Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ރިޕޯޓް: ފަގީރު އާއިލާއަކުން އުފަންވި ހުނަރުވެރި ކުޅުންތެރިއެއް!

16 އޮކްޓޯބަރު 2017 | ހޯމަ 04:18

ރޮނާލްޑޯ އަށް ލިބިފައިވާ މުއްސަނދިކަމާއެކުވެސް އޭނާއަކީ ގިނަ ބަޔަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކުޅުންތެރިއެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 16 އޮކްޓޯބަރު 2017 | ހޯމަ 04:18
ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ އަދި ދަރިފުޅު

ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ އަދި ދަރިފުޅު

ޕޯޗުގަލްގެ މެޑެއިރާއަށް އުފަން އުމުރުން 32 އަހަރުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އޭނާގެ މަންމަ އާއި ބައްޕައަށް ލިބުނު އެންމެ ހަގު ދަރިފުޅެވެ. ރޮނާލްޑޯގެ ޢާއިލާއިގައި އޭނާއާއި އެކު ޖުމްލަ ހަތަރު ކުދިން ތިބެއެވެ. އެއީ ބޭބެއަކާއި ދެ ދައްތައެވެ.

ކްރިސްޓިއާނޯގެ ފަހަތަށް “ރޮނާލްޑޯ” މި ނަން އިތުރުކުރީ ރޮނާލްޑޯގެ ބައްޕަގެ ފޭވަރިޓް އެކްޓަރުގެ ނަމާއި އެއްގޮތް ކުރުމުގެ ގޮތުންނެވެ. ރޮނާލްޑޯގެ ބައްޕަގެ ފޭވަރިޓް އެކްޓަރަކީ އެމެރިކާގެ ރައީސްކަންވެސް ކުރިން ކޮށްފައިވާ ރޮނާލްޑް ރޭގަންއެވެ.

ރޮނާލްޑޯގެ ޢާއިލާއަކީ ބަނޑުހައި ހޫނުކަމުގައި އުޅުނު ފަޤީރު ޢާއިލާއެކެވެ. ރޮނާލްޑޯ ބޮޑުވަމުން އައީ އޭނާގެ ބޭބެ އާއި ދެ ދައްތައާއެކު އެއް ކޮޓަރިއެއްގައެވެ. ސްކޫލްގައި ކިޔަވަމުން ދިޔައިރު ރޮނާލްޑޯއަކީ އެހެންކުދިންގެ މެދުގައި މަޤްބޫލު ކުއްޖެކެވެ. ނަމަވެސް ޓީޗަރެއްގެ ގަޔަށް ގޮނޑިއެއް އެއްލާލި މައްސަލައިގައި ރޮނާލްޑޯ ސްކޫލުން ވަކިކުރިއެވެ. ރޮނާލްޑޯ ބުނިގޮތުގައި އެކަން ކުރީ ޓީޗަރު އޭނާއަށް އިހްތިރާމް އަދާނުކުރީމައެވެ.

ރޮނާލްޑޯ އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެންފެށީ އުމުރުން 8 އަހަރުގައެވެ. ޕޯޗުގަލްގެ އާދައިގެ ޓީމެއްގައި ކުޅުނުއިރު ރޮނާލްޑޯގެ ބައްޕަ އަކީ އެޓީމްގެ “ކިޓް މެން” އެވެ. އެއަށްފަހު އޭނާ ފުރަތަމަ ފަހަރަށް ޓީމަކަށް ކުޅެން ސޮއި ކުރީ 1995 ވަނަ އަހަރުއެވެ. އެއީ ޕޯޗުގަލްގެ ނޭޝިއަނަލް އަށެވެ. އެއަށްފަހު ދެން އޭނާ ބަދަލުވީ ޕޯޗުގަލްގެ ސްޕޯޓިން ކްލަބަށެވެ. ސްޕޯޓިން ކްލަބްގައި އުޅުނުއިރު އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލަށް ޖެހިދާނެފަދަ ޞިއްޙި މައްސަލައެއް ކުރިމަތިވިއެވެ. ހިތުގެ ތެޅުން މާ އަވަސްވުމުން ކުރިމަތިވި އުނދަގޫތަކާއިހެދި ދުވަސްކޮޅަކަށް ފުޓްބޯޅަ ކުޅުމާ ރޮނާލްޑޯ ދުރުވިއެވެ. އަދި މަންމަގެ އެހީތެރިކަމާއިއެކު ސާޖަރީ ހަދައި ރަނގަޅުވުމުން އަލުން ފުޓްބޯޅަ ކުޅެންފެށިއެވެ.

ު

ރޮނާލްޑޯ މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔައީ ސްޕޯޓިންގައި ކުޅެމުންދަނިކޮށް އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑުން 18 އަހަރުގައި އޭނާ ގެންދިޔަ ހިސާބުންނެވެ. 2003 ވަނަ އަހަރު މެންޗެސްޓަރ އަށް ބަދަލުވުމުގެ ކުރިން ރޮނާލްޑޯއަށް ވަނީ އާސެނަލްގައި ފަރިތަކުރުމުގެ ފުރުޞަތު އެ ކްލަބުން ދީފައެވެ. ނަމަވެސް ރޮނާލްޑޯގެ ހުނަރު އޭރު އެ ކްލަބަށް ފާހަގައެއް ނުކުރެވުނެވެ. ފުޓްބޯޅައިގައި ރޯނާލްޑޯއަށް ލިބިފައިވާ ހުނަރާއެކު އެންމެ އުހަށް އޭނާ އެރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެއަށްފަހު 2009 ވަނަ އަހަރު ރޮނާލްޑޯ ރިއަލް މެޑްރިޑަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ.

ރޮނާލްޑޯ އަށް ލިބިފައިވާ މުއްސަނދިކަމާއި އެކުވެސް އޭނާއަކީ ގިނަ ބަޔަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކުޅުންތެރިއެކެވެ. މިގޮތުން 2011 ވަނަ އަހަރު ޔޫރަޕުން އެންމެ ގިނައިން ގޯލްޖަހައިގެން ލިބުނު ރަންބޫޓް 1.5 މިލިއަން ޔޫރޯއަށް ވިއްކާލުމަށްފަހު ލިބުނު ފައިސާ އޭނާ ވަނީ ފަލަސްތީނުގެ ގައްޒާގައި އުޅޭ ސްކޫލް ކުދިންނަށް ހަދިޔާކޮށްފައެވެ. މީގެ އިތުރުން ކެންސަރާއި ހަނގުރާމަކުރި ރޮނާލްޑޯގް މަންމަ ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވި މެޑެއިރާގެ ހޮސްޕިޓަލަށް އޭނާ ވަނީ 2009 ވަނަ އަހަރު އެއްލައްކަ ޕައުންޑް ހަދިޔާކޮށްފައެވެ. މި ފައިސާ ރޮނާލްޑޯ ހަދިޔާ ކުރީ އޭނާގެ އުފަން ރަށުގައި ކެންސަރ ސެންޓަރެއް ޤާއިމްކުރުމަށެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގައި ގެއްލުންވި އިންޑޮނީޝިޔާއަށް ޒިޔާރަތް ކުރުމަށްފަހު އޭނާ ވަނީ އެތަން އާރާސްތުކުރުމަގައިވެސް އެހީތެރިވެދީފައެވެ. އިންޑޮނީޝިޔާއަށް ޒިޔާރަތް ކުރުމަށް ރޮނާލްޑޯ ޝައުގުވެރިވީ އެޤައުމަށް ސުނާމީ އެރިއިރު ޕޯޗުގަލްގެ 7 ނަންބަރ ޖޯޒީއެއް ލައިގެން ހުރި ކުއްޖެއްގެ ވީޑިއޯއެއް ފެނިގެންނެވެ. އެ ވީޑިއޯގައި ފެންނަ ކުއްޖާގެ މުޅި ޢާއިލާ ވަނީ ސުނާމީގައި ދުނިޔެ ދޫކޮށް ގޮސްފައެވެ.

ޒިންމާދާރު ބައްޕައެއްގެ މަޤާމް އަދާކުރަމުންދާ ރޮނާލްޑޯއަށް ކުއްޖަކު ލިބުނީ 2010 ވަނަ އަހަރުގެ ޖުލައިމަހުގެ ތިންވަނަ ދުވަހުއެވެ. ނަމަވެސް ކުއްޖާގެ މަންމަގެ ނަން ރޮނާލްޑޯވަނީ ސިއްރުކޮށްފައެވެ. ދަރިފުޅު ބެލުމާއި ހަވާލުވެގެން ތިބެނީ ރޮނާލްޑޯގެ ޢާއިލާއިންނެވެ. ރޮނާލްޑޯގެ ކުރީގެ ލޯބިވެރިޔާ ރަޝިޔާގެ މޮޑެލްއެއް ކަމުގައި އިރީނާ ޝައިކް ދޫކޮށްލުމަށްފަހު އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސްޕެއިންގެ މޮޑެލްއެއް ކަމުގައިވާ ޖޯޖީނާ ރޮޑްރިގޭޒްއާއެވެ. މިހާރު ރޮނާލްޑޯ ޖޯޖީނާއާ ކައިވެނިކުރުމަށްވެސް ޑޭޓެއް ކަނޑައަޅާފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. މި ރިޕޯޓް ބުނާގޮތުން ރޮނާލްޑޯ ޖޯޖީނާއާ ކައިވެނި ކުރާނީ އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑްކަޕަށްފަހު ގައެވެ. ބައެއް ރިޕޯޓްތަށް ބުނާގޮތުން އެ ކައިވެނި ބިނާވެގެން ވަނީ ޕޯޗުގަލްއަށް ވޯލްޑްކަޕުގައި ލިބޭ ކާމިޔާބީއެއްގެ މައްޗަށެވެ.

ރޮނާލްޑޯ އަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި އެއްދުވަހަކީ އޭނާގެ ބައްޕަ ނިޔާވި ދުވަހެވެ. އުމުރުން 52 އަހަރުގައި ރޮނާލްޑޯ ލޯބިވާ ބައްޕަ ދުނިޔެ ދޫކޮށް ދިޔައީ 2005 ވަނަ އަހަރުއެވެ. އެއަށްފަހު ރޮނާލްޑޯއަށް ލިބޭ ކާމިޔާބީތަކުގައި މަންމަ މާރިއާ ޑޮލޮރެސް އަކީ މުހިއްމު ރޯލެއް އަދާކުރާ ފަރާތެކެވެ.

މަޝްހޫރުކަމާއި އެއްވަރަށް އޭނާއަކީ ސަޕޯޓަރުންނާއި ގާތް ގުޅުމެއްވެސް ބާއްވާ ކުޅުންތެރިއެކެވެ. ސޯޝަލް ނެޓްވޯކްތައް މެދުވެރިކޮށް ސަޕޯޓަރުންނަށް އޭނާއާއި ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށްދެއެވެ. 2012 ވަނަ އަހަރު ފޭސްބުކުން ރޮނާލްޑޯ ފޮލޯ ކުރާމީހުންގެ އަދަދު 50 މިލިއަންއަށް އެރިއެވެ. މީގެ އިތުރުން 2013 ވަނަ އަހަރު ފަހުކޮޅު އޭނާވަނީ އޭނާގެ އުފަން ރަށުގައި ރޮނާލްޑޯގެ ނަމުގައި މިއުޒިއަމެއްވެސް ހުޅުވާފައެވެ. އަދި އެންމެ ފަހުން ހުޅުވި ރޮނާލްޑޯގެ ޚާއްޞަ ވެބްސައިޓް “ވިވާ ރޮނާލްޑޯ” އާއި އެކު އޭނާގެ ސަޕޯޓަރުންނަށް ވަނީ ހިނިތުންވުން ގެނެސްދީފައެވެ.

ފަޤީރު ޢާއިލާއަކަށް އުފަންވި ނަމަވެސް މިހާރު އޭނާއަށް ލިބިފައިވާ މުއްސަނދި ކަމާއި މަޝްހޫރުކަމަކީ ފުޓްބޯޅަ ކެރިއާގައި އޭނާ ކުރި ބުރަ މަސައްކަތުގެ ނަތިޖާ އެވެ. އެގޮތުން ރޮނާލްޑޯއަކީ ޔޫރަޕްގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިއާއެވެ. އެންމެ ފަހުން ޔޫއެފާއިން ދިން މޮޅުކުޅުންތެރިއާގެ އެވޯޑްވެސް ލިބިފއިވަނީ ރޮނާލްޑޯއަށެވެ. ރޮނާލްޑޯވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް 4 ފަހަރު ހޯދާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2019

ޒުވާން ޓީމު ވަރަށް ހުނަރުވެރި، ސައުދީ ބަލިކުރެވޭނެކަމުގެ އުންމީދު އެބައޮތް: ގައުމީ ކޯޗު

22 މާރިޗު 2019
ޒުވާން ޓީމު ވަރަށް ހުނަރުވެރި، ސައުދީ ބަލިކުރެވޭނެކަމުގެ އުންމީދު އެބައޮތް: ގައުމީ ކޯޗު
11 އޮކްޓޯބަރު 2017

ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް

11 އޮކްޓޯބަރު 2017
ވޭލްސްގެ ކޯޗުގެ މަގާމުގައި ކޯލްމަން ދެމިހުރުމަށް ކުޅުންތެރިން ބޭނުންވޭ: ރިޕޯޓް
03 ސެޕްޓެމްބަރު 2017

ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި

03 ސެޕްޓެމްބަރު 2017
ބާސާގެ އެއްބަސްވުން މެސީ އާ ނުކުރާނެކަމަށް ރިޕޯޓްތައް ބުނެފި
12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
08 އޯގަސްޓު 2017

2018/2017 ގެ ސީޒަނުގައި ގިނަ ރެކޯޑްތަކެއް ފެނިގެންދާނެ : ރިޕޯޓް

08 އޯގަސްޓު 2017
2018/2017 ގެ ސީޒަނުގައި ގިނަ ރެކޯޑްތަކެއް ފެނިގެންދާނެ : ރިޕޯޓް
10 ޖުލައި 2017

ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް

10 ޖުލައި 2017
ކުރިޔަށް އޮތް ސީޒަނުގައިވެސް ރޮނާލްޑޯ ފެންނާނީ ރެއާލް އިން: ރިޕޯޓް
14 ޖޫން 2017

ރެއާލް ދޫކޮށް ޑެނީލޯ އާސެނަލްއަށް ބަދަލު ނުވާނެ: ރިޕޯޓް

14 ޖޫން 2017
ރެއާލް ދޫކޮށް ޑެނީލޯ އާސެނަލްއަށް ބަދަލު ނުވާނެ: ރިޕޯޓް
04 ޖޫން 2017

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް
28 ފެބުރުއަރީ 2017

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް
28 ފެބުރުއަރީ 2017

ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް

28 ފެބުރުއަރީ 2017
ވެންގާ އާސެނަލް ދޫކޮށްފި ނަމަ ހަވާލުވުން އެންމެ ގާތީ ރެއާލްއާ: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް