Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒަކާތް ފަންޑު

2024 އިން ފެށިގެން ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާ އަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފި

ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްތު މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، މި އަހަރުގެ ފުރަތަމަ ބުރުގައި 6 ކުއްޖަކު ފަރުވާއަށް އިންޑިއާއަށް ފުރުމަށް ވަނީ ހަމަޖެހިފައި. މީގެ އިތުރުން އިދާރީ ކަންކަން ނިމުމުން އިތުރު 4 ކުއްޖަކު ފޮނުވުމުގެ އިންތިޒާމުތައް ދަނީ ކުރެވެމުން. މި ފަރުވާއަކީ ތެލެސީމިއާ ބައްޔަށް އޮތް ހަމައެކަނި ދާއިމީ ހައްލު ކަމަށްވާތީ، ޝަރުތުހަމަވާ ކުދިންނަށް އެހީތެރިވުމަށް ޒަކާތު ހައުސްއިން ވަނީ އެންސްޕާއަށް 2.5 މިލިއަން ރުފިޔާ ޖަމާކޮށްފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 ޖުލައި 2026 | ހޮނިހިރު 03:23
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ 6 ކުއްޖަކު އިންޑިއާއަށް ފުރުމަށް މިހާރު ވަނީ ހަމަޖެހިފައި

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ތެލެސީމިއާ 6 ކުއްޖަކު އިންޑިއާއަށް ފުރުމަށް މިހާރު ވަނީ ހަމަޖެހިފައި | ޒަކާތް ހައުސް

2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެހީވުމަށް ޒަކާތު ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

21 ފެބުރުވަރީ 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކު ވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދަނީ މާލީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިން ވެސް، 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ތެލަސީމިއާ ބަލި މީހުންގެ ބޯންމެރޯ ޓްރާނސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ޒަކާތު ހައުސް އިން ބުނެ އެވެ.

އެގޮތުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ގާބިލުކަން ނެތް ތެލެސީމިއާ 6 ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް މި ޖުލައި މަހު ހަމަޖެހިފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުނެ އެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު 4 ކުއްޖަކު ފުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުނެ އެވެ.

ޒަކާތު ހައުސް އިން އިތުރަށް ބުނީ ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދު ހަމަޖެއްސުމަށްޓަކައި، ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ޒަކާތު ހައުސްއިން މިދިޔަ މަހު ޖަމާކޮށްފައިވާނެ ކަމަށެވެ. 

ބޯންމެރޯ ޓްރާންސްޕްލާންޓަކީ މުޅި އުމުރަށް ލޭ އެޅުމާއި މެޑިކަލް ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެއްކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާ އެވެ. މި ޚާއްޞަ ފަރުވާގައި ބަލިމީހާގެ ބަލިޖެހިފައިވާ ބޯންމެރޯގެ ބަދަލުގައި، ގުޅޭ ޑޯނަރެއްގެ ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައި، ހަށިގަނޑުގައި ދުޅަހެޔޮ ލޭގެ ސެލްތައް އުފެއްދުމަށް މަގުފަހިކޮށްދެ އެވެ. މި ފަރުވާ ކާމިޔާބުވުމުން ގަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ބަލީގެ ސަބަބުން ކުރިމަތިވާ ދިގު މުއްދަތުގެ އުނދަގޫތަކުން ބަލިމީހާ ސަލާމަތްވެ އެވެ.

ޒަކާތު ހައުސް އިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު ޖުމުލަ 10 ކުއްޖަކު ވަނީ އެޗްއެލްއޭ ޑޯނަރ މެޗިންގ މަރުހަލާ ފުރިހަމަކޮށް، 2026 ވަނަ އަހަރު ފަރުވާއަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ލިބިފަ އެވެ. ފުރަތަމަ ބުރުގައި 6 ކުއްޖަކު ފުރާއިރު، ބާކީ ތިބި 4 ކުދިން އާސަންދައިގެ ދަށުން އެއްބަސްވުމަކަށް އައިސްފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް މިހާރު ދަނީ ކުރެވެމުން ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ.

ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެކެވެ. މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގައި ކުރެވޭ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، އެމީހަކާއި ގުޅޭ ހަދިޔާކުރާ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓް ކުރުމެވެ. މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ގާބިލުކަން ލިބިގެންދެ އެވެ. ކާމިޔާބުކަމާ އެކު ބޯންމެރޯ ހެދުމުން ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްކޮށްދެ އެވެ. މިއީ ވަރަށް ބޮޑަށް ޚާއްސަވެފައިވާ އަދި އަގުބޮޑު ފަރުވާއަކަށް ވުމުން، ޝަރުތުހަމަވާ ބަލިމީހުންނަށް މި ފުރާނަ ސަލާމަތްކޮށްދޭ ފަރުވާ ހޯދައިދިނުމުގައި މާލީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރެ އެވެ.

ޒަކާތް ފަންޑުބޯންމެރޯ ޓްރާންސްޕްލާންޓް މޯލްޑިވްސް ޒަކާތު ހައުސް

އިތުރަށް ކިޔާލަން

16 ޖުލައި 2026

ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި

16 ޖުލައި 2026
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި
12 ޖޫން 2026

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފި

12 ޖޫން 2026
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފި
04 ޖޫން 2026

ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް

04 ޖޫން 2026
ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް
22 މެއި 2026

އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ

22 މެއި 2026
އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ
19 މާރިޗު 2026

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި
12 މާރިޗު 2026

މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

12 މާރިޗު 2026
މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
01 ޖެނުއަރީ 2026

މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި

01 ޖެނުއަރީ 2026
މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
24 ނޮވެމްބަރު 2025

އެކައުންޓް ރޯލް ވާތީ ޒަކާތު ފަންޑުން އެހީ ނުދިން، މިހާރު ވެސް ފެން ނުލިބޭތީ ދަރިން ފާހަނާ ކުރުމަށް ދަނީ މިސްކިތަށް

24 ނޮވެމްބަރު 2025
އެކައުންޓް ރޯލް ވާތީ ޒަކާތު ފަންޑުން އެހީ ނުދިން، މިހާރު ވެސް ފެން ނުލިބޭތީ ދަރިން ފާހަނާ ކުރުމަށް ދަނީ މިސްކިތަށް
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު