Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ކޮމެޓީ

މެމްބަރުންގެ ހެލްތު އިންޝުއަރެންސް މައްސަލައިގައި ބާއްވާ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި

ކޮމެޓީގެ ބައްދަލުވުން ސިއްރުކުރި ސަބަބު ވަނީ ސާފުވާގޮތް ނުވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2017 | އަންގާރަ 08:58
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާ ކުރާ މާލަމުގައި (ފައިލް ފޮޓޯ)

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާ ކުރާ މާލަމުގައި (ފައިލް ފޮޓޯ)

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް މައްސަލާގައި އާއްމު ކޮމެޓީން ބޭއްވި ބައްދަލުވުން ސިއްރު ކޮށްފި އެވެ.

އަންގާރަ ދުވަހު އާއްމު ކޮމެޓީގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި ވަނީ އެލައިޑް އިންޝުއަރެންސްއިން މެމްބަރުންނަށް ފޯރުކޮށްދޭ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ދިނުމާ ގުޅޭ އެއްބަސްވުމާ އެއްގޮތަށް ހިދްމަތް ލިބެމުން ނުދާތީ އެކަމާގުޅޭ ގޮތުން މެމްބަރުން މަޝްވަރާ ކުރުމަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަފައިވާ ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސްގައި މެމްބަރުންނަށް ވާހަކަ ދެއްކުމަށް އެރުވޭ ފުރުސަތުގެ ދިގުމިން ކަނޑައެޅުމުގެ މައްސަލައެވެ.

Advertisement - newsAdvertisement

އާއްމު ކޮމެޓީން، މީޑިއާތައް އެކޮމެޓީއަށް ނުވައްދަން ނިންމިއިރު، އެގޮތަށް ނިންމި ސަބަބެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އަހަރު ނިމެން ދެމަސް ދުވަހަށް ކައިރިވެފައި ވަނިކޮށް ސަރުކާރުން މިވަނީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހަށް 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފަ އެވެ. ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާ ދެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އެވެ.

މަޖިލީހުގެ މެމްބަރުންގެ ހެލްތް އިންޝުއަރެންސް ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މަޖިލީހުން އިއުލާން ކުރެއެވެ. އަދި ކޮންމެ އަހަރަކު ވެސް އާ އެއްބަސްވުންތަކެއް ހަދަމުންދާއިރު، ވޭތުވެދިޔަ އަހަރުތަކުގައި މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ އެލައިޑް އިންޝުއަރެންސާއެވެ.

މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައަޅަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ދިރާސާ ކުރުމަށްފަހުގަ އެވެ.

މެމްބަރުންގެ ހެލްތް އިންޝުއަރެންސްގެ ހިދްމަތް ފޯރުކޮށްދޭނެ ފަރާތެއް ކަނޑައެޅުމަށް މިދިއަ އަހަރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުމުގައި ވެސް ގިނަ މެމްބަރުން ވަނީ އެލައިޑުން އެކަށީގެންވާ ގޮތެއްގައި ހިދްމަތް ފޯރުކޮށް ނުދޭކަމަށް ވިދާޅުވެފަ އެވެ. އަދި ކޮންމެހެން ނަމަކަށް އެހިދްމަތް ބޭނުންނުވާ ކަމަށް ވިދާޅުވެ، ބައެއް މެމްބަރުން ވަނީ އެލައިޑް އިންޝުއަރެންސްގެ ހިދްމަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ނަމަވެސް އެލައިޑުން ހުށަހަޅާފައިވާ ހެލްތް އިންޝުއަރެންސް ޕެކޭޖް ރަނގަޅު ކަމަށް ބުނެ އެއްބަސްވުމަކަށް އައިސްފައި ވަނީ ވެސް އެލައިޑް އިންޝުއަރެންސާއެކުގަ އެވެ.

އެ ޕެކޭޖްގެ ދަށުން އިންޑިއާ ސްރީލަންކާގެ އިތުރުން އާސިއާންގެ ގައުމުތަކުން ވެސް ބޭސްފަރުވާކުރެވެ އެވެ.

ދައުލަތުގެ ހުރިހާ އިސްވެރިންނަށް ހެލްތު އިންޝުއަރެންސް ދެމުން ގެންދަނީ އެލައިޑުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު