Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ބިގް ބޮސް"

"ބިގް ބޮސް" ދޫކޮށްލާނެ ކަމުގެ އިންޒާރު ސަލްމާން ދީފި

މިއީ ސަލްމާން "ބިގްބޮސް" ހުށައަޅައިދޭ 8 ވަނަ ފަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2017 | އަންގާރަ 06:20
"ބިގްބޮސް" ގެ ޕޯސްޓަރ

"ބިގްބޮސް" ގެ ޕޯސްޓަރ

އިންޑިއާގެ ކަލާސް ޓީވީ ޗެނަލުން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށި "ބިގްބޮސް11" ވަނަ ސީޒަން ނިންމާލާނެކަމަށް ސަލްމާން އަނެއްކާވެސް ބުނެފިއެވެ.

ސަލްމާން އަކީ "ބިގްބޮސް11" ގެ ހޮސްޓެވެ. އޭނާ ވަނީ މިދިޔަ ހަފްތާގެ "ބިގްބޮސް" ޝޯ ކުރިއަށް ގެންދިޔަ ވަގުތުގައި އެ ޝޯއަށް އަލަށް ވަތް ސިންޗަކް ޕޫޖާ ޝޯ ގައި ތައާރަފް ކުރަން ޖެހުމުން ރުޅިގަދަ ވެފައެވެ. ސަލްމާން ވަނީ އެ ޝޯ ދެން ހޮސްޓު ނުކުރާނެކަމަށް ބުނެފައެވެ. ސަލްމާން ވަނީ މީގެ ކުރިންވެސް އޭނާ ހުށައަޅައިދިން "ބިގްބޮސް" ޝޯތަކުގައިވެސް ރުޅިއައިސްގެން އޭނާ ދެން ހޮސްޓެއް ނުކުރާނެކަމަށް ބުނެފައެވެ. އެހެން ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން ޝޯ ހުށައަޅައިދިނުމަށް އާނއެކޭ ކޮންމެ ފަހަރަކު ބުނަނީ އޭނާ އަށް ޝޯ ހުށައަޅައިދިނުމަށް ކިޔާ އަގު ބޮޑުވުމެވެ. "ބިގް ބޮސް 8" އާއި "ބިގް ބޮސް 9" ގައިވެސް ސަލްމާން ވަނީ އޭނާ ޝޯ ހޮސްޓު ނުކުރާނެކަމަށް ބުނެފައެވެ.

މިހާތަނަށް "ބިގްބޮސް"ގެ 10 ޝޯ ވަނީ ދައްކާފައެވެ. މިއީ ސަލްމާން ޚާން "ބިގް ބޮސް" ޝޯ ހުށައަޅައިދޭ 8 ވަނަ ފަހަރެވެ. އޭނާ މިފަހަރުގެ ޝޯ ހުށައަޅައިދެނީ 1.5 މިލިއަންޑޮލަރަށް ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

"ބިގް ބޮސް" ޝޯ އަކީ މަޝްހޫރު ފަރާތްތައް ބައިވެރިކޮށްގެން ގެއެއްގެ ތެރޭގައި ދިރިއުޅެން ޖެހޭ ޝޯއެކެވެ. މި ޝޯގައި އެފަރާތްތަކަށް އެކި ޓާސްކްތައް ހަވާލު ކުރެވެއެވެ. އެ ޓާސްކްތައް ފުރިހަމަ ނުކުރެވޭ ފަރާތްތައް އެ ގެއިން ބޭރު ކުރެވޭ ގޮތަށް އޮންނަ މި ޝޯ ގައި އެ ގެތަކުގައި ސަރވައިވް ވާ 3 މީހުންގެ ތެރެއިން އެއްވަނައަށް ދާ ފަރާތްތަކަށް އަގުބޮޑު އިނާމެއް ދެއެވެ. ގެއިން ބޭރު ކުރެވޭނީ އެގޭގައި އުޅޭ މީހުންނާއި އާންމުންގެ ވޯޓުންނެވެ.

އިތުރަށް ކިޔާލަން

26 ސެޕްޓެމްބަރު 2017

"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު

26 ސެޕްޓެމްބަރު 2017
"ބިގް ބޮސް11"ގެ އެޕިސޯޑަކަށް ސަލްމާނަށް 1.5 މިލިއަން ޑޮލަރު
25 ސެޕްޓެމްބަރު 2017

"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

25 ސެޕްޓެމްބަރު 2017
"ބޮސް" ގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ!
12 ސެޕްޓެމްބަރު 2017

"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި

12 ސެޕްޓެމްބަރު 2017
"ބޮސް" އަޅުވާ ތާރީހު މިމަހުގެ 31 އަށް ފަސްކޮށްފި
09 ސެޕްޓެމްބަރު 2017

"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި

09 ސެޕްޓެމްބަރު 2017
"ބޮސް" ފިލްމުގެ ޓީޒާ އަދި އޯޑިއޯ ހަތަރު ލަވަ ރިލީޒްކޮށްފި
01 އޯގަސްޓު 2017

"ބިގް ބޮސް" ލޯގޯއަށް ބަދަލުތަކެއް ގެނެސްފި

01 އޯގަސްޓު 2017
 "ބިގް ބޮސް" ލޯގޯއަށް ބަދަލުތަކެއް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު