Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ސިޓީ ގްރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފި

ސިޓީ ވަނީ އަމިއްލަ ދަނޑުގައި ދެ ލަނޑު އެއް ލަނޑުން ނަޕޯލީ ބަލިިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2017 | ބުދަ 09:14
މެންޗެސްޓާ ސިޓީގެ ބައެއް ކުޅުންތެރިން - މި މެޗުން މޮޅުވުމާއެކު ސިޓީއިން ވަނީ ޖެހިޖެހިގެން 10 މެޗު ކާމިޔާބުކޮށްފަ

މެންޗެސްޓާ ސިޓީގެ ބައެއް ކުޅުންތެރިން - މި މެޗުން މޮޅުވުމާއެކު ސިޓީއިން ވަނީ ޖެހިޖެހިގެން 10 މެޗު ކާމިޔާބުކޮށްފަ

ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕުގެ އެއްވަނައިގައި އެ ޓީމުން ހަމަޖެހިލައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިޓަލީގެ ނަޕޯލީގެ މައްޗަށް ސިޓީ ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ރީތި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައި ވަނީ ސިޓީއިންނެވެ. އެގޮތުން ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓުގައި ކައިލް ވޯކާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ. ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖީސަސް ވަނީ އޭގެ ހަތަރު މިނެޓު ފަހުން ކެވިން ޑެބްރައިނާގެ އެހީތެރި ކަމާއެކު ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ފުޅާ ކޮށްދީފައެވެ.

މި ލަނޑަށް ފަހު ވެސް ސިޓީ އިން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. އެގޮތުން 28 ވަނަ މިނެޓުގައި އޭރިއާ ބޭރުން ޑެބަރައިނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ނަޕޯލީގެ ގޯލުގެ ހުރަސް ދަނޑިއާއެވެ. ނަޕޯލީއަށް ނަތީޖާގެ ފަރަގު ކުޑަކުރަން ލިބުނު ޕެނަލްޓީ އެ ޓީމުގެ ފޯވާޑް ޑްރައިސް މާޓެންސް ބޭކާރު ކޮށްލިއިރު ފުރަތަމަ ހާފު ނިމިފައިވަނީ ދެ ލަނޑު ސުން ލަނޑުން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ނަޕޯލީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް މަޑުމަޑުން ނަގާފައެވެ. އެ ޓީމުން ވަނީ މި ހާފުގައި ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަޕޯލީއަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަވެގެން ދިޔައީ އެ ޓީމުގެ އެލަންއަށް ސިޓީގެ އޭރިއާ ތެރެއިން ފަނާންޑީނިއޯ ފައުލް ކުރުމާއި ވިދިގެން 73 ވަނަ މިނެޓުގައި ރެފްރީ ދިން ޕެނަލްޓީ އަމަދޫ ޑިއަވާރާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މި ގްރޫޕުގައި ދެން ކުޅުނު މެޗުގައި ޔޫކްރެއިންގެ ޝަކްތަރް ޑޮނޭޓްސްކް ވަނީ ރަށުން ބޭރުގައި ދެ ލަނޑު އެއް ލަނޑުން ނެދަލޭންޑްސްގެ ފެޔަނޫދް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފެޔަނޫދްއިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ސްޓީވެން ބާގުއިސްއެވެ. އެހެނަސް ޝަކްތަރްގެ ބްރެޒްލް މިޑްފީލްޑާ ބަނާޑް ވަނީ 24 ވަނަ މިނެޓުގައި ލަނޑެއް ޖަހާ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ޝަކްތަރްއަށް ލީޑު ނަގައިދިނީވެސް ބަނާޑްއެވެ.

މި މޮޅާއެކު ސިޓީއިން ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބު ކޮށް 9 ޕޮއިންޓް ހޯދައި މި ގްރޫޕުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މި ގްރުޕޫގެ ދެވަނައިގައި 6 ޕޮއިންޓާއެކު ޝަކްތަރް އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސިޓީ އަތުން ބަލިވި ނަޕޯލީއެވެ. އަދި ތާވަލުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ފެޔަނޫދްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު