Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒަކާތު ކޮންފަރެންސް

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ދެވަނަ ސެޝަންގެ ޕެނަލިސްޓުން އިއުލާންކޮށްފި

23 އޮކްޓޯބަރު 2026 | ހުކުރު 08:12

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގެ ދެވަނަ ސެޝަންގައި، އެކި ދާއިރާތައް ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރާނެ. މި ޕެނަލްގައި ޒަކާތު ހައުސްއާއި ޓެކްނޮލޮޖީ އަދި އިޖުތިމާއީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 އޮކްޓޯބަރު 2026 | ހުކުރު 08:12
އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، (އިންޒެކް 2026) ގެ ދެވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުން

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، (އިންޒެކް 2026) ގެ ދެވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުން | ޒަކާތް ހައުސް

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، (އިންޒެކް 2026) ގެ ދެވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިއުލާންކޮށްފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި 'ވިލުންތެރިކަމުގެ އަސާސު: އެކި ދާއިރާތައް އެކުގައި މަސައްކަތްކުރުމާއި، ގުޅިގެން ނެރެވިދާނެ ހައްލުތައް' މި މައުޟޫއަށް ކުރިއަށްގެންދާނެ މި ސެޝަންގައި، ޒަކާތުގެ އިދާރާތަކާއި، ޓެކްނޮލޮޖީ ދާއިރާއާއި، އިޖުތިމާއީ ޚިދުމަތްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

Advertisement - newsAdvertisement

މި ސެޝަންގައި، ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރުދުންނާއި އާއިލާތަކަށް ދެވޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރެވޭނެ އެވެ.

މި ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު އައްބާސް، މައިންޑްކޯގެ ހެޑް އޮފް ޑިޖިޓަލް ސޮލިއުޝަންސް މުހައްމަދު އަރުޝަދު، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ އަބްދުﷲ އަޝްރަފް، އަދި މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ނައިބު ރައީސް ހަސަން ޝަމާމެވެ.

މި ސެޝަންގައި، އެކި މުއައްސަސާތަކުން ވަކިވަކިން ކުރަމުންދާ މަސައްކަތްތަކުން ދުރަށްޖެހި، ސަރުކާރުގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި، ޑިޖިޓަލް ވަސީލަތްތަކާއި އަދި އަމިއްލަ ދާއިރާގެ މަސައްކަތްތަކާ ޒަކާތާއި އެހެނިހެން އިސްލާމީ އިޖުތިމާއީ ފައިނޭންސް ގުޅުވައިދޭ ޤައުމީ ފެންވަރުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބަލާލާނެ އެވެ. އަދި މިފަދަ ގުޅިފައިވާ މަސައްކަތްތަކުގެ ސަބަބުން އެހީ ލިބޭ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ހައްލު ހޯދައިދީ، މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވޭނެ އެވެ.

އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ވިސްނުންތައް އެއްތަނަކުން ހިއްސާކޮށް ކުރިއަށްދާނެ މި މަޝްވަރާތަކުން މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ވަސީލަތްތައް ބޭނުންކުރުމުގައި އެއް އަމާޒެއް ކަނޑައެޅުމާއި އެހީ ލިބޭ ފަރާތްތަކަކީ މާލީ އެހީތެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި އިޤްތިސާދީ ގޮތުން އަމިއްލަ ފުދުންތެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވިދާނެ ގޮތްތައް ހޯދުމަށް ފުރުސަތު ލިބިގެންދާނެކަމަށް ވެސް ޒަކާތު ހައުސްއިން މައުލޫމާތުދެ އެވެ. 

އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 8:30 އިން ރޭގަނޑު 7:00 އަށް، މާލެ ސިޓީގެ އިސްލާމީ މަރުކަޒުގަ އެވެ.

އިންޒެކް 2026މޯލްޑިވްސް ޒަކާތު ހައުސްއިސްލާމިކް ސެންޓަރު

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

ވިންޑްސަރ ގަނޑުވަރުގައި ރަސްގެފާނު ޗާލްސް އަރަބި ބަހުން ވިދާޅުވީ މާތް ނަބިއްޔާގެ ހަދީސްފުޅެއް!

3

ބިމުގެ އަޑީގައިވާ އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ނައްތާލަން އެމެރިކާއާއި އިސްރާއީލުން ތައްޔާރުވަނީ!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ސުލްހައިގެ އުންމީދުތައް ވިއްސިވިހާލި: އެތައް ސަތޭކަ ޑްރޯނާއި މިސައިލް ހަމަލާތަކުން މޮސްކޯ އަދި ކީވް ސިއްސުވާލައިފި!

އިތުރަށް ކިޔާލަން

18 ޖުލައި 2026

2024 އިން ފެށިގެން ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާ އަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

18 ޖުލައި 2026
2024 އިން ފެށިގެން ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާ އަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި
16 ޖުލައި 2026

ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި

16 ޖުލައި 2026
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި
16 ޖޫން 2026

މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް، ނަމަވެސް ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް: ސާޖިދާ

16 ޖޫން 2026
މުދާވެރިކަމުގައި ދީލަތިވެވެނީ ފޯރުންތެރީންނަށް، ނަމަވެސް ލޭ ހަދިޔާކުރުމުގައި ދީލަތިވުމަކީ ކޮންމެ މީހަކަށްވެސް އޮތް ފުރުޞަތެއް: ސާޖިދާ
12 ޖޫން 2026

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފި

12 ޖޫން 2026
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފި
04 ޖޫން 2026

ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް

04 ޖޫން 2026
ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް
22 މެއި 2026

އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ

22 މެއި 2026
އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ
19 މާރިޗު 2026

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި
12 މާރިޗު 2026

މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

12 މާރިޗު 2026
މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
01 ޖެނުއަރީ 2026

މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި

01 ޖެނުއަރީ 2026
މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި
01 މާރިޗު 2025

މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

01 މާރިޗު 2025
މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް