Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޒަކާތު ހައުސް

ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑި އިތުރުކޮށްފި

މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލާފައިވާ 30 ސްކޮލަރޝިޕްގެ ދަށުން އިސްލާމީ ދާއިރާތަކުގެ އިތުރުން، މުޖުތަމަޢަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި. މީގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ކިޔެވުމުގެ ފުރުޞަތުތަކުގެ އިތުރުން، އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށާއި މިޞްރާއި ސަޢުދީގައި ކިޔަވާ ދަރިވަރުންނަށް ޚާއްޞަ ސްކޮލަރޝިޕްތަކެއް ވެސް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖުލައި 2026 | ބުރާސްފަތި 08:53
ޒަކާތް ދިނުން: މޯލްޑިވްސް ޒަކާތު ހައުސް ވަނީ ބުރާސްފަތި ދުވަހު ރަސްމީކޮށް ގާއިމުކުރައްވާފައި

ޒަކާތް ދިނުން: މޯލްޑިވްސް ޒަކާތު ހައުސް ވަނީ ބުރާސްފަތި ދުވަހު ރަސްމީކޮށް ގާއިމުކުރައްވާފައި | މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ޓްވިޓަރ

މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ 2026ވަނަ އަހަރުގެ މަތީ ތަޢުލީމުގެ ސްކޮލަރޝިޕާއި ޚާއްޞަ ސްކޮލަރޝިޕު ޕުރޮގުރާމަށް ކުރިމަތިލުމުގެ ފުރުޞަތު، އެ ކަމަށް އެދޭ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން އިތުރުކޮށްފި އެވެ.

މި ބަދަލާ އެކު، ކުރިން 16 ޖުލައި 2026އަށް ހަމަވާން އޮތް ސުންގަޑި މިހާރު ވަނީ 16 އޮގަސްޓު 2026ގެ 14:00އާ ހަމައަށް އިތުރުކޮށްފަ އެވެ.

17 މޭ 2026 ގައި ހުޅުވާލި މި ސްކޮލަރޝިޕު ޕުރޮގުރާމަކީ ރާއްޖެއާއި ރާއްޖޭން ބޭރުން މާސްޓަރސް (ލެވެލް 9)އާއި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތެކެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލައިފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތާއި ސައުދީ އަރަބިއްޔާއާއި މިޞްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑު ހިމެނޭ ގޮތަށް ދޭ 5 ފުރުޞަތާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ފުރުޞަތެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދޭ ގޮތުގައި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ވަނީ ޚާއްޞަކުރެވިފައެވެ.

މޯލްޑިވްސް ޒަކާތު ހައުސްޒަކާތު ފަންޑު ސްކޮލަރޝިޕް

އިތުރަށް ކިޔާލަން

12 ޖޫން 2026

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފި

12 ޖޫން 2026
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5500 ދިވެހި ރުފިޔާ ބަހައިފި
04 ޖޫން 2026

ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް

04 ޖޫން 2026
ޒަކާތު ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުސަތު 16 ޖުލައިގެ ނިޔަލަށް އޮންނާނެ: ޒަކާތު ހައުސް
22 މެއި 2026

އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ

22 މެއި 2026
އަތޮޅު ތެރޭގައި ގުރުއާން ސެންޓަރުތައް ބިނާކުރުމަށް ޒަކާތު ފަންޑުން އޭޕްރީލް މަހު 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވޭ
17 މެއި 2026

މޯލްޑިވްސް ޒަކާތު ހައުސްއިން މަތީ ތައުލީމުގެ 30 ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

17 މެއި 2026
މޯލްޑިވްސް ޒަކާތު ހައުސްއިން މަތީ ތައުލީމުގެ 30 ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި
19 މާރިޗު 2026

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި

19 މާރިޗު 2026
ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައިވާ ފަރާތްތަކަށް، ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން ފިތުރު ޒަކާތް ބަހައިފި
12 މާރިޗު 2026

މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ

12 މާރިޗު 2026
މާލެ ސަރަހައްދުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލަނީ
01 ޖެނުއަރީ 2026

މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި

01 ޖެނުއަރީ 2026
މޯލްޑިވްސް ޒަކާތު ހައުސް ޤާއިމުކޮށްފި
19 އޮކްޓޯބަރު 2025

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި

19 އޮކްޓޯބަރު 2025
ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން ހޮވައިފި
30 އެޕްރީލު 2025

ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު
30 އެޕްރީލު 2025

ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންގެ ފައިސާ ޖަމާކުރުމަށް ލަސްވާ މައިގަނޑު ސަބަބަކީ އެކައުންޓުތަކުގެ މައުލޫމާތު ފުރިހަމަ ނުވާތީ: މިނިސްޓަރު ހައިދަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު