Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ތަފާތު ބޮޑު ނަތީޖާއަކުން ސިޓީ މޮޅުވިއިރު ޗެލްސީ ބަލިވެއްޖެ

ސިޓީ ވަނީ 7-2 އަކުން ސްޓޯކް ސިޓީ ބަލިކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2017 | ހޮނިހިރު 23:05
ލީރޯއި ސާނޭ -  އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ

ލީރޯއި ސާނޭ - އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފަ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު މެޗުން އެ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު ޗެލްސީ ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ސޮޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ ތިން ލަނޑު ދެ ލަނޑުންނެވެ. މުޅި މެޗުވެސް ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފެއްދި ސިޓީއިން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. ކައިލް ވޯކާ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސިޓީއަށް ލީޑު ނަގައިދިނީ ގެބްރިއެލް ޖީސަސްއެވެ. އޭގެ ދެ މިނެޓު ފަހުން ސާނޭ ތަނަވަސްކޮށްދިން ފުރުސަތަކުން ސްޓާލިން ވަނީ ލަނޑެއް ޖަހައި ސިޓީގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ސިޓީއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ކާމިޔާބު ކޮށްދިނީ ޑޭވިޑް ސިލްވާއެވެ. އެހެނަސް ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސްޓޯކްގެ މަމޭ ބިރާމް ޑިއުފް ވަނީ ލަނޑެއް ކާމިޔާބުކޮށް ސްޓޯކަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ ތިން ލަނޑު އެއް ލަނޑުން ސްޓޯކުގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެ މިނެޓު ނުވަނީސް ކައިލް ވޯކާ އަތުން ބައިކޮޅަށް ވަތް ލަނޑުން މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔައެވެ. އެހެނަސް މި ލަނޑު ވަނުމާއެކު ސިޓީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދަން ފަށާފައެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ކެވިން ޑެބްރައިނާ ނެގި ހިތްގައިމު ހުރަހަކުން ޖީސަސް ވަނީ ނަތިޖާގެ ފަރަގު ސިޓީއަށް ބޮޑު ކޮށްދީފައެވެ.

އޭގެ ފަސް މިނެޓު ފަހުން ފަނާންޑީނިއޯ ވަނީ އޭރިއާ ބޭރުން ހިތްގައިމު ލަނޑެއްޖަހާ ސިޓީއަށް މެޗުން ތިން ޕޮއިންޓް ގެރަންޓީ ކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން ސާނޭ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. ސިޓީގެ ހަތްވަނަ ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމާއި އަލަށް ގުޅުނު ޕޯޗުގަލްގެ މިޑްފީލްޑާ ބަނާޑޯ ސިލްވާއެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޗެލްސީ ވަނީ ތާވަލުގެ އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލަސް އަތުން ދެ ލަނޑު އެއް ލަނޑުން ބަލިވެފައެވެ. ޕެލަސްއިން މި މެޗުގެ ލީޑު ނެގީ 11 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ޗެލްސީގެ ޑިފެންޑާ ސީޒާ އަޒްޕްލިކުއެޓާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ހަތް މިނެޓު ފަހުން ޗެލްސީ އާއި އަލަށް ގުޅުނު މިޑްފީލްޑާ ޓިމޯ ބަކަޔޯކޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ޕެލަސްގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިލްފްރީޑް ޒަހާއެވެ.

ސިޓީ ވަނީ މި މޮޅާއެކު ޕްރިމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ކުޅުނު އަށް މެޗުން ލިބުނު 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތްއިރު ދެވަނައިގައި 20 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ޗެލްސީ މި މެޗުން ބަލިވުމާއެކު އެ ޓީމު އޮތީ ކުޅުނު އަށް މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ. ކްރިސްޓަލް ޕެލަސް މޮޅުވި ނަމަވެސް އެ ޓީމު އޮތީ ތާވަލުގެ ފުލުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު