Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑޮނާލްޑް ޓްރަމްޕް

ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމުގެ އިތުރު ހެކި!

17 އޮކްޓޯބަރު 2017 | އަންގާރަ 14:30

އެކި ފަހަރުމަތިން މީޑިއާއަށް މިކަން ހާމަވެފައިވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 17 އޮކްޓޯބަރު 2017 | އަންގާރަ 14:30
ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމަށް ބުނެ ވާހަކަ ދެކެވޭތާ މިހާރު މިވަނީ ދުވަސްތަކެއް ވެފަ

ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމަށް ބުނެ ވާހަކަ ދެކެވޭތާ މިހާރު މިވަނީ ދުވަސްތަކެއް ވެފަ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމަށް ބުނެ ވާހަކަ ދެކެވޭތާ މިހާރު މިވަނީ ދުވަސްތަކެއް ވެފައެވެ. އަދި މިކަމަށް ބާރުދޭ ބައެއް މަންޒަރުތައްވެސް އެކި ފަހަރުމަތިން ފެނިގެން ގޮސްފައިވާއިރު، ހޯމަ ދުވަހުގެރޭ މިފަދަ އިތުރު މަންޒަރެއް ވަނީ ފެނިގެން ގޮސްފައެވެ.

ރައީސް ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމަށް، ނުވަތަ އެމަނިކުފާނު ބާތްމޮފޯބިއާ ތަޖުރިބާ ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބިގެން ދިޔައީ ހޯމަ ދުވަހުގެރޭ ވައިޓްހައުސްގެ ރޯސް ގާޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިނގި ކަންތައްތަކެއްގެ ވީޑިއޯ އާންމުވުމާއި ގުޅިގެންނެވެ.

އާންމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ސެނެޓުގެ މެޖޯރިޓީ ލީޑަރު، މިޗް މެކްކޮނެލް އާއި އެކު ކުރިއަށް ގެންދެވި ޕްރެސް ކޮންފަރެންސަށްފަހު، އެނބުރި ވައިޓްހައުސްއަށް ވަޑައިގަތުމަށް ދެތިން ހަރުފަތުގެ ސިޑިއަކުން އަރާވަޑައިގަތުމަށް ރައީސް ޓްރަމްޕް ވަނީ މެޖޯރިޓީ ލީޑަރު މިޗްގެ އެހީ ހޯއްދަވާފައެވެ. އެގޮތުން، ސިޑިން އަރާވަޑައިގަތުމަށް މިޗްގެ އަތުގައި ޓްރަމްޕް ހިއްޕަވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ރައީސް ޓްރަމްޕް ސިޑިން އަރާވަޑައިގަންނަވަން ބިރުފުޅުގަންނަވާކަމަށް ބުނެ ފުރަތަމަ ވާހަކަ ދެކެވެން ފެށީ މި އަހަރުގެ މާޗް މަހު އިނގެރޭސިވިލާތުގެ ބޮޑުވަޒީރާ ތެރެސާ މޭ ވައިޓްހައުސްއަށް ކުރެއްވި ޒިޔާރަތުގައި ހިނގި ހާދިސާއަކާއި ގުޅިގެންނެވެ. އެފަހަރު ދެބޭފުޅުން ވައިޓްހައުސްގެ ބޭރު ކޮރިޑޯގައި ހިންގަވާފައި ވަޑައިގެން ހަރުފަތަކާއި ހަމައަށް ވަޑައިގެންނެވޭ ހިސާބުން ރައީސް ޓްރަމްޕް ބޮޑުވަޒީރާ މޭގެ އަތްޕުޅުގައި ހިއްޕަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ.

ނަމަވެސް އެފަހަރު ކަން ވީ ގޮތަކީ ކުއްލިއަކަށް އެ ހަރުފަތާއި އަރައި ހަމަވުމުން، ބޮޑުވަޒީރާ މޭއަށް ގެއްލުމެއް ލިބިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އެކަމަނާގެ ރައްކަލަށްޓަކައި އެކަމަނާގެ އަތްޕުޅުގައި ހިއްޕަވީ ކަމަށްބުނެ، އިނގެރޭސިވިލާތުގެ ރަސްމީ ފަރާތްތަކުން ވަނީ އެ ވާހަކަ އޮއްބާލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2017

"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ

27 ސެޕްޓެމްބަރު 2017
"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ
21 ސެޕްޓެމްބަރު 2017

ޓްރަމްޕް ވިދާޅުވި ނެމްބިއާ ކިޔާ އެފްރިކާ ގައުމެއް މީހުން ޗާޓުން ހޯދަނީ...!

21 ސެޕްޓެމްބަރު 2017
ޓްރަމްޕް ވިދާޅުވި ނެމްބިއާ ކިޔާ އެފްރިކާ ގައުމެއް މީހުން ޗާޓުން ހޯދަނީ...!
21 ޖުލައި 2017

ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް އިނގިރޭސި ބަހުން "ހަލޯ" ވެސް އެނގިވަޑައިނުގަންނަވާ: ރައީސް ޓްރަމްޕް

21 ޖުލައި 2017
ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް އިނގިރޭސި ބަހުން "ހަލޯ" ވެސް އެނގިވަޑައިނުގަންނަވާ: ރައީސް ޓްރަމްޕް
27 މެއި 2017

ރައީސް ޓްރަމްޕްގެ އައި ފޯނުގައި އެންމެ އެޕެއް!!!

27 މެއި 2017
ރައީސް ޓްރަމްޕްގެ އައި ފޯނުގައި އެންމެ އެޕެއް!!!
03 މެއި 2017

ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ

03 މެއި 2017
ބަނޑުން އިތުރު ބޮލެއް ފަޅާފައިވާ ކުއްޖަކު އުފަން ވެއްޖެ
28 އެޕްރީލު 2017

ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި

28 އެޕްރީލު 2017
ރައީސް ޓްރަމްޕް އެންމެ މޮޅަށް ތަމްސީލް ކުރާ މީހަކު ހޮވުމުގެ މުބާރާތް ބާއްވައިފި
08 މާރިޗު 2017

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ
27 ފެބުރުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ

27 ފެބުރުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރާއި ދެކޮޅަށް އިހްތިޖާޖްކުރި އިރާންގެ ފިލްމު ޑިރެކްޓަރަށް އޮސްކާ އެވޯޑް ލިބިއްޖެ
10 ފެބުރުއަރީ 2017

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި
07 ޖެނުއަރީ 2017

" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި

07 ޖެނުއަރީ 2017
" ބައިވެރިޔާ" ގެ އިތުރު ޝޯތަކެއް މިމަހުގެ 5 އަދި 6 ގައި އޮލިމްޕަހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް