Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރަޝިއާގެ މަނަވަރަކަށް ޔޫކްރެއިންގެ ޑްރޯން ހަމަލާއެއް، ގެއްލުމުގެ ތަފުސީލެއް ނޭނގޭ!

14 ނޮވެމްބަރު 2026 | ހޮނިހިރު 08:44

ފިންލެންޑް ކަނޑުގައި އޮތް ރަޝިއާގެ 'ނާރޯ-ފޮމިންސްކް' މަނަވަރަށް ޔޫކްރެއިނުން ދިން ޑްރޯން ހަމަލާއެއްގައި އެ އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި. މި ހަމަލާއާ ގުޅިގެން މަނަވަރުން ދުން އަރަމުންދަނިކޮށް ފެނިފައިވާއިރު، މި ހާދިސާއާއެކު ބޯލްޓިކް ކަނޑުގެ ސަލާމަތާއި ކަނޑުއަޑީގެ ކޭބަލްތަކުގެ ރައްކާތެރިކަމާ މެދު ވަނީ ކަންބޮޑުވުން އުފެދިފައި

ނިއުސް ޓީމް
ނިއުސް ޓީމް | 14 ނޮވެމްބަރު 2026 | ހޮނިހިރު 08:44
ރަޝިއާގެ އަސްކަރިއްޔާގެ 'ނާރޯ-ފޮމިންސްކް' ނަން ކިޔާ މަނަވަރު [ފައިލް]

ރަޝިއާގެ އަސްކަރިއްޔާގެ 'ނާރޯ-ފޮމިންސްކް' ނަން ކިޔާ މަނަވަރު [ފައިލް] | ރަޝިޔާ ޑިފެންސް މިނިސްޓްރީ

ފިންލެންޑް ކަނޑުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ނޮވެންބަރު 11 ވީ ބުދަ ދުވަހު ޔޫކްރެއިނުން ޑްރޯން ހަމަލާއެއް ދީފި ކަމަށް ފިންލެންޑްގެ އޮފިޝަލުން ކަށަވަރުކޮށްދެއްވައިފި އެވެ. ބޯލްޓިކް ކަނޑުގެ އާންމު ވިޔަފާރި ދަތުރުފަތުރަށް ހުޅުވިފައިވާ ސަރަހައްދެއްގައި އޮތް ރަޝިއާގެ އުޅަނދަކަށް ޔޫކްރެއިންގެ ޑްރޯންތަކުން ހަމަލާދިން މިއީ ފުރަތަމަ ފަހަރު ކަމަށް ބެލެވެ އެވެ. މިއާއެކު، ޔޫކްރެއިނުން އެ ސަރަހައްދުގައި ދެމުންގެންދާ އަސްކަރީ ހަމަލާތައް އިތުރަށް ފުޅާކޮށްފާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މި ހަމަލާއާ ގުޅޭ މާ ގިނަ ތަފުސީލުތަކެއް އަދި ހާމަވެފައި ނުވި ނަމަވެސް، ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސްއިން (އެސްބީޔޫ) ބުނީ އެ އިދާރާގެ އަމާޒަކަށް ވީ ރަޝިއާގެ 'ނާރޯ-ފޮމިންސްކް' ނަމަކަށް ކިޔާ މަނަވަރު ކަމަށެވެ. ބޯލްޓިކް ކަނޑުގެ އައްސޭރީގައި އޮންނަ ރަޝިއާގެ އުސްތު-ލޫގާ ތެޔޮ ބޭރުކުރާ ބަނދަރަށް އަމާޒުކޮށް ހިންގި ޑްރޯން އޮޕަރޭޝަނެއްގެ ތެރެއިން މި މަނަވަރަށް ހަމަލާދީފައިވާ ކަމަށް އެ އިދާރާއިން ހާމަކުރި އެވެ. 'ކަލިބަރ' އަދި 'އޮނިކްސް' މަރުކާގެ ކްރޫޒް މިސައިލް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދަކީ 'ބުޔާން-އެމް' ކްލާހުގެ ކުޑަ މިސައިލް ކޯވެޓެކެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގައި ރަޝިއާގެ އަސްކަރީ ހެލިކޮޕްޓަރުތަކެއް ހަލާކުކޮށްލާފައިވާ ކަމަށް ވެސް ކަށަވަރު ނުވާ ރިޕޯޓުތައް ބުނެ އެވެ.

Advertisement - worldAdvertisement

ދަތުރުފަތުރުގެ ރައްކާތެރިކަމާއި ކަނޑުއަޑީގެ ކޭބަލްތަކާ މެދު ކަންބޮޑުވުން

ކީވްއަށް ވިލާތުން އެންމެ ބޮޑަށް އެހީތެރިވާ ގާތް އެއް ބައިވެރިޔާ ކަމަށްވާ ހެލްސިންކީގެ އޮފިޝަލުން ސިފަކުރެއްވި ގޮތުގައި، މި ހާދިސާއަކީ ރަޝިއާއިން ޔޫކްރެއިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސީދާ ނަތީޖާއެކެވެ. ފިންލެންޑްގެ އަސްކަރިއްޔާއިން މި ހާދިސާއާ ބެހޭ މާ ގިނަ މަޢުލޫމާތެއް ދީފައި ނުވި ނަމަވެސް، ހަމަލާ ދީފައި ވަނީ ފިންލެންޑްގެ އައްސޭރިފަށާ ތަންކޮޅެއް ދުރުގައި އޮންނަ ކަނޑުއޮޅީގެ ހަނި ސަރަހައްދެއްގައި ކަމަށް ބެލެވެ އެވެ.

ފިންލެންޑްގެ ޚާރިޖީ ވަޒީރު އެލީނާ ވަލްޓޮނެން ވިދާޅުވީ ބޯލްޓިކް ކަނޑުގެ ހާލަތު އޮތީ ހަމަޖެހިފައި ކަމަށާއި، އެ ސަރަހައްދު އޮތީ ރައްކާތެރިކޮށް ކަމަށެވެ. ހަމަމިއާއެކު، ކަނޑު ދަތުރުފަތުރަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ގަލްފް އޮފް ފިންލެންޑް ނުވަތަ ފިނެލްންޑް ކަނޑަކީ ތެޔޮ އުފުލާ ޓޭންކަރުތަކާއި އާންމު ވިޔަފާރި ބޯޓުފަހަރު ދަތުރުކުރާ ނިސްބަތުން ހަނި ކަނޑުއޮޅިއެއް ކަން ފިންލެންޑްގެ ދިފާޢީ އޮފިޝަލުން ކީވްއަށް ހަނދާންކޮށްދެއްވާފައިވާ ކަމަށް ވެ އެވެ. މި ގޮތުން، އެ ސަރަހައްދަކީ މުވާސަލާތީ މަޢުލޫމާތު ފޮނުވާ ކަނޑުއަޑީގެ މުހިންމު ކޭބަލްތައް އަޅާފައިވާ ސަރަހައްދެއް ކަން ވެސް އެ އޮފިޝަލުން ފާހަގަކުރެއްވި އެވެ.

މަނަވަރުން ދުން އަރައި، ސެއިންޓް ޕީޓަރސްބަރގަށް މިސްރާބު ޖެހުން

މި ކަނޑުއޮޅިއާ އިންވެގެން އޮންނަ އެސްޓޯނިއާގެ ދިފާޢީ ވަޒީރު މާޓިން ހެރެމް ވިދާޅުވީ މަނަވަރަށް ހަމަލާ އަމާޒުވީ ބުދަ ދުވަހުގެ ހެނދުނު 5:30 ހާއިރު ކަމަށެވެ. ހަމަލާ ދިނީ ކޮން ގޮތަކަށް ކަމުގެ ތަފުސީލެއް ނުދެއްވައި، އޭނާ ހާމަކުރެއްވި ގޮތުގައި ހަމަލާއަށް ފަހު މަނަވަރުން ދުން އަރަމުން ދިޔަ މަންޒަރު ވަނީ ފެނިފަ އެވެ. "ހަމަލާއަށް ފަހު އެ އުޅަނދުން ދުން އަރަމުން ދިޔަކަން އަޅުގަނޑުމެންނަށް އިނގޭ. އަދި، އުޅަނދު ވަނީ އަނބުރާ ސެއިންޓް ޕީޓަރސްބަރގާ ދިމާއަށް މިސްރާބު ޖަހާފައި،" އޭނާ ވިދާޅުވި އެވެ.

މި ހަމަލާގައި ރަޝިއާގެ މަނަވަރަށް ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނެއް ނުވަތަ އުޅަނދުގެ ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކު މަރުވެ ނުވަތަ ޒަޚަމުވި ކަމެއް އަދި ސާފެއް ނުވެ އެވެ. އަސްކަރީ އުޅަނދުތަކަށް ލިބޭ ގެއްލުންތަކާއި ސިފައިންނަށް ލިބޭ އަނިޔާތަކުގެ މިފަދަ ތަފުސީލުތަކަކީ މޮސްކޯއިން އާންމުކޮށް ހާމަކުރާ މަޢުލޫމާތުތަކެއް ނޫނެވެ.

މަސްދަރު: ބީބީސީ

ޔޫކްރެއިން-ރަޝިޔާފިންލޭންޑްބޯލްޓިކް ކަނޑުސެއިންޓް ޕީޓަސްބާގް

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

3

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

4

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2026

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

14 ނޮވެމްބަރު 2026
ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ
13 ނޮވެމްބަރު 2026

ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ

13 ނޮވެމްބަރު 2026
ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ޤައުމުތައް ބައިވެރިކުރަން ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވެއްޖެ
12 ނޮވެމްބަރު 2026

ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން މޮސްކޯއަށް، ޕުޓިންއާ ބައްދަލުކުރައްވާނެ!

12 ނޮވެމްބަރު 2026
ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން މޮސްކޯއަށް، ޕުޓިންއާ ބައްދަލުކުރައްވާނެ!
11 ނޮވެމްބަރު 2026

ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިންމަން އަބޫދާބީގައި ކުރިއަށްދާ މަޝްވަރާތައް: ސުލްހައިގެ އުންމީދާއެކު ވެސް ދެ ޤައުމުގެ ވިސްނުން ތަފާތު

11 ނޮވެމްބަރު 2026
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިންމަން އަބޫދާބީގައި ކުރިއަށްދާ މަޝްވަރާތައް: ސުލްހައިގެ އުންމީދާއެކު ވެސް ދެ ޤައުމުގެ ވިސްނުން ތަފާތު
05 ނޮވެމްބަރު 2026

ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ

05 ނޮވެމްބަރު 2026
ޓްރަމްޕަށް ކުރިމަތިވި ނާކާމިޔާބީއާއެކު ޔޫކްރެއިން ހަނގުރާމައިގެ މިސްރާބު ބަދަލުވަނީ
30 އޮކްޓޯބަރު 2026

ޔޫކްރެއިންގެ ރޭލު ސްޓޭޝަނަކަށާއި މައި ސަހަރުތަކަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 20 މީހުން މަރުވެއްޖެ

30 އޮކްޓޯބަރު 2026
ޔޫކްރެއިންގެ ރޭލު ސްޓޭޝަނަކަށާއި މައި ސަހަރުތަކަށް ރަޝިއާއިން ދިން ހަމަލާތަކެއްގައި 20 މީހުން މަރުވެއްޖެ
30 އޮކްޓޯބަރު 2026

"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!

30 އޮކްޓޯބަރު 2026
"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!
28 އޮކްޓޯބަރު 2026

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

28 އޮކްޓޯބަރު 2026
ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި
24 އޮކްޓޯބަރު 2026

ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް

24 އޮކްޓޯބަރު 2026
ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް އަބޫދާބީގައި ފަށަނީ: ސްޓާލިންކްގެ ހުރަސްތަކާއި ހުޅަނގުގެ ފަސްޖެހުމާ ދެކޮޅަށް ޒެލެންސްކީގެ ހަރުކަށި ބަސްތަކެއް
23 އޮކްޓޯބަރު 2026

ޔޫކްރެއިނާއެކު ސުލްހައިގެ ވާހަކަތައް އަލުން ފަށަން ރަޝިޔާ ތައްޔާރު: "ދޮންބާސްއަކީ ތާރީޚީ ގޮތުން ރަޝިޔާގެ ބިމެއް"

23 އޮކްޓޯބަރު 2026
ޔޫކްރެއިނާއެކު ސުލްހައިގެ ވާހަކަތައް އަލުން ފަށަން ރަޝިޔާ ތައްޔާރު: "ދޮންބާސްއަކީ ތާރީޚީ ގޮތުން ރަޝިޔާގެ ބިމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް