Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރުންގެ ޖަމިއްޔާ

ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

2 ނޮވެމްބަރު 2026 | ހޯމަ 06:19

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު 5 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފައި. މި މަގާމަށް ޝައުގުވެރިވާ ފަނޑިޔާރުން، އައިޑީކާޑާއި ވަޒީފާ އަދާކުރާ ކޯޓު އެނގޭނެ ފަދަ މައުލޫމާތާއެކު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ޖަމިއްޔާއިން އެދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 2 ނޮވެމްބަރު 2026 | ހޯމަ 06:19
ފަނޑިޔާރުންގެ މަހާސިންތާ 2022 އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތު

ފަނޑިޔާރުންގެ މަހާސިންތާ 2022 އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތު | ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ފަސްވަނަ ދައުރުގެ ހިންގާ ކޮމިޓީގެ އިތުރު މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ހޯމަ ދުވަހު ފަނޑިޔާރުންގެ ޖަމިއްޔާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ފަސްވަނަ ދައުރުގެ ހިންގާ ކޮމިޓީގެ އިތުރު މެންބަރެއްގެ މަޤާމު ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން ހިންގާ ޤަވާއިދުގެ ދަށުން އެ މަޤާމަށް މެންބަރަކު އައްޔަނު ކުރެއްވުމުގެ ކުރިން، މަޤާމަށް ޝައުޤުވެރިވާ ބޭފުޅަކު ހުރިތޯ ބެއްލެވުމަށް އެ ޖަމިއްޔާއިން ބޭނުންވާކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އެ ޖަމިއްޔާއިން ބުނީ، މި މަޤާމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ނޮވެމްބަރު މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަން އެ ޖަމިއްޔާއަށް އީމެއިލްގެ ޒަރިއްޔާއިން އެންގުމަށް އެދޭކަމަށެވެ.

އީމެއިލް ފޮނުވާއިރު ފުރިހަމަ ނަމާއި، މަސައްކަތްކުރާ ކޯޓުގެ އިތުރުން، ގުޅޭނެ ފޯނު ނަންބަރާއި އައިޑީކާޑު އެޓޭޗް ކުރަންޖެހޭ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މަސްލަހަތު ރައްކާތެރި ކުރުމާއި، ފަނޑިޔާރުންގެ މެދުގައި އެއްބައިވަންތަކަން ގާއިމް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އަދި ފަނޑިޔާރުންގެ ކުޅަދާނަކަން އިތުރު ކުރުމަށާއި، ފަނޑިޔާރުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެ ޖަމިއްޔާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަންކަމެވެ.

ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާފަނޑިޔާރުންގެ ޤާނޫނު

އެންމެ ހިނގާ

1

ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބީއެމްއެލް ކާޑު ހިފެހެއްޓި މައްސަލައެއް!

2

ރާއްޖެޓީވީ ހިމެނޭ ގޮތަށް އިތުރު ދެ ޗަނަލަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މީޑިއާ ކޮމިޝަނުން ފަށައިފި

3

ރިސޯޓެއް ހަދަން ނެގި ލޯނާ ގުޅިގެން ފައްޔާޒަށް ތުހުމަތުކޮށް ދެކެވުނު ވާހަކަ ތަކަށް ފައްޔާޒުގެ ރައްދެއް!

4

އީރާނަށް ހަމަލާދިނުމުގެ ތައްޔާރީތަކާއެކު އެމެރިކާގެ އަސްކަރީ މުދާއުފުލާ 10 ބޯޓެއް އިސްރާއީލަށް ޖައްސައިފި

5

ދައުލަތުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި ގޮތް ކަނޑައެޅުމުގެ މެންޑޭޓެއް ސަލަފަކަށް ނެތް: ކުރީގެ އުއްތަމަ ފަނޑިޔާރު

އިތުރަށް ކިޔާލަން

10 މެއި 2026

ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރެވޭ 4 ޙާލަތެއް ހިމަނައި، އައު ޤަވާއިދަށް އަމަލު ކުރަން ފަށައިފި

10 މެއި 2026
ފަނޑިޔާރުން އެހެން ކޯޓުތަކަށް ބަދަލުކުރެވޭ 4 ޙާލަތެއް ހިމަނައި، އައު ޤަވާއިދަށް އަމަލު ކުރަން ފަށައިފި
12 ނޮވެމްބަރު 2025

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި

12 ނޮވެމްބަރު 2025
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފި
01 ޖުލައި 2025

ފަނޑިޔާރުންގެ ޤާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފި ނަމަ މަޖިލީހަށް ވުރެ ޖޭއެސްސީ ބާރުގަދަ ވާނެ - މީކާއިލް

01 ޖުލައި 2025
ފަނޑިޔާރުންގެ ޤާނޫނަށް ގެންނަ އިސްލާހު ފާސްކޮށްފި ނަމަ މަޖިލީހަށް ވުރެ ޖޭއެސްސީ ބާރުގަދަ ވާނެ - މީކާއިލް
30 ޖޫން 2025

ސަރުކާރުގެ ފަރާތުން، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

30 ޖޫން 2025
ސަރުކާރުގެ ފަރާތުން، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް