Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާއްޖެ - ސައުދީ

ޒުވާން ޓީމު ވަރަށް ހުނަރުވެރި، ސައުދީ ބަލިކުރެވޭނެކަމުގެ އުންމީދު އެބައޮތް: ގައުމީ ކޯޗު

22 މާރިޗު 2019 | ހުކުރު 09:37

ސައުދީއާ ދެކޮޅަށް ރާއްޖެ ނިކުންނަ މެޗުގައި ކޯޗުކަންކުރާނީ ޝާކިއްޓެ

ލީވާން އަލީ
ލީވާން އަލީ | 22 މާރިޗު 2019 | ހުކުރު 09:37
ގައުމީ ކޯޗު ސެގާޓް އިންޓަވިއު ދެނީ

ގައުމީ ކޯޗު ސެގާޓް އިންޓަވިއު ދެނީ

ރާއްޖޭގެ ޒުވާން ޓީމު ވަރަށް ހުނަރުވެރި ކަމަށާއި، ސައުދި އަރަބިއްޔާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރެވޭނެ ކަމަށް ރާއްޖޭގެ ގައުމީ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ރައުންޑުގެ ގްރޫޕް ޑީ ގައި ސައުދީއާ ދެކޮޅަށް ރާއްޖެ ނިކުންނަ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެގާޓް ބުނީ، ރާއްޖޭގެ ޓީމަކީ ވަރަށް ހުނަރުވެރި ޓީމެއް ކަމަށާއި، ޓީމުގައި 17 އަހަރުގެ ކުޅުންތެރިންވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ސެގާޓް ބުނީ، ރާއްޖެ ވަނީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައި ކަމަށާއި، އެއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ސައުދީއާ ދެކޮޅަށް ނިކުންނަ މެޗުވެސް ކާމިޔާބުކުރެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ގްރޫޕްގައި ހިމެނެނީ ވަރުގަދަ ޓީމުތައްކަން ފާހަގަކުރަމުން ސެގާޓް ބުނީ، މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތް ކުރާނެ ކަމަށާއި، އެކަމަށް ވަރަށް ބޮޑަށް އުންމީދުވެސް ކުރާ ކަމަށެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫޕް ޑީގައި ސައުދީ، ޔުނައިޓެޑް އަރަބް އެމިރެޓްސް އަދި ލެބްނާންއާ އެކުގައެވެ.

މުބާރާތަށް ފުރުމުގެ ކުރިން ޒުވާން ޓީމު ވަނީ ހަތަރު ހަފްތާގެ ތަމްރީން ދަތުރެއް ފިލިޕިންސްގައި ހޭދަކޮށް، މެޗުތަކެއްވެސް ކުޅެފައެވެ. ސެގާޓް ބުނީ، އެ ތަމްރިން ދަތުރު ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.

ސައުދީއާ ދެކޮޅަށް ޒުވާން ޓީމު ނިކުންނަ މެޗުގައި ކޯޗުކޮށްދޭނީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. ސީނިއާ ޓީމުގެ ކޯޗު ސެގާޓް ޒުވާން ޓީމާއެކު ތަމްރީންތަކުގެ އިތުރުން ސައުދީއަށް ދަތުރުކުރީ އެފްއޭއެމްގެ އެދުމުގެ މަތިންނެވެ.

ޝާކިއްޓެއާ ބެހޭގޮތުން ވާހަކަދައްކަމުން ސެގާޓް ބުނީ، އެއީ އެންމެ ކާމިޔާބު ޔޫތު ކޯޗު ކަމަށާއި، ޝާކިއްޓެއަށް ކާމިޔާބީއަށް އެދޭ ކަމަށެވެ. އަދި ސެގާޓް ބުނީ، އެފްއޭއެމުން ބޭނުންވަނީ ޔޫތު ކޯޗުންނާއި، ކުޅުންތެރިން ކުރިއަރުވަން ކަމަށާއި، އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

ރާއްޖެ އަދި ސައުދީ ބައްދަލުކުރާ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 10:25 ގައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް