Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރޮހިންޖާ މުސްލިމުން

ރޮހިންޖާ މުސްލިމުންގެ މައްސަލައާ މެެދު މިޔަންމާގެ އަސްކަރިއްޔާ އިން ޒިންމާ ނަގަން ޖެހޭނެ: އެމެރިކާ

އެމެރިކާ އިން މިޔަންމާގެ އަސްކަރިއްޔާ އާ ދެކޮޅަށް އެއްވެސް ކަހަލަ އަސްކަރީ ފިޔަވަޅެއް އަޅާނެ ކަމަށް ނުބުނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2017 | ބުރާސްފަތި 12:18
އެމެރިކާގެ ޚަރިޖީ ވަޒީރު ޓިލާސަން

އެމެރިކާގެ ޚަރިޖީ ވަޒީރު ޓިލާސަން

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ މެދު ކަންކަންވަމުންދާ ގޮތާ މެދު މިޔަންމާގެ އަސްކަރިއްޔާ އިން ޒިންމާ ނަގަން ޖެހޭ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

އެމެރިކާގެ ވޮޝިންޓަންގެ ތިންކް ޓޭންކެއް ކަމަށްވާ "ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް" އަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވިދާޅުވީ މިޔަންމާގެ ރަކައިން ސްޓޭޓުގައި ހިނގަމުންދާ ޖަރީމާތަކަށް ބައިނަލްއަގްވާމީ ދުނިޔެއިން ބަލަން ނުތިބެވޭނެ ކަމަށެވެ. ރެކްސް ޓިލާސަން ބުދަ ދުވަހު މިމޭރުމުން ވާހަކަފުޅުދެއްކެވިއަސް، އެމެރިކާ އިން މިޔަންމާގެ އަސްކަރިއްޔާ އާ ދެކޮޅަށް އެއްވެސް ކަހަލަ އަސްކަރީ ފިޔަވަޅެއް އަޅާނެ ކަމަށް ޓިލާސަން ވިދާޅެއް ނުވެއެވެ.

ޓިލާސަން ވިދާޅުވީ ހަތިޔާރު އެޅި ގްރޫޕްތަކުގެ ނުރައްކާ މިޔަންމާ އަށް ކުރިމަތިވެފައިވާ ކަން އެގިވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް އަސްކަރިއްޔާ އިން ޑިސިޕްލިން ވާން ޖެހޭނެ ކަމަށެެވެ. އަދި ކަންކަން އޮތް ހާލަތު ވަޒަން ކުރުމަށްޓަކައި އެ ސަރަހައްދަށް ވަންނަން ބޭނުންވާ އޮފިޝަލުންނަށް ވަދެވެން ޖެހޭނެ ކަމަށް ވެސް ޓިލާސަން ވިދާޅުވިއެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ 43 މެމްބަރަކު ވަނީ މިޔަންމާގެ އަސްކަރިއްޔާގެ ލީޑަރުންނާ ދެކޮޅަށް، އެމެރިކާ އަށް ދަތުރު ނުކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަށާއި އަދި އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމައް ރައީސް ޓްރަމްޕްގެ ސަރުކާރަށް ދާދިފަހުން ގޮވާލައްވާފައެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާއިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭ ގޮތުން އދ. އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

20 ޖުލައި 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކާ ބައެއް މީހުންގެ ހަށިތައް ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

މިޔަންމާގެ ގެއްލުނު ފްލައިޓްގެ ބައިތަކެއް ފެނިއްޖެ

07 ޖޫން 2017
މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ

މިޔަންމާގެ އަސްކަރީ މަތިންދާ ބޯޓެއް ގެއްލިއްޖެ

07 ޖޫން 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު