Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިންގ މިނިސްޓްރީގެ ޕްރެސް

ސަރުކާރު މުވައްޒަފުންނަށް ހާއްސަ ކުރެވޭ ފްލެޓަށް ކުރިމަތިލުމަށް ނޮވެމްބަރު މަހުގައި ހުޅުވާލަނީ

ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނަށް 1000 ފްލެޓް ވަނީ ހާއްސަކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 10:15
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިން 1،000 ފްލެޓް ސިވިލް ސަރވިސް މުވައްޒަފުންނަށް ދޭން ނިންމައިފި އެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހުޅުމާލޭގައި އިމާރާތް ކުރުމަށް ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ 7،000 ފްލެޓްގެ ތެރެއިން 1،000 ފްލެޓް ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ ކަމަށެވެ.

މި ފްލެޓްތަކަށް ހުޅުވާލާފައި ވަނީ ތިން ކެޓަގަރީއަށް ބަހާލައިގެންނެވެ. މުއިއްޒު ވިދާޅުވީ، މި ނިންމުމަކީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ނިންމި ނިންމުމެއް ކަމަށާއި މި ފްލެޓް ތަކުގެ ސަބަބުންވެސް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލުތަކެއް ލިބިދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެގޮތުން ސަރުކާރު މުވައްޒަފުންގެ 26 ޕަސެންޓަށް ބޯހިޔާވަހިކަން ކަށަވަރު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"މިއީ ހަމައެކަނި މާލޭ ސަރަހައްދަށް ހުޅުވާލި ފްލެޓްތައް. ކުރިއަށް އޮތް އަހަރުގައި އަތޮޅުތެރޭގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ފްލެޓަށް ހުޅުވާލާނަން،" މުއިއްޒު ވިދާޅުވި އެވެ.

މި ފްލެޓްތައް ދިނުމުގައި ތައުލީމީ ފެންވަރާއި ވަޒީފާގައި ދެމި ހުރި މުއްދަތަކަށް ބަލާނެ ކަމަށާއި އަންނަ ނޮވެމްބަރު މަހުގެ 01 ފެށިގެން މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި 15 ޖެނުއަރީއާ ހަމައަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ސިވިލް ސަރވިސް މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ފްލެޓްތައް ދިނުމުގައި ދިރިއުޅުމުގެ ހާލަތަށް ބަލާ ގެދޮރުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ފްލެޓް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ފްލެޓްތަށް ދޫކުރަނީ ސިވިލް ސަރވިސް މުވައްޒަފުންގެ ތެރެއިން ވަކި ލެވެލް އެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

"ވަކި ރޭންކްތަކެގައި ތިބޭ މުވައްޒަފުންނަށް ފްލެޓްތައް މި ލިބެނީ. އެގޮތުން ފަންނީ މެނޭޖީރިއަލް ލެެވެލް (އެމްއެސް ޓޫ އިން އީއެކްސް ފައިވް ރޭންކް). އިދާރީ މަގާމުތަކަށް ( އެމްއެސްޓޫ އިން ޖީއެސް ތްރީ)، ސަޕޯޓް ސަރވިސް ( އެސްއެސް ފޯ އިން އެސްއެސް ވަން). އޮނިގަނޑުގެ ތެރެއިން ވަޒީފާ އަދާކުރާ ފަރާތްތަކަށް މި ހާއްސަ ކުރެވެނީ. އަދި ކަނޑައެޅިފައިވާ ރޭޝިއޯ އިން ފްލެޓް ދެވޭނެ އަދަދުތައް ވެސް ކަނޑާލެވިފައި ވަނީ. އަދި އެކި މިނިސްޓްރީތަކަށް ލިބޭނެ ފްލެޓްގެ އަދަދު ވެސް ކަނޑައަޅާފައި ވަނީ. އެގޮތުން މިނިސްޓްރީތަކަށް އެމައުލޫމާތުތައް ހާމަކުރަމުންދާނަން،" މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުން 1000 ފްލެޓް ސިވިލް ސަރވިސް މުވައްޒަފުންނަށް ހުޅުވާލާފައިވާ އިރު ފަންނީ އަދި މެނޭޖްމެންޓް ލެވެލްގެ މަގާމުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް 300 ފްލެޓް ދެވޭ އިރު، އިދާރީ މަސައްކަތް ކުރާ ސްޓާފުންނަށް 300 ފްލެޓް ލިބޭނެ އެވެ. އަދި ސިވިލް ސަރވިސް ސަޕޯޓް ސާވިސް މަސައްކަތް ކުރާ ސްޓާފުންނަށް 400 ފްލެޓް ލިބިގެންދާނެ އެވެ.

މިނިސްޓަރ ވިދާޅުވީ، މިއަހަރު އިއުލާނު ކުރި 7000 ފްލެޓް ގެ އިތުރަށް އަންނަ އަހަރު ވެސް 8000 ފްލެޓް އެޅުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ވެސް ފްލެޓް އެޅިގެންދާނެ ކަމަށް މިނިސްޓަރ މުއިއްޒު ވިދަޅުވި އެވެ.

މިނިސްޓަރ މުއިއްޒު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހުޅުވާލާ މި ފުރުސަތުގެ ތެރެއިން ފްލެޓްތައް ދެވޭ ފަރާތްތައް ކަނޑައެޅި އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ލިޔުން ހަވާލު ކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު