Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިއުޓަން

"ނިއުޓަން" އަށް ލިބޭ ތަރުހީބު އިތުރުވަނީ

މި ފިލްމަށް މިހާރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.90 ކުރޯޑް ރުޕީސް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2017 | ބުދަ 05:53
ނިއުޓަންގެ ޕޯސްޓަރ

ނިއުޓަންގެ ޕޯސްޓަރ

މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް އައި "ނިއުޓަން" އަށް ލިބޭ ތަރުހީބު އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރު ވަމުންނެވެ.

"ނިއުޓަން" ރިލީޒް ކޮށްފައި ވަނީ "ބޫމީ" އަދި "ހަސީނާ" ރިލީޒް ކުރުމާއި އެކީގައެވެ. އެހެން ނަމަވެސް "ނިއުޓަން" ވަނީ އެ ދެ ފިލްމަށް ވުރެ ކުރިއަށް ޖައްސާލާފައެވެ.

"ނިއުޓަން" ރިލީޒް ވުމުގެ ކުރިން އެ ފިލްމަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން އެ ފިލްމު ފްލޮޕްވާނެ ކަމަށް ބުނެ ވަނީ ފާޑުކިޔުންތެރިން ފާޑު ކިޔާފައެވެ. އެހެން ނަމަވެސް ފާޑު ކިޔުންތަކާއި

ހެދި ފިލްމު ފްލޮޕް ނުވެ ކާމިޔާބު ލިބެމުން ދަނީ ފިލްމުގެ ވާހަކައިގެ މޮޅު ކަމުން ކަމަށް ފިލްމު ބެލި ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިފިލްމުގައި ރާޖްކުމާރުގެ މޮޅު އެކްޓިން ފެނުމުން މި ފިލްމަށް ބެލުންތެރިން ޝައުގުވެރިކަން ދިޔައީ ބޮޑުވެގެންނެވެ.

ބޮލީވުޑްގެ ތަރިންވެސް ވަނީ މި ފިލްމުގެ މޮޅު ވާހަކަ ދައްކާފައެވެ. އެފަރާތްތަކުން މި ފިލްމަށް ތައުރީފު އޮއްސަމުންދާއިރުގައި މި ފިލްމަށް މިހާރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.90 ކުރޯޑް އިންޑިއަން ރުޕީސްއެވެ.

"ނިއުޓަން" އަކީ އިންޑިއާގެ ރަށްފުށު ހިސާބެއްގައި އަމާން އޮމާން ކަމާއެކު އިންތިހާބެއް ބޭއްވުމަށް ދާ އޮފިޝަލަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.

"ނިއުޓަން" ވަނީ އޮސްކާ އެވޯޑް ހަފްލާގައި ދައްކާލާ ހިންދީ ފިލްމުގެ ގޮތުގައި ނޮމިނޭޓްވެސް ވެފައެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

ލިބޭ އެވޯޑަކީ މީހާގެ ހުނަރު އެނގުމެއް ނޫން: ތާޕްސީ

28 ޑިސެމްބަރު 2017
ލިބޭ އެވޯޑަކީ މީހާގެ ހުނަރު އެނގުމެއް ނޫން: ތާޕްސީ
07 ޑިސެމްބަރު 2017

ޕްރިޔަންކާ އޭނާއަށް ލިބޭ މެއިލެއް ނުކިޔާ

07 ޑިސެމްބަރު 2017
ޕްރިޔަންކާ އޭނާއަށް ލިބޭ މެއިލެއް ނުކިޔާ
15 ނޮވެމްބަރު 2017

ޝާހާ އެކު ފިލްމެއް ކުޅޭކަށް ހުށަހެޅުމެއް ނުލިބޭ: ވިދްޔާ

15 ނޮވެމްބަރު 2017
ޝާހާ އެކު ފިލްމެއް ކުޅޭކަށް ހުށަހެޅުމެއް ނުލިބޭ: ވިދްޔާ
17 އޮކްޓޯބަރު 2017

"ސީކްރެޓް ސުޕަސްޓަރ": އެއްދުވަހުން 4 ކުރޯޑް ރުޕީސް ލިބޭނެ!

17 އޮކްޓޯބަރު 2017
"ސީކްރެޓް ސުޕަސްޓަރ": އެއްދުވަހުން 4 ކުރޯޑް ރުޕީސް ލިބޭނެ!
30 ޖުލައި 2017

"ނޯޓީ 40"އަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑު: ޕްރޮޑިއުސަރ

30 ޖުލައި 2017
"ނޯޓީ 40"އަށް ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑު: ޕްރޮޑިއުސަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު