Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2018

ވޯލްޑް ކަޕްގައި ވާދަކުރާ އެންމެ ކުޑަ ޤައުމަކަށް އައިސްލެންޑް

އައިސްލެންޑް ކޮލިފައިވީ ގްރޫޕް އައިގެ އެއްވަނަ ހޯދައިގެން

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2017 | އަންގާރަ 04:05
ފީފާ ވޯލްޑް ކަޕް 2018ގެ ޖާގަ ކަށަވަރު ކުރުމަށްފަހު އައިސްލެންޑްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕް 2018ގެ ޖާގަ ކަށަވަރު ކުރުމަށްފަހު އައިސްލެންޑްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދި އެންމެ ކުޑަ ޤައުމުގެ ޝަރަފް އައިސްލެންޑުން ހޯދައިފި އެވެ.

ފީފާ ވޯލްޑް ކަޕުން އައިސްލެންޑުން ޖާގަ ހޯދީ، ހޯމަ ދުވަހުގެރޭ ކުޅުނު ޔޫރޯ ޒޯންގެ ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކޮސޯވޯގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ޔޫރޯ ޒޯންގެ ކޮލިފިކޭޝަން ގްރޫޕް އައިގައި ރޭ ކޮސޯވޯގެ މައްޗަށް ކުރި ހޯދީ ދެ ލަނޑު، ސުން ލަނޑުންނެވެ. މިމެޗުގައި އައިސްލެންޑްގެ ލަނޑުތައް ޖަހައިދިނީ އެވަޓަންގެ ގިލްފީ ސިގާޑްސަން އަދި ބާންލީގެ ޖޮހާން ގުޑްމުންޑްސަން އެވެ.

ޔޫރޯ ޒޯންގެ ކޮލިފިކޭޝަންގައި އެންމެ ވާދަވެރި އެއް ގްރޫޕް ކަމަށްވާ ގްރޫޕް އައިގެ ކުޅުން ނިމުނުއިރު، އައިސްލެންޑް މިގްރޫޕްގެ އެއްވަނަ ހޯދީ 10 މެޗުން ހަތް މެޗު ކާމިޔާބުކޮށް، 22 ޕޮއިންޓް ހަމަކޮށްގެންނެވެ. 20 ޕޮއިންޓާއެކު މިގްރޫޕުން ޕްލޭއޯފްގެ ޖާގަ ލިބިފައިވަނީ ކްރޮއޭޝިއާ އަށެވެ. މިގްރޫޕުން ވޯލްޑް ކަޕްގެ ޖާގަ ނުލިބުނު ބޮޑެތި ޓީމްތަކުގެ ތެރޭގައި ޔޫކްރެއިން އަދި ތުރުކީ ހިމެނެ އެވެ.

މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ 2016ގެ ދެވަނަ ބުރުގައި އިނގިރޭސިވިލާތް ބަލިކޮށް އެމުބާރާތުގެ ކުއާޓަރ ފައިނަލްގައި ވާދަކުރި އައިސްލެންޑްގެ އާބާދީ އަކީ ތިން ލައްކަ ތިރީސް ފަސް ހާހެވެ.

ގްރޫޕް އައިގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގްރޫޕްގެ ދެވަނަ މަގާމް ހޯދައިގެން ޕްލޭއޯފްގެ ޖާގަ ކަށަވަރު ކުރުމަށް ނިކުތް ޔޫކްރެއިން އަދި ކްރޮއޭޝިއާގެ ކުރިމަތިލުން ނިމުނީ ކްރޮއޭޝިއާގެ މައްޗަށް ބުރަ ވެގެންނެވެ. ދެލަނޑު ސުން ލަނޑުން ކްރޮއޭޝިއާ މޮޅުވި މިމެޗުގައި އެޓީމުގެ ދެލަނޑުވެސް ޖަހައިދިނީ އަންދްރޭ ކްރަމަރިޗެވެ. މިމެޗުން ޔޫކްރެއިން މޮޅުވިނަމަ، ޕްލޭއޯފްގެ ޖާގަ ލިބޭނީ ޔޫކްރެއިން އަށެވެ.

މިގްރޫޕްގައި ރޭ ފިންލެންޑާއި ތުރުކީ ބައްދަލުކުރި މެޗު ނިމުނީ ދެ ލަނޑު، ދެ ލަނޑުން އެއްވަރު ވެގެންނެވެ. މިމެޗުގައި ތުރުކީގެ ދެ ލަނޑުވެސް ޖަހައިދިނީ ސެންކް ޓޯސުން އެވެ. ފިންލެންޑްގެ ލަނޑުތައް ޖަހައިދިނީ ޕައުލުސް އަރަޖޫރީ އަދި ޖޮއެލް ޕޮއްޖަންޕަލޯ އެވެ.

ގްރޫޕް އައިގެ ކުޅުން ނިމުނުއިރު، 17 ޕޮއިންޓާއެކު ގްރޫޕް ތިންވަނާގައި ވަނީ ޔޫކްރެއިން އެވެ. ހަތަރުވަނާގައިވާ ތުރުކީ އަށް 15 ޕޮއިންޓް ލިބިފައިވާއިރު، ފިންލެންޑަށް ނުވަ ޕޮއިންޓް، އަދި ގްރޫޕްގެ ފުލުގައިވާ ކޮސޯވޯ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު