެވެ.

މި ސިޔާސަތައް އަމަލު ކުރަން ފެށުމާ އެކު ސިވިލް ސަރވިސްގެ އިސް ފަންތީގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަށްވެގެން ޑިޕްލޮމާއެއް ނެތް ފަރާތްތައް ކަނޑައެޅިފައިވާ ފެންވަރުގެ ތަމްރީނެއް އެ މުއްދަތުގެ ތެރޭގައި ހާސިލް ކުރަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މިގޮތަށް ތަމްރީނު ހާސިލް ކުރުމަށް މި ސިޔާސަތުގައި ބަަޔާންކުރާ ފެންވަރުގެ ތަމްރީނެއް ފުރިހަމަ ކުރުމަށް، މި އުސޫލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 20 މަސް ދުވަސް ދޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އިސްފަންތީގެ މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިމެނޭ އެމްއެސް 3 ރޭންކު ނުވަތަ އެ ފެންވަރުގައި ދަރަަޖަކުރާ މަގާމުތަކާއި އެ ރޭންކަށް ވުރެ މަތީ ރޭންކުތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ދައްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައި ނުވާ ފަރާތްތަކަށް 20 މަސް ދުވަސް އެފެންވަރަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މީގެ އިތުރުން ތަމްރީނު ވުމަށް އުޒުރުވެރިވާ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެެވެ.

މި ސިޔާސަތައް އަމަލު ކުރަން ފަށަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން ނޮވެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ތިން މަސް ހަމަވާ ( 31 ޖެނުއަރީ 2018) ސިވިލް ސަރވިސްގެ ގަވައިދު 2014 ގެ 228 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކި ކުރުމަށް އެދި ވަޒީފާ އަދާކުރާ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު ދެވޭނެ އެވެ.

މީގެ އިތުރުން 2019 ވަނަ އަހަރުގެ ޖޫން ކަނޑައަޅާފައިވާ ފެންވަރުގެ ސަނަދެއް ހާސިލު ނުކުރާ ފަރާތައް ސިވިލް ސަރވިސްގެ ގަވައިދު 2014 ގެ 103 ވަނަ މާއްދާގެ (ރ)ގެ ހަތަރު ވަނަ މާއްދާ އާއި އެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ)ގެ ދެވަނަ މައްދާގެ ދަށުން ވަޒީފާއިން ވަކި ކުރެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެ އެވެ. އަދި އެ މުވައްޒަފުންނަށް އިތުރު އެއްވެސް ނޯޓިސްއެއް ނުދެވޭނެ ކަަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު