Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާ

22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

25 އޮކްޓޯބަރު 2026 | އާދީއްތަ 10:32

އަޕަރ ސައުތު ޕޮލިސް ރީޖަންގެ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެކްސްޕްލޮއިޓްކުރި މައްސަލަތަކެއް ފެންމަތިވެފައިވާތީ، މާލެއިން ހާއްސަ ޓީމެއް އެ ރަށަށް ފޮނުވައިފި. މި މައްސަލައާ ގުޅިގެން 9 މީހަކު ހައްޔަރުކޮށް ވަނަވަރު އާންމުކޮށްފައިވާއިރު، އެމީހުންގެ ބަންދަށް ކޯޓުން ވަނީ އެކި މުއްދަތު ދީފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އޮކްޓޯބަރު 2026 | އާދީއްތަ 10:32
22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން

22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން | ޕޮލިސް

އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ. 

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.

Advertisement - newsAdvertisement

އެގޮތުން މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.

މި މައްސަލައިގެ ތަހުގީގު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ވަނީ އެ ރަށަށް ފޮނުވާފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުހައްމަދު މައިސަން ޝިޔާޒު (21އ) އާއި އަހްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ނަޖުމުﷲ ހަސަން (35އ) އާއި އާޒިމް މުފީދު (24އ) އާއި އަލީ ހުޒާމް ސައީދު (31އ) އާއި މުހައްމަދު ސާލިހު އަހްމަދު (26އ) އާއި އަހްމަދު ނޫހު ނިޔާޒު (20އ) އާއި މުހައްމަދު މިޝަލް އަހްމަދު ޒުހައިރު (20އ) އަދި އަހްމަދު ސާނިޖު ސާދިޤު (32އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުހައްމަދު ސާލިހު އަހްމަދު (26އ) އާއި، މުހައްމަދު މިޝަލް އަހްމަދު ޒުހައިރު (20އ) އާއި، ނަޖުމުﷲ ހަސަން (35އ) އަދި އަހްމަދު ނޫހު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެއިތުރުން މުހައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، އާޒިމް މުފީދު (24އ) 15 ދުވަހަށް، އަހްމަދު ސާނިޖު ސާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަހްމަދު އިފްތިޝާމް ޒަރީރު (24އ) އާއި އަލީ ހުޒާމް ސައީދު (31އ) ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.

އަޕަރ ސައުތް ޕޮލިސް ޑިވިޜަންޖިންސީ ގޯނާކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

އެންމެ ހިނގާ

1

ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ބައެއް މެންބަރުންނާ އެކު ރައީސް މުއިއްޒުގެ ބައްދަލުވުންތަކެއް، ސަރުކާރާއެކު ކުރިއަށްދާން ބޭނުންވާނަމަ އެ މަޝްރޫއާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމުގެ އިންޒާރު!

2

ކީވްއަށް ބެލިސްޓިކް މިސައިލްތަކެއް، މޮސްކޯ ވަށައިގެން އެތައް ސަތޭކަ ޑްރޯނެއް އަދި ވޮޝިންގޓަނުގެ ސިއްރު ޑީލްތައް ފަޅާއެރުން!

3

އެންމެ ދުވަހަކުން ހަތް ތެޔޮ ޓޭންކަރަށް ބޮޑެތި ގެއްލުންތަކެއް، އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރު!

4

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ގާއިމުކުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް އިންޑިއާއިން ބުނެފި

5

އެއް މައްސަލައެއްގައި އަހަރެއް ފަހުން ކުށް ސާބިތުވިއިރު، އެކިއެކި ބަހަނާތަކުގައި ހުކުމްކުރުން ލަސްވަނީ، މިއީތޯ ގާއިމުކުރުމަށް ވައުދުވީ އިންސާފު؟

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2026

މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި

25 އޮކްޓޯބަރު 2026
މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި
24 އޮކްޓޯބަރު 2026

22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2026
22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 9 މީހަކު ހައްޔަރުކޮށްފި
21 އޮކްޓޯބަރު 2026

އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2026
އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
14 އޮކްޓޯބަރު 2026

އޮސްޓްރޭލިޔާގެ ކުޑަކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް، ޖިންސީ ގޯނާ ރެކޯޑު މިންވަރަކަށް!

14 އޮކްޓޯބަރު 2026
އޮސްޓްރޭލިޔާގެ ކުޑަކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް، ޖިންސީ ގޯނާ ރެކޯޑު މިންވަރަކަށް!
30 ސެޕްޓެމްބަރު 2026

އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް

30 ސެޕްޓެމްބަރު 2026
އަނގޮޅިތީމުގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީގޯނާކޮށް މަރާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް
17 ސެޕްޓެމްބަރު 2026

ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި

17 ސެޕްޓެމްބަރު 2026
ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ޝަރީއަތް: ހެކި ރައްކާތެރި ކުރުމުގެ އަމުރު ނެރެދީފި
05 ސެޕްޓެމްބަރު 2026

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި

05 ސެޕްޓެމްބަރު 2026
16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި
03 ސެޕްޓެމްބަރު 2026

13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

03 ސެޕްޓެމްބަރު 2026
13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
31 އޯގަސްޓު 2026

3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، މަންޒަރު ރެކޯޑު ކުރި މައްސަލައެއް! ތުހުމަތު ކުރެވެނީ ބައްޕަ އަށް!

31 އޯގަސްޓު 2026
3 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށް، މަންޒަރު ރެކޯޑު ކުރި މައްސަލައެއް! ތުހުމަތު ކުރެވެނީ ބައްޕަ އަށް!
28 އޯގަސްޓު 2026

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ

28 އޯގަސްޓު 2026
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އއ. ތޮއްޑޫ ޕޮލިސް ސްޓޭޝަން އިން އިހުމާލުވެފައިވާ މައްސަލައެއް ފެންމަތިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް